Roadha Mihaaru
ސެމްސަންގް ކޮޕީކޮށްފި

ސެމްސަންގް ކޮޕީކޮށްފި

12 ސެޕްޓެމްބަރ 2018

މިއީ ސެމްސަންގް ގެލަކްސީ އޭ9 ސްޓާ އެވެ. ހިތްހަމަޖެހޭ ވަރުގެ ބޮޑު ސުޕަ އެމޯލެޑް ސްކްރީނެކެވެ. ސައިޒަކީ 6.3 އިންޗި އެވެ. މެދު ފަންތި އަށް ނިސްބަތްކުރެވުނު ނަމަވެސް، 400 ޑޮލަރަށް ވުރެ އަގު ބޮޑެވެ. ރޭމް 4ޖީބީ އެވެ. ބެޓެރީ 3700އެމްއޭޗް އެވެ. މި ފޯނާ ބެހޭ ގޮތުން މި ހިސާބަށް އެއްވެސް މައްސަލައެއް ނެތެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މިއީ ސެމްސަންގް ގެލަކްސީ އޭ9 ސްޓާ އެވެ. ހިތްހަމަޖެހޭ ވަރުގެ ބޮޑު ސުޕަ އެމޯލެޑް ސްކްރީނެކެވެ. ސައިޒަކީ 6.3 އިންޗި އެވެ. މެދު ފަންތި އަށް ނިސްބަތްކުރެވުނު ނަމަވެސް، 400 ޑޮލަރަށް ވުރެ އަގު ބޮޑެވެ. ރޭމް 4ޖީބީ އެވެ. ބެޓެރީ 3700އެމްއޭޗް އެވެ. މި ފޯނާ ބެހޭ ގޮތުން މި ހިސާބަށް އެއްވެސް މައްސަލައެއް ނެތެވެ.

ގެލަކްސީ އޭ9 ސްޓާ އާންމު މާކެޓަށް ފުރަތަމަ ނެރުނީ ކަޅު އަދި ހުދުކުލައިންނެވެ. އެއީ ޖޫން 2018 ގަ އެވެ. އެކަމަކު ތޮށިގަނޑުގައި އާ ދަވާދެއް ލައި އޭ9 ސްޓާ އަލުން ނެރެނީ އެވެ. ބަލާބެލުމަށް މިހާރު ހީވަނީ ވާވޭ ޕީ20 ހެންނެވެ. ސެމްސަންގުން ބުނީ ފުރަތަ ވިއްކަން ފަށާނީ ޗައިނާގައި ކަމަށެވެ.

ވާވޭ ޕީ20: އެހެން ބަޔަކު ކުލަ ކޮޕީކުރިއެއް ކަމަކު ރީތި އަދި ޝަހީ ފޯނެއް

ވާވޭ ޕީ20: އެހެން ބަޔަކު ކުލަ ކޮޕީކުރިއެއް ކަމަކު ރީތި އަދި ޝަހީ ފޯނެއް

އެކަމަކު ސެމްސަންގް މިއޮތީ ކޮޕީކޮށްފަ އެވެ. މި ފަހަރު ތޮށިގަނޑެވެ. އަދި ބޭރުގައި ލާފައި ހުރި ދަވާދެވެ. ވާވޭ ޕީ20 ގައި ކުލަ ލާފައި ހުރި ގޮތަށް، ގެލަކްސީ އޭ9 ސްޓާގައި ކުލަޖެއްސުމުގެ ބޭނުމެއް ކަމަށް ބެލެވެނީ ވާވޭ ޕީ20އާ ވައްތަރުކުރުވުން ކަމަށެވެ. ވާވޭ ފޯނުތަކަށް ރަނގަޅު ފައިދާއެއް ލިބޭ މޫސުމެއްގައި އެ ސިފަ ޖެހެން ބޭނުންވީ އެވެ. ޝަކުވާއެއް ނެތެވެ. މަޝްހޫރު ފުޓުބޯޅަކުޅުންތެރިންނާ ވައްތަރުވާން އެދޭ މީހުން ވެސް އުޅެ އެވެ.

ބާޒާރުގައި ވިއްކަން ހުރި ދަވާދު ދަޅަކުން ދަވާދުކޮޅެއް އެއްޗެއްގައި ކާއްތާލުމުން އަދި އެއީ ފިކުރީ މުދަލުން ކުރި ވައްކަމަކަށް ނުވެދާނެ އެވެ. މި ގޭގައި ވެސް ނިޕޯން ދަވާދެވެ. ތި ގޭގައި ވެސް ނިޕޯން ދަވާދެވެ. ވާވޭ ޕީ20 އަކީ ވަރަށް ރީތި ފޯނެކެވެ. ބަލާބެލުމަށް ހީވަނީ ވަރަށް ޝާހީ ފޯނެއްހެންނެވެ. އިންޓާނަލް ސްޓޯރޭޖް 128ޖީބީ އަދި 4ޖީބީ ރޭމް އެވެ. ސްކްރީން ސައިޒަކީ 5.8 އިންޗި އެވެ. ކެމެރާ 20މެގަޕިކްސެލް އެވެ ބެޓެރީ 3400އެމްއޭއެޗް އެވެ. މި މަރުކާގައި ޕީ20 ލައިޓް އަދި ޕީ20 ޕްރޮ ހިމެނެ އެވެ.