27 އޯގަސްޓް 2018
އިލެކްޝަންސް ކޮމިޝަނުން ރައްކާކޮށްގެން ގެންގުޅޭ މައުލޫމާތުތަކެއް ވެރިކަން ހިންގާ ޕީޕީއެމަށް ލީކުވެފައި ހުރެދާނެ ކަމަށް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އިއްޔެ ވިދާޅުވުމުން އެ މައްސަލައިގެ މިނިވަން ތަހުގީގެއް ކުރުމަށް އިދިކޮޅު އިއްތިހާދުން ގޮވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ރައްކާކޮށްގެން ގެންގުޅޭ މައުލޫމާތުތަކެއް ވެރިކަން ހިންގާ ޕީޕީއެމަށް ލީކުވެފައި ހުރެދާނެ ކަމަށް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އިއްޔެ ވިދާޅުވުމުން އެ މައްސަލައިގެ މިނިވަން ތަހުގީގެއް ކުރުމަށް އިދިކޮޅު އިއްތިހާދުން ގޮވާލައިފި އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވެފައި ވަނީ "އަޅުގަނޑުމެންގެ މައުލޫމާތު އެ ފަރާތަށް [ޕީޕީއެމަށް] ގޮސްފައިވާކަމު"ގެ ޝައްކު އުފެދިފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެ ކޮމިޝަނުގެ އެތެރޭގެ ކޮމެޓީއެއް ކަމަށްވާ އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯ އިން ބަލައި، އެކަމުގައި ކޮމިޝަނުގެ މައްސަލައެއް ނެތް ކަމަށް ވެސް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ "މައުމޫން ރިފޯމް މޫވްމަންޓް" އިން "މިހާރު" އާ ވާހަކަ ދައްކަމުން ބުނީ އެ މައްސަލައިގައި މިނިވަން އަދި އިންސާފުވެރި ތަހުގީގެއް ކުރަން ޖެހޭ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވި ގޮތުގައި "އިލެކްޝަންސް ކޮމިޝަނަރު ޕީޕީއެމާ ގުޅިފައިވާ ކަމަށް" ކުރިންސުރެ ވާހަކަ ދައްކަމުން އަންނަ އިރު އީސީގެ އެތެރޭގެ ތަހުގީގަކުން އެކަނި އެ މައްސަލަ ނިންމާލެވިގެން ނުވާނެ އެވެ.
"އަޅުގަނޑުމެން އަބަދުވެސް ބުނަމުން އައީ މުލިއާގެއަށް އިލެކްޝަންސް ކޮމިޝަނުގެ ކޮޅެއް އަޅާފައިވާ ކަމަށް. އެ ކޮމިޝަނުގެ މެންބަރުން ސިއްރުން މުލިއާގެއަށް ވަންނަ ކަމަށް،" ނިޔާޒް ވިދާޅުވި އެވެ.
"މިހެން އޮތް ކަމެއްގައި ކޮމިޝަނުން ބޭރުން ތަހުގީގެއް ކުރީމަ އެނގޭނީ މައުލޫމާތު ލީކުވީ ކިހިނެއް ކަން."
ޖުމްހޫރީ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ ޕީޕީއެމަށް މައުލޫމާތު ލީކުވީ ކޮމިޝަނުގެ ފަރާތުން ނޫން ކަމަށް ބުނި ނަމަވެސް އެ ވާހަކަ ގަބޫލުކުރައްވަން ދަތި ކަމަށެވެ.
"ލީކުވި ގޮތުގެ ތަފްސީލު ދޭން ޖެހޭނެ. ލީކުވި ގޮތެއް، ދުވަހެއް، އެކަން ކުރި ބަޔަކު އެނގެން ޖެހޭނެ. އެހެން ނޫނީ ބެލެވޭނީ އެއީ ކޮމިޝަނުގެ ތެރެއިން ހިންގި އަމަލެއް ކަމަށް،" އަލީ ހުސެއިން ވިދާޅުވި އެވެ.
"މިހެން ބެލެވޭ ސަބަބަކީ ކޮމިޝަނުގެ ރައީސް ޝަރީފަކީ އިއްޔެ ޕީޕީއެމްގެ ޓީޝާޓު ލައިގެން ކެމްޕެއިން ކުރަން އުޅުނު މީހެއް. ސަރުކާރުގެ ކުންފުންޏެއްގައި ހުރެފަ ކުއްލިއަކަށް މި އައީ ކޮމިޝަނުގެ ރައީސް ކަމަށް."
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނަކީ މުސްތަގިއްލުކަން ގެއްލިފައިވާ މުއައްސަސާއެކެވެ. އެހެންކަމުން އެ ކޮމިޝަނުން ޕީޕީއެމަށް މައުލޫމާތު ފޯރުކޮށްދޭ މައްސަލައަކީ އާ ވާހަކައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވޯޓުލުމަށް ހުރަސް އެޅުމަށް، ވޯޓުލާ މީހުން މާޔޫސް ކުރުމަށް ބޮޑަށް މިފަދަ ކަންކަން މި ކުރަނީ. އެކަމަކު އަޅުގަނޑުމެންނަށް ޔަގީންކަން އެބަ އޮތް މިވަރުން ވެސް އިންތިހާބު އަޅުގަނޑުމެނަށް ކާމިޔާބުވާނެ ކަމުގެ،" އަލީ ޒާހިރު ވިދާޅުވި އެވެ.
މައުމޫން ރިފޯމް މޫވްމަންޓުގެ އައިމިނަތު ނާދިރާ ވިދާޅުވީ ރިޔާސީ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށެވެ. އޭގެ ސަބަބަކީ އިލެކްޝަންސް ކޮމިޝަނާއި ޕީޕީއެމާ ދެމެދު ވަރަށް ބޮޑެތި ގުޅުންތަކެއް އޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރުން މިހާރަށް އިލެކްޝަންސް ކޮމިޝަނުން ގާނޫނީ އިމުގެ ތެރެއަށް ވަދެ ކޮމިޝަނުން ހިންގަމުން އަންނަ ގޮތް ނޭނގޭ ހުރިހާ ކަންކަން ހުއްޓާލާ، އިންސާފުވެރި އިންތިހާބަކަށް ފުރުސަތު ދޭން ޖެހޭ،" ނާދިރާ ވިދާޅުވި އެވެ.
ރީރަޖިސްޓްރޭޝަނާ ގުޅޭ މައުލޫމާތު ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީހަށް ލިބިފައި ވޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޝަރީފް ރޭ ވިދާޅުވީ އޭނާ އިންނެވި ބައްދަލުވުމެއްގައި، ޕީޕީއެމްގެ ކެމްޕެއިން އޮފީހުން ގުޅައި، އިންތިހާބާ ބެހޭ ސިއްރު މައުލޫމާތު ލިބިފައިވާކަން ދޭހަވާ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށެވެ.
"އަޅުގަނޑާ އެކީގައި ބައްދަލު ކުރަން ބަޔަކު ތިއްބާ ވެސް ފޯނު ކޯލެއް އައި. ދެން އެ ފޯން ކޯލު ކުރި ފަރާތަކުން ވިދާޅުވި އެއީ ރައީސް ޔާމީން ކެމްޕެއިން އޮފީހުންނޭ، ގާތްގަނޑަކަށް ތިން ފޯނު ކޯލެއް އައި. ތިން ކޯލެއްގައި ވެސް މެސެޖު އައި ތަފާތު ގޮތްގޮތަށް،" ޝަރީފް ވިދާޅުވި އެވެ.
އޭނާ އެ އިޝާރަތްކުރެއްވީ ރީރަޖިސްޓްރޭޝަނަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ފޯމުތަކެއް ހުށަހެޅުމާ އެކު ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ގުޅަން ފެށި މައްސަލައިގަ އެވެ. އެ ޝަކުވާ ކުރަން އެމްޑީޕީގެ ޓީމެއް ގޮސް ޝަރީފާ އެކު ބޭއްވި ބައްދަލުވުން ކުރިއަށް ދިޔަ ވަގުތު ވެސް ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން އެމްޑީޕީގެ އޮފިޝަލަކަށް ތިން ފަހަރު ގުޅާފައިވެ އެވެ. އެ ކޯލްތައް ޝަރީފަށް އެ ވަގުތު ވަނީ އަޑުއިއްވާފަ އެވެ.
އެމްޑީޕީން ބުނާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން އެ ފޯމުތަކުގެ މައުލޫމާތު ޕީޕީއެމަށް ދީގެން ނޫން ގޮތަކަށް އެ ކޯލުތަކެއް ނާންނާނެ އެވެ.
ޕީޕީއެމްގެ "އެންމެން އެކަކަށް" ޖަލްސާ ހޯމަ ދުވަހު
ރަޖިސްޓްރޭޝަން ލަސްވުމުގައި ޒިންމާވާނެ ބަޔަކު ނެތް
ރިފޯމް އުފެއްދިޔަސް ޕީޕީއެމެއް ނުލިބޭނެ: އަބްދުއްރަހީމް
ޕީޕީއެމް ރިފޯމް ކުރަން އެއްޗެއް ނޯންނާނެ: ރައީސް ޔާމީން
ކެންޑިޑޭޓުންނަށް ޚަރަދު ކުރެވޭ މިންވަރު ބޮޑު ކުރަނީ
ނޭނގި އެންމެ ގިނަ މީހުން ވެއްދީ ޕީޕީއެމަށް: އީސީ
ވައްކަން ނުބަލައި ޖޫރިމަނާ ބަލައެއް ނުގަނެވޭ: ޕީޕީއެމް
"ފޯމު ހުށަހަޅަނީ އިޖުރާއަތުތައް ފުރިހަމަކޮށްގެން"
އޮފިޝަލުންނަށް ތުހުމަތާ އެކު ފޯކައިދޫގައި ހަމަނުޖެހުން
ޕާޓީތައް ސަސްޕެންޑުކުރުން: އިސްލާހުވުމުގެ ފުރުސަތެއް؟