18 ސެޕްޓެމްބަރ 2018
އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ޑޮލަރުގެ ހިޔާނާތް ނުހުއްޓުވުނީ ނިޒާމުގެ މައްސަލައަކުން ކަމަށާއި އެ ވައްކަން ކުރައްވަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް، އެމަނިކުފާނު މަގުފަހިކޮށް ދެއްވާފައިނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން އެ ވާހަކަފުޅު، ފުލުހުންގެ އޭރުގެ އިންޓެލިޖެންސް ހެޑް، ޢަބްދުﷲ ފައިރޫޝް ދޮގުކުރައްވައިފި އެވެ.
އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ޑޮލަރުގެ ހިޔާނާތް ނުހުއްޓުވުނީ ނިޒާމުގެ މައްސަލައަކުން ކަމަށާއި އެ ވައްކަން ކުރައްވަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް، އެމަނިކުފާނު މަގުފަހިކޮށް ދެއްވާފައިނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން އެ ވާހަކަފުޅު، ފުލުހުންގެ އޭރުގެ އިންޓެލިޖެންސް ހެޑް، ޢަބްދުﷲ ފައިރޫޝް ދޮގުކުރައްވައިފި އެވެ.
މިހާރު އޮސްޓްރޭލިއާގައި ދިރއުޅުއްވާ ފައިރޫޝް ވިދާޅުވީ 2012 އިން ފެށިގެން ސަރުކާރުގެ އިސް މަގާމުތައް ފުރުއްވަމުން ގެންދެވި ބައެއް ބޭފުޅުން ހިންގަވަމުން ގެންދިޔަ ކޮރަޕްޝަނާއި ޖިނާއީ ބޮޑެތި ބައެއް ކުށްތަކުގެ މައުލޫމާތު ހިމެނޭ ތަފްސީލީ ރިޕޯޓެއް ޑިސެމްބަރު 2013 ގައި، އޭރު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ހުސެއިން ވަހީދަށް ހުށަހެޅި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ނޮވެމްބަރު 17، 2013 ގައި ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޔާމީނަށް ވެސް އެ ރިޕޯޓުގެ މައުލޫމާތު ފުލުހުން ހިއްސާކުރި އެވެ.
MMPRC ge hiyaanaathaa medhu Raees dhekkevi vaahakafulhah Niyaz radhdhu dhevvaifi
The most trusted news source in the Maldives
Mihaaru
ރައީސްގެ ވާހަކަފުޅު ނިޔާޒު ދޮގުކުރެއްވުން--
އެކަމަކު އެ ރިޕޯޓް ހުށަހެޅުއްވި މަހު ފައިރޫޝް ވަނީ ޑައިރެކްޓަރޭޓް އޮފް އިންޓެލިޖެންސްގެ މަގާމުން ސާވިސް ޑިވެލޮޕްމަންޓް ޑައިރެކްޓަރޭޓަށް ބަދަލުކޮށްފަ އެވެ.
އޮސްޓްރޭލިޔާއަށް ވަޑައިގެންނެވި ގޮތަށް އެނބުރި ރާއްޖެ ވަޑައިނުގަތުމުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އޭނާ ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފަ އެވެ.
ފައިރޫޝް ވިދާޅުވި ގޮތުގައި އޭނާއާ މެދު ފިޔަވަޅު އެޅީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުންނެވެ. އަދި އިންޓެލިޖެންސުން ތައްޔާރުކުރި ރިޕޯޓް، މައްސަލަތަކާ ގުޅޭ ސިޔާސީ ބޭފުޅުންނަށް ފުލުހުންގެ ތެރެއިން ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
PY was well aware of the organised massive corruption within his administration. He ignored the police report about & punished the person who authorised the investigation into it. Else it could all have been averted. https://t.co/k2FxWEKabl
— A. Fairoosh (@Fairoosh) September 17, 2018
ފައިރޫޝްގެ ޓުވީޓްގައި، އެ ތަހުގީގު ހިންގަން "އަމުރުކުރި މީހާއަށް އަދަބު ދިން" ވާހަކަ ލިއުއްވި އެވެ. ބޮޑަށް ބެލެވެނީ އެއީ އޭނާގެ މަގާމަށް ގެނައި ބަދަލަށް ކުރެއްވި އިޝާރާތެއް ކަމަށެވެ.
ފައިރޫޝްގެ ވާހަކަތަކާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން، ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު، އެކަން ގުޅުވީ ރިޔާސީ އިންތިހާބާ އެވެ. އެގޮތުން އޭނާ ވިދާޅުވީ އިންތިހާބާ ކައިރިކޮށް އެފަދަ އެތައް ވާހަކައެއް ފެންމަތިވާނެ ކަމަށެވެ. އަދި އެހުރިހާ ތުހުމަތަކަށް ޖަވާބު ދެއްވަން ވެއްޖެ ނަމަ އިތުރު ކަމެއް ކުރައްވާނެ ވަގުތެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފައިރޫޝް އެ ވިދާޅުވާ ރިޕޯޓް ސިޔާސީ ބޭފުޅުންނަށް ފުލުހުންގެ ތެރެއިން ލިބުނުތޯ ދެންނެވުމުން، އެ ސުވާލަށް އޭނާ ވަކި ޖަވާބެއް ނުދެއްވަ އެވެ.
އަނެއްކޮޅުން އެ ރިޕޯޓުގައި ހިމެނޭ މައުލޫމާތު ހިއްސާކުރައްވަން ފައިރޫޝް ދެކޮޅުހައްދަވަ އެވެ. އޭނާ ވިދާޅުވީ އޭރު އޭނާ ހުންނެވި މަގާމުގެ ހައިސިއްޔަތުން ލިބިވަޑައިގެންނެވި މައުލޫމާތު ހިއްސާކުރެއްވެން ނެތް ކަމަށެވެ.
ކުރީގެ ޑައިރެކްޓަރޭޓް އޮފް އިންޓެލިޖެންސް ޢަބްދުﷲ ފައިރޫޝް
ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި 2012 ގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ، އޭރުގެ ނައިބު ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކަށް އަހުމަދު އަދީބު އައްޔަންކުރި ފަހުން ރިސޯޓް ހަދަން ރަށްތައް ކުއްޔަށް ދިނުމުގައި ހިންގި ހިނާޔާތުގެ އަމަލްތައް، ހެއްކާ އެކު، އެ ރިޕޯޓްގައި ހިމެނެ އެވެ.
ފައިރޫޝް ވިދާޅުވީ އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ބަލައި ފިޔަވަޅު އެޅި ނަމަ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތުގެ ފައިސާއަށް އެހާ ބޮޑު ހިޔާނާތެއް ވުމުގެ ފުރުސަތު ނުލިބުނީސް ކަމަށެވެ.
"އެހާ ހިސާބަށް ނުދަނީސް އެކަން ބަލާ، އެފައިސާ ދައުލަތަށް ހޯދޭނެ. ގޭންގުތަކާއި ސިޔާސީ ފަރާތްތަކާ އޮންނަ ގުޅުން ވެސް ކުޑަވެގެންދާނެ،" ފައިރޫޝް ވިދާޅުވި އެވެ.
ގައުމީ ޔުނިވަސީޓީ، އެމްއެންޔޫ އިން، އިންތިޒާމްކޮށްގެން ބޭއްވި "ރިޔާސީ ބަހުސް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގީ ނިޒާމުގެ މައްސަލައަކުން ކަމަށެވެ. އަދި އެފަދަ ބޮޑު ޚިޔާނާތެއް ހިނގާކަން ނިޒާމްގެ ތެރެއިން އެނގިވަޑައިގެންނެވި ނަމަ ވަޒީރު ކަމުގައި އަދީބު ނުބަހައްޓަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
30 މީހެއްގެ މައްސަލަ ބާރަށް ކުރިއަށްދޭ: ޕީޖީ
އެސްއޯއެފްއާ ހަމައިން ނުނިމޭ، ރިޕޯޓް ފުރިހަމައެއް ނޫން
އޭސީސީގެ ރިޕޯޓުން ހިޔާނާތުގެ ކަޅު ފަރާތެއް ނުފެނޭ!
ޔާމިން ވަނީ އެމްއެމްޕީއާރުސީން ފައިސާގެ މަންފާ ހޯދާފައި
ދެ އަހަރު ފަހުން ނިޔާޒު ވެސް ރާއްޖެ ވަޑައިގަންނަވަނީ
ރައީސްގެ ގެކޮޅަށް "ފައިސާ ވަތް" މައްސަލަ ހުށަހަޅައިފި
ރައީސްގެ އިއުތިރާފާއެކު މައްސަލަ ޕޮލިހާއި އޭސީސީއަށް
ފުލުހުންނަށް އިތުބާރު ކުރަން ބޭނުން. ކުރެވޭނެތަ!
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
މަހްލޫފްގެ ޝަރީއަތް މާދަމާ، އަދިވެސް ކެބިނެޓްގައި!