31 އޯގަސްޓް 2018
ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކޮންމެ އަހަރަކު މަޖިލީހުން ފާސްކުރާ ބަޖެޓަކީ ރައްޔިތުންގެ މެދުގައި ހަމަހަމަ ބަޖެޓެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ހަމަޖައްސަވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކޮންމެ އަހަރަކު މަޖިލީހުން ފާސްކުރާ ބަޖެޓަކީ ރައްޔިތުންގެ މެދުގައި ހަމަހަމަ ބަޖެޓެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ހަމަޖައްސަވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކެންދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ފައިސަލް ވިދާޅުވީ ބަޖެޓު އެކުލަވައިލާ އިރު ތަކުރާރުކޮށް އެތައް އަހަރަކު އެއް ޕްރޮޖެކްޓެއް ހިމަނައި އޮޅުވާލަމުންދާ އޮޅުވާލުން ހުއްޓާލަން ޖެހޭ ކަމަށެވެ. ވޭތުވެދިޔަ ތަނުގައި ފެނުނީ އެގޮތަށް އަމަލު ކުރިތަން ކަމަށާއި ރައްޔިތުން އެ ޝަކުވާ ވަރަށް ބޮޑަށް ކުރަމުން އަންނަ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި ބަޖެޓު އެކުލެވިގެންވާނީ ވަރަށް އިންސާފުވެރިކަމާއެކު ވަރަށް ހަމަހަމަކަމާ އެކު ދިވެހި ރާއްޖޭގެ ރައްޔިތުން ބަލައިގަންނަ ގޮތަށް. ތިޔަ ބޭފުޅުން އިންތިހާބު ކުރި މެމްބަރުންނަށް ވޯޓް ދެވޭ ގޮތަށް އިންސާފުވެރި ގޮތަށް،" އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރަނިންމޭޓް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ބަޖެޓު ފާސް ކުރުމަށް ވޯޓް ނުދޭ ކަމަށް ބުނެ ސަރުކާރުން ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ފައިސަލް ވަނީ އެމްޑީޕީގެ ސަރުކާރުގައި ބަޖެޓަށް ވޯޓު ނުދިނީ ކީއްވެގެންތޯ ޕީޕީއެމްގެ މެމްބަރުންނާ ސުވާލު ކުރައްވައިފަ އެވެ.
އިދިކޮޅު ކޯލިޝަނުން ވެރިކަން ކުރާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށާއި ކެމްޕެއިން ދަތުރުފުޅުތަކުގެ ބޭނުމަކީ ސަރުކާރު ހިންގާނެ ގޮތާ މެދު ރައްޔިތުންނާ މަޝްވަރާ ކުރުން ކަމަށް ވެސް ފައިސަލް މިއަދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީހިނދު. ރައްޔިތުންގެ ހާދިމުންގެ ގޮތުގައި ތިބޭއިރު އަޅުގަނޑުމެން ޖެހޭ މަޝްވަރާގެ މަތިން ކަންކަން ކުރަން. ހަގީގަތަކީ ރާއްޖެ މިއަދު ދެކެމުން މިދާ ބިރުވެރި ދުވަސްތަކަކަށް ވެފައިމިވަނީ އެއްވެސް ގޮތަކަށް މަޝްވަރާގެ އުސޫލެއް ނެތި ހިތު ހުރިހާ ގޮތަކަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށް ރައްޔިތުން ހިތުގައި ޖައްސަމުން ދާތީ،" ފައިސަލް ވިދާޅުވި އެވެ.
ރައްޔިތުންނަށް އަސާސީ ހިދުމަތް ނުލިބި ތިއްބާ ދައުލަތުން ދަނީ އެތައް މިލިއަން ރުފިޔާއެއް ކޮންމެ ދުވަހަކުވެސް އިސްރާފު ކުރަމުން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
މިއަހަރު ރާއްޖޭން މީހުން ހައްޖަށް ދިއުމަށް އިތުރު ކޯޓާ ލިބުނު ނަމަވެސް 23 މިލިއަން ރުފިޔާ ހަރަދު ކުރެވެން ނެތުމުން ސަރުކާރުން މީހުން ހައްޖަށް ނުފޮނުވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އޭގެ ބަދަލުގައި ފައިސާ އިން ބޮޑެތި އިސްރާފުތައް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ރޭ ފެނިގެން ދިޔައީ 23 މިލިއަންގެ ދެ ގުނަ ހަރަދު ކޮށްގެން ފަސް ވަރަކަށް މިނެޓުގެ އުފަލެއް ހޯދައި ދިނުމަށްޓަކައި ބޭކާރު ގޮތުގައި ކަންތައްތަކެއް، ޝޯއެއްގެ ގޮތުގައި ދެއްކި ތަން،" ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުމަށް ކުރި ހަރަދާ ގުޅޭ ގޮތުން ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުން ތަރައްގީ ބޭނުންވަނީ ވަކި ބައެއްގެ ޖީބު ބޮޑު ކުރާ އުސޫލުން ނޫން ކަމަށެވެ. ރައްޔިތުން ކުރާ މަސައްކަތުން ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކާ ފައިސާ ހެޔޮ ގޮތުގައި ބޭނުން ކުރަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ތަރައްގީ ބޭނުންވަނީ ހެޔޮ ގޮތުގައި ކުރާ މަސައްކަތްތަކުން ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނަށް ތާއީދު ކޮށްގެން ގެއްލޭ ކޮންމެ ހައްގެއް ނުވަތަ ވަޒީފާއެއް ވެރިކަމުގެ ފުރަތަމަ ދުވަހު ހޯއްދައިދެއްވާނެ ކަމަށް ފައިސަލް މިއަދު ވެސް ވިދާޅުވި އެވެ.
ބަޖެޓް އަނބުރާ ގެންގޮސް ކުޑަކޮށްފައި ފޮނުވާ:ސަލީމް
30 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި
30 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި
އަނިޔާވެރިކޮށް ހައްޔަރުކުރި މީހަކު ނުދެއްކޭނެ: ރައީސް
ބްރިޖް ހުޅުވަން ރައީސުންނަށް ދައުވަތު ދޭނަން: ރައީސް
އިދިކޮޅު ވޯޓާ ނުލައި ބަޖެޓު ފާހެއް ނުވާނެތަ؟
ޓެކްސްއާ ގުޅޭ ގާނޫނުތައް ފާހެއް ނުވާނެ: ޝަރީފް
ހިސާބު އަދަދެއް ބަޖެޓަކަށް ނުވާނެ: އިދިކޮޅު މެމްބަރުން
ރައީސަކީ ފައިސަލް ކަމަށް ބުނާ މައްސަލަ ބަލައެއްނުގަތް
ރައީސަކީ ފައިސަލްތޯ ސުވާލު އުފައްދައި ގަރާރެއް!