17 ސެޕްޓެމްބަރ 2018
އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު ގުނާއިރު، ވޯޓު ކަރުދާސްކޮޅު އޮބްޒާވަރުންނަށް ނުދައްކައި ގުނަން އުޅޭ ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ތުހުމަތު ކުރެއްވުމުން ހިތާމަކުރައްވާ ކަމަށާއި، އިބޫ ކުރެއްވީ ދޮގު ތުހުމަތެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.
އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު ގުނާއިރު، ވޯޓު ކަރުދާސްކޮޅު އޮބްޒާވަރުންނަށް ނުދައްކައި ގުނަން އުޅޭ ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ތުހުމަތު ކުރެއްވުމުން ހިތާމަކުރައްވާ ކަމަށާއި، އިބޫ ކުރެއްވީ ދޮގު ތުހުމަތެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.
މ. ދިއްގަރުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލުކުރައްވައި އިބޫ ވިދާޅުވީ ވޯޓުލުމަށް ފަހު ކަންކަން ކުރަންވީ ގޮތް ވަރަށް ސާފުކޮށް ގާނޫނުގައި ބަޔާންކޮށްފައި އޮތްއިރު، ގާނޫނުއަސާސީއާ މުޅިން ހިލާފު ކަންތައްތަކެއް ކުރަން އިލެކްޝަންސް ކޮމިޝަނުން ކުރަން ރާވާފައިވާ ކަމަށެވެ. އެގޮތުން، ވޯޓު ކަރުދާސްކޮޅު ނުދައްކައި، ގުނާއިރު ބަރިބަރިއަށް ކަރުދާސްތައް އަޅާފައި އިއުލާންކުރަން ނިންމާފައިވާ ކަމަށް ތުހުމަތު ކުރެއްވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އިބޫ ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. ގާނޫނުގައި ވަކި ގޮތަކަށް ވޯޓު ގުނާ ގޮތް ކަނޑައަޅާފައި އޮއްވައި އެއާ ޚިލާފަށް ވޯޓު ގުނަން އެ ކޮމިޝަނުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.
"ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވައި، ރައްޔިތުންގެ ހިތުގައި އިންތިޚާބާ މެދު ޝައްކު އުފެދޭ ގޮތަށް ތުހުމަތު ކުރެއްވުމުން އިލެކްޝަންސް ކޮމިޝަނުން ހިތާމަކުރަން،" އަކްރަމް ވިދާޅުވި އެވެ.
"ވޯޓު ކަރުދާސްކޮޅު ނުދައްކައި ގުނާކަށް ކޮމިޝަނުން ނިންމާފައެއް ނުވާނެ، ވޯޓުލުމާއި ވޯޓު ގުނުން ވެސް ކުރިއަށްދާނީ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތަށް."
އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބުުގެ އެއްވެސް ކަމަކާ ގުޅޭ ގޮތުން ޝައްކެއް އޮތް ނަމަ، އެކަމެއް އޮތް ގޮތް ސާފުކުރެއްވުމުގެ ފުރުސަތު ރިޔާސީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އިބޫ އަށް އޮންނާނެ އެވެ. އެކަމަކު، ކޮމިޝަނުން ސާފު ނުކުރައްވައި އާއްމުންނަށް އޮޅުން އަރާ ގޮތަށް ވިދާޅުވެފައިވުމަކީ ދެރަ ކަމެއް ކަމަށް އަކްރަމް ވިދާޅުވި އެވެ.
އިންތިހާބުތަކުގައި ވޯޓު ގުނާއިރު، ވޯޓުލާ މަރުކަޒުތަކުގައި ތިބޭ މޮނިޓަރުންނާއި އޮބްޒާވަރުންނަށް ކަރުދާސްކޮޅު ދައްކަ އެވެ. އަދި ވޯޓު ކަރުދާސްކޮޅު ދައްކާއިރު، އެއީ ބާތިލް ވޯޓެއް ނަމަ ބާތިލްވާ ސަބަބުތައް ވެސް އިންތިހާބުގެ އޮފިޝަލުން ކިޔައިދެ އެވެ.
އިބޫ ވިދާޅުވީ އެ އުސޫލާ އެއްގޮތަށް، އޮބްޒާވަރުންނާއި މޮނިޓަރުންނަށް ކޮންމެ ވޯޓު ކަރުދާހެއް ވަކިވަކިން ދައްކަން ޖެހޭނެ ކަމަށެވެ. އެ ނޫން ގޮތަކަށް ކަން ކުރަން ދޫނުކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"ވޯޓު ގުނަން ޖެހޭނީ ރައްޔިތުންގެ ކުރިމަތީގައި. އޮބްޒާވަރުންގެ ކުރިމަތީ. މިއީ އަޅުގަނޑުމެން ދޫކުރާނެ ކަންތައްތަކެއް ނޫން. ކޮންމެ ކަރުދާސްކޮޅެއް ނަގައި ދައްކަން ޖެހޭނެ،" އިބޫ ވިދާޅުވި އެވެ. އިދިކޮޅު ޕާޓީތަކުން މިހާރު އޮތް އިލެކްޝަންސް ކޮމިޝަނަށް އިތުބާރެއް ނުކުރެ އެވެ. ޕާޓީތަކުން ދެކޭ ގޮތުގައި އެ ކޮމިޝަނުން އިންތިޚާބުގެ ކަންކަމުގައި ވެސް އަމަލުކުރަމުންދަނީ ސަރުކާރުގެ ނުފޫޒުގެ ދަށުވެ، ތިބެގެންނެވެ. އެހެންކަމުން މި އިންތިޚާބު މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ބާއްވާނެ ކަމާ މެދު ވެސް އިދިކޮޅުން ދަނީ ސުވާލު އުފައްދަމުންނެވެ.
މާދަމާ ވެސް ސަރުކާރު ބަންދު
ޑިމޮކްރެޓްސް އަށް ބިރު ދައްކާ ކަމަށް ބުނެ މަޖިލީހަށް!
ދެ ކެންޑިޑޭޓުން ހަރަދުކޮށްފައިވަނީ އެއްވަރަކަށް: އީސީ
75،000ރ. އިން ޕީޕީއެމް ޖޫރިމަނާކޮށްފި
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"
އިބޫގެ ތަހުގީގެއް ފެށުމުން ޖަރުމަނުން ކަންބޮޑުވެއްޖެ
ކުރިމަތި ނުލިޔަސް އޮފިޝަލުންނަށް! މެޖޯރިޓީ ޕީޕީއެމް؟!
ވޯޓަށް ރިޝްވަތު ދިނުމުގެ މައި ދޮރާށި ހުޅުވާފައި!
"ކެމްޕެއިނަށް ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރަން"
ވޯޓުލާ މަރުކަޒުތަކަށް އޮފިޝަލުން ހޯދަނީ