Roadha Mihaaru
އިބޫ އާއި ފައިސަލް ހުރިހާ ރަށަކަށް، މިއީ ރިކޯޑެއް!

އިބޫ އާއި ފައިސަލް ހުރިހާ ރަށަކަށް، މިއީ ރިކޯޑެއް!

17 ސެޕްޓެމްބަރ 2018

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ދ. މާއެނބޫދު އަށް ވަޑައިގަތުމާ އެކު، މި އަހަރުގެ ރިއާސީ އިންތިޚާބުގެ ކެމްޕޭންގައި، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާއި އޭނާގެ ރަނިންމޭޓު ފައިސަލް ނަސީމް، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަކަށް ވަޑައިގަތީ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ދ. މާއެނބޫދު އަށް ވަޑައިގަތުމާ އެކު، މި އަހަރުގެ ރިއާސީ އިންތިޚާބުގެ ކެމްޕޭންގައި، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާއި އޭނާގެ ރަނިންމޭޓު ފައިސަލް ނަސީމް، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަކަށް ވަޑައިގަތީ އެވެ.

މިހާރު ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށަށް އިބޫ އާއި ފައިސަލް މި ވަޑައިގަތީ ދެ ބޭފުޅުންނަށް ރަށްތައް ބައްސަވާލައްވައިގެންނެވެ. އަދި ބައެއް ރަށްތަކަށް ދެ ބޭފުޅުން އެކުގައި ވެސް ވަޑައިގަތެވެ. ދެ ބޭފުޅުންގެ ކެމްޕެއިން ޓީމުން ބުނާ ގޮތުގައި މިއީ ދެ ލީޑަރުން ހެއްދެވި ރިކޯޑެކެވެ.

އިބޫ މިއަދު ދ. މާއެނބޫދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަނީ. ފޮޓޯ: އެމްޑީޕީ

އިބޫ މިއަދު ދ. މާއެނބޫދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަނީ. ފޮޓޯ: އެމްޑީޕީ

މިފަހަރުގެ ކެމްޕޭންގައި 100 އަށް ވުރެ ގިނަ ރަށަށް އިބޫ ވަޑައިގެންފި އެވެ. އަދި ފައިސަލް 80 އަށް ވުރެ ގިނަ ރަށަށް ވަޑައިގެންނެވި އެވެ.

އިބޫ އާއި ފައިސަލަކީ، މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހުރިހާ ރަށަކަށް ވަޑައިގެންނެވި ހަމައެކަނި ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުންނާ ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހުރިހާ ރަށަކަށް ވަޑައެއް ނުގެންނަވަ އެވެ.

އިބޫ މިއަދު ދ. މާއެނބޫދުއަށް ވަޑައިގެން، އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

އިބޫ މިއަދު ދ. މާއެނބޫދުއަށް ވަޑައިގެން، އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

މާއެނބޫދޫގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ އޭނާ އާއި ފައިސަލް، އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބައެއް ރަށްރަށަށް ވަޑައިގެންފައިވާނެ ކަމަށެވެ. ނަމަވެސް، ހުރިހާ ރަށެއް ކަވަރުކޮށް ނިމުނީ މާއެނބޫދޫން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުރިހާ ރައްޔިތުންނާ އަޅުގަނޑުމެންނާ ބައްދަލު ކުރެވުނީ. އިވެނީ އެއް އަޑެއް. ދައްކަނީ އެއް ވާހަކައެއް. އިންސާފު ގާއިމު ކޮށްދިނުމުގެ ވާހަކަ. ގެއްލިފައިވާ ފައިސާ ހޯދައިދިނުމުގެ ވާހަކަ. އެ ކަންކަން ކުރި ބަޔަކު ހޯދައި ޒިންމާދާރު ކުރާ ވާހަކަ،" އިބޫ ވިދާޅުވި އެވެ.

"އިދިކޮޅު ކޯލިޝަނުން ނުކުމެ ތިބީ އެ ކަންތައް ރައްޔިތުންނަށް ކޮށްދޭން،"

މާއެނބޫދު އާއި އެ އަތޮޅުގެ އެހެން ބައެއް ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، އިދިކޮޅު ވެރިކަމެއްގައި ފުރިހަމަ ކޮށްދެއްވާނެ ބައެއް ކަންކަން ހާމަ ކުރައްވައި އިބޫ ވިދާޅުވީ ރައީސް ޔާމީންގެ ސިޔާސަތަކީ އެންމެން އެއް ތަނަކަށް ޖަމާ ކުރުން ކަމަށެވެ. އެކަމަކު، ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވާ އިރު، ރާއްޖެ ތަރައްގީވާން ޖެހޭނީ ޖަޒީރާވަންތަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްތަކަށް އިބޫ ކުރައްވާ ކެމްޕެއިން ދަތުރުތަކުގައި މިއަދު ފ. އަތޮޅުގެ ގިނަ ރަށްތަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބިލެތްދޫގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ. އިއްޔެ، އިބޫ ވަނީ ވ. އަތޮޅުގެ ހުރިހާ ރަށަކަށާއި ދ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފަ އެވެ.