Roadha Mihaaru

ގައުމީ ޓީމަށް މަރުހަބާ ކިޔަން އަންގާރަދުވަސް ސަރުކާރު ބަންދު

ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔަން އަންގާރަދުވަސް ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ހަމަޖައްސަވައިފި އެވެ.

ގައުމީ ޓީމަށް މަރުހަބާ ކިޔަން އަންގާރަ ބަންދު
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

16 ސެޕްޓެމްބަރ 2018

ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔަން އަންގާރަދުވަސް ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ހަމަޖައްސަވައިފި އެވެ.

ފައިނަލުގައި އިންޑިއާ 2-1 އިން ބަލިކޮށް ރާއްޖެ ޗެމްޕިއަންކަން ހޯދުމަކީ ސަރަހައްދީ މުބާރާތް ދެ ވަނަ ފަހަރަށް ރާއްޖެ އިން ކާމިޔާބުކުރުމެވެ. .މީގެ ކުރިން އެ މުބާރާތުގެ ތަށި ރާއްޖެ އިން އުފުލައިލީ 2008 ގައި އިންޑިއާ ބަލިކޮށްފަ އެވެ.

ބަންގްލަދޭސްގައި ބޭއްވި މުބާރާތުގެ ތަށި ހިފައިގެން ރާއްޖޭގެ ގައުމީ ޓީމު އެނބުރި އަންނާނީ އަންގާރަ ދުވަހު އެވެ.

މާލޭގެ ސްކޫލުތަކުންނާއި އާންމުން އަންނަނީ ގައުމީ ޓީމަށް މަރުހަބާ ކިޔަން ތައްޔާރުވަމުންނެވެ.