31 އޯގަސްޓް 2018
ތަދު ނުވާ ގޮތަށް ވިއްސުން ނުވަތަ ޕެއިންލެސް ލޭބާގެ ހިދުމަތް އޭޑީކޭގައި ރަސްމީކޮށް ދޭން ފަށައިފި އެވެ.
ތަދު ނުވާ ގޮތަށް ވިއްސުން ނުވަތަ ޕެއިންލެސް ލޭބާގެ ހިދުމަތް އޭޑީކޭގައި ރަސްމީކޮށް ދޭން ފަށައިފި އެވެ.
އެ ފަދަ ގޮތަކަށް ފުރަތަމަ ފަހަރަށް އޭޑީކޭގައި އިއްޔެ ވަނީ މީހަކު ވިއްސާފަ އެވެ.
އެ ހިދުމަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، އޭޑީކޭގެ ހޭނައްތާ ޑޮކްޓަރު، ދުސޫމާ އަބްދުއްރައްޒާގު މިއަދު "މިހާރު"އަށް ވިދާޅުވީ މަންމަ ވިހަން ތައްޔާރުވުމުން، ބުރަކައްޓަށް އިންޖެކްޝަނެއް ޖަހައި، ކެތީޓާއެއް ލެއްވުމަށް ފަހު ބޭސް ދީގެން ތަދުނުވާ ގޮތް ހަދާނެ ކަމަށެވެ. އެހެންވެ، ވިހެއުމުގެ ވޭންވަރު އަޔަސް، އެއްވެސް ތަދެއް ނެތި މަންމައަށް ވިހެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ހަމަ ނޯމަލް ޑެލިވަރީއެއް. އެއްވެސް ތަދެއް ނެތް ނަމަވެސް ދަރިފުޅު ޕުޝްކުރާހާ ބާރު މަންމަގެ ހުންނާނެ. ކޮންޓްރެކްޝަން އަންނާނެ. އަދި ބޭބީއަށް ގެއްލުން ނުވާ، ވަރަށް ސޭފް ގޮތެއް މިއީ،" އޭޑީކޭގައި މި ހިދުމަތް ދެއްވާ ޑޮކްޓަރު ވިދާޅުވި އެވެ.
ޑރ. ދުސޫމާ ވިދާޅުވީ ވިހެއުމާ ހަމައަށް، ދަރިފުޅުގެ ހިތުގެ ތެޅުމާއި ހުރިހާ ކަމެއް ޑޮކްޓަރުން މޮނީޓާ ކުރާނެ ކަމަށާއި އޮޕަރޭޝަން ނުކޮށް، ވިއްސޭތޯ ޑޮކްޓަރުން މަސައްކަތް ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭޑީކޭގައި ވަސީލަތްތައް ހަމަވުމާއެކު މި ހިދުމަތް ފެށުމަށް ޕްލޭން ކުރާތާ މިހާރު ދެ މަސްވެއްޖެ އެވެ. އެކަމަކު އިއްޔެ ހިދުމަތް ފެށީ، އެކަމަށް ޕޭޝަންޓަކު އެދުމުން ކަމަށާއި މިހާރު، މާބަނޑު ކޮންމެ މީހަކަށް ވެސް މި ހިދުމަތް ހިޔާރުކުރެވެން ހުންނާނެ ކަމަށް ޑރ. ދުސޫމާ ވިދާޅުވި އެވެ.
"މިކަމުގައި ޕޭޝަންޓުގެ އިހުސާސްތައް ވެސް ވަރަށް މުހިއްމު. އެކަމަކު މިކަމަށް އެދޭ ޕޭޝަންޓުންގެ ތެރެއިން ކޮމްޕްލިކޭޝަނެއް ނެތް ކޮންމެ މީހަކަށް ވެސް އަޅުގަނޑުމެން މިހާރު މި ހިދުމަތް ދޭނަން،" އޭނާ ވިދާޅުވި އެވެ.
"އޭރުން އެއްވެސް ތަދެއް ނެތި، ފެމިލީ ކައިރީގައި ހުރެގެން ވިހެވޭނެ،"
އޭޑީކޭގައި މި ފަހުން ވަނީ ވަރަށް ގިނަ އާ ހިދުމަތްތަކެއް ތައާރަފްކޮށްފަ އެވެ. އެގޮތުން ހިތުގައި ބައިޕާސް ދެ ސާޖަރީ އާއި އޯޕަން ހާޓް ސާޖަރީއެއް ވެސް، ކާމިޔާބުކަމާއެކު ވަނީކޮށްފަ އެވެ.
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ދުވަސް ނުފުރާ ވިހެއުން: ފަރުވާ އާއި ދުޢާއިން އުއްމީދު
އޭޑީކޭގައި އިންޓާން ހަދަން 14،500ރ. ދައްކަންޖެހޭ
އޭޑީކޭގެ ކުލީގެ ދިފާއުގައި ނާޝިދު ވާހަކަ ދައްކަވައިފި
އޭޑީކޭ ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް: ނާޝިދު
ސިކުނޑި އާއި މައިބަދައިގެ އާ ދެ ސާޖަރީ ހަދައިފި
ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ސެޕްޓެމްބަރުގައި ބާއްވަނީ
އޭޑީކޭއިން މުވައްޒަފުންގެ އަގުވަޒަންކޮށްފި
ސަލާމަތްވީ އޭޑީކޭގައި ފަރުވާ ލިބޭނެގޮތް ވުމުން: ނަޝީދު
"މިއީ ސިއްހީ ދާއިރާއަށް އިންވެސްޓްކުރަންވީ ވަގުތު"