Roadha Mihaaru
ކެމްޕޭން ކުރެއްވުމަށް ފައިސަލް މި ފަހަރު ށ. އަތޮޅަށް

ކެމްޕޭން ކުރެއްވުމަށް ފައިސަލް މި ފަހަރު ށ. އަތޮޅަށް

26 އޯގަސްޓް 2018

އަންނަ މަހު 23ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް، އިދިކޮޅު ކޯލިިޝަންގެ ރަނިންމޭޓު ފައިސަލް ނަސީމް، ށ. އަތޮޅަށް މިއަދު ފުރާ ވަޑައިގެންފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަންނަ މަހު 23ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް، އިދިކޮޅު ކޯލިިޝަންގެ ރަނިންމޭޓު ފައިސަލް ނަސީމް، ށ. އަތޮޅަށް މިއަދު ފުރާ ވަޑައިގެންފި އެވެ.

ރަށްތަކަށް ޒިޔާރަތް ކުރުމަށް، އިދިކޮޅު ކޯލިޝަންގެ ބައެއް އިސް ވެރިންނާއެކު އޭނާ މިއަދު ހެނދުނު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން އެ ތަނުން އޭނާ އަށް މަރުހަބާ ދެންނެވީ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.

މި ދަތުރުގައި ށ. އަތޮޅުގެ ހުރިހާ ރަށަކަށް އޭނާ ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

ށ. އަތޮޅަށް ކުރާ ދަތުރުގައި ފައިސަލް އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެ އަތޮޅު ކަނޑިތީމަށެވެ. އަދި ދަތުރު ނިންމައި، އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ.

އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައިވާ އިރު، ކެމްޕޭން ކުރެއްވުމަށް ފައިސަލް ވަނީ މިހާތަނަށް އަށް އަތޮޅެއްގެ ހުރިހާ ރަށަކަށްހެން ވަޑައިގެންފަ އެވެ. އޭނާ އެންމެ ފަހުން ވަޑައިގަތީ، އުފަން ރަށް، ޏ. ފުވައްމުލަކަށެވެ.