29 އޯގަސްޓް 2018
ވަކި ބަޔަކު އެދޭ ގޮތަށް ސިޔާސީ ކަންކަން ކޮށްދިނުމުގެ ބަދަލުގައި ރައްޔިތުންގެ އިތުބާރު ހިފޭ، ގާނޫނާ އެއްގޮތަށް ކަންތައްތައް ކުރާ ބަޔަކަށް ފުލުހުން ވުމަށް، އިދިކޮޅު ކޯލިޝަން ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ގޮވާލައްވައިފި އެވެ.
ވަކި ބަޔަކު އެދޭ ގޮތަށް ސިޔާސީ ކަންކަން ކޮށްދިނުމުގެ ބަދަލުގައި ރައްޔިތުންގެ އިތުބާރު ހިފޭ، ގާނޫނާ އެއްގޮތަށް ކަންތައްތައް ކުރާ ބަޔަކަށް ފުލުހުން ވުމަށް، އިދިކޮޅު ކޯލިޝަން ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ގޮވާލައްވައިފި އެވެ.
އަންނަ މަހު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް، ކ. އަތޮޅުގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުގައި ހިންމަފުށީގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ކޮންމެ ދުވަހަކު ވެސް، ކޮންމެ ވެސް ކަހަލަ އަނިޔާއަކާ ރައްޔިތުން ކުރިމަތިލާން ޖެހޭ ކަމަށާއި އެހެންވެ، ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ އަމާންކަން ގާއިމު ކޮށްދިނުން ކަމަށެވެ.
ފައިސަލް ވަނީ، ރައްޔިތުންނަކީ ފުލުހުންނަށް އެންމެ މުހިއްމު މީހުން ކަމުގައި ދެކި، ރައްޔިތުންގެ އިތުބާރު ހިފޭ ބަޔަކަށް ވުމަށް ފުލުހުންނަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި ވަކި ސިޔާސީ މީހަކު ބޭނުންވާ ގޮތަށް ކަންކަން ކުރުމުން، ފުލުހުންގެ މުއައްސަސާއަށް ރީތި ނަން ނުލިބޭނެ ކަމަށާއި ރައްޔިތުންގެ ފަޅީގައި ތިބެގެން، އެމީހުންނަށް ހިދުމަތް ކުރެއްވުމަށް އޭނާ ހަނދާން ކޮށްދެއްވި އެވެ.
މާލޭގައި ރޭ މީހަކަށް ވަޅިން ހަމަލާ ދިނުމަށް ފަހު ފިލަން ދުވި މީހަކު އަތުލައިގަތް ޓްރެފިކް ފުލުސްމީހާ އަށް ވެސް ފައިސަލް ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. ފައިސަލް، އެ ފުލުސްމީހާ ސިފަ ކުރެއްވީ ގައުމީ ބަތަލެއްގެ ގޮތުގަ އެވެ.
"އަޅުގަނޑު އެދެން، ރޭ އެ ފުލުސް މީހާ ދެއްކި ނަމޫނާ، ފުލުހުން ކޮންމެ ދުވަހަކު ވެސް ދެއްކުމަށް. އަބަދުވެސް ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް،'' ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
އިދިކޮޅު ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ހިންމަފުއްޓަށް ވަަޑައިިގެން އެ ރަށުގެ ބައެއް މީހުންނާ ބައްދަލު ކުރައްވަނީ
ފައިސަލް ވިދާޅުވީ، ކޯލިޝަންގެ ސަރުކާރެއްގައި ފުލުހުންނަކީ ޝަރަފްވެރި ކަމާއި އިއްޒަތާއި ކަރާމާތާ އެކު، ރައްޔިތުންނަށް ހިދުމަތް ކުރާ ބައެއް ކަމުގައި ހަދާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިހާރު ރާއްޖޭގައި އޮތް ހަމަނުޖެހުންތަކުގެ އަސްލަކީ ރައްޔިތުންގެ މެދުގައި އޮތް ތަފާތު ކުރުންތަކެވެ. އަދި އެކި މީހުންގެ މެދުގައި، ސަރުކާރުން ގެންގުޅޭ ތަފާތު ކުރުންތަކަކީ، ކައިރި މާޒީއެއްގައި ރާއްޖޭން ފެނުނު ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"ސިއްހީ ކަންކަމަށް ބަލާއިރު ވެސް، އާސަންދަ އަށް ބަލާއިރު ވެސް، ރައްޔިތުންގެ ޝަކުވާތައް ގިނަ. ތިމަންނައަކަށް އެހީއެއް ނުލިބުނޭ. އަނެއް މީހާއަށް ލިބުނު ކަމަށް އެބަ ބުނޭ." ފައިސަލް ވިދާޅުވި އެވެ.
"އެހެންވެ، އަޅުގަނޑުމެން ވާ ވައުދެއްގެ ގޮތުގައި މި ދަންނަވަނީ. ރައްޔިތުންގެ މެދުގައި އޮތް ތަފާތު ކުރުންތައް ނައްތާލަން، އަޅުގަނޑުމެންނަށް ކުރެވެން އޮތްހާ މަސައްކަަތެއް ކުރާނަން."
އޭނާ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި، ވަކި ސިޔާސީ ފިކުރަކަށް ތާއީދު ކުރާތީ، އެ މީހާއަށް ލިބެން ޖެހޭ އެއްވެސް ހައްގަކުން މަހުރޫމް ނުކުރާނެ ކަމަށެވެ.
އދ.ގައި ތަގްރީރު ނުކުރެއްވި ސަބަބު ޔާމީންގެ ދޫފުޅުން
ނަތީޖާ ބަދަލުކުރަން އުޅުމަކީ މޮޔަ ވިސްނުމެއް: ގާސިމް
ކާމިޔާބު ފޯމިއުލާއަކީ ކޯލިޝަން: ޖަމީލް
ދެން އޮތީ ގައުމު އެކުވެރިކޮށް، ބިނާކުރުން: އަލީވަހީދު
ވައުދު ފުއްދުމުގެ ފުރުސަތު ދިނުމަށް ރައްޔިތުން ބޭނުންވޭ
އެކްޓިން ކޮމިޝަނަރު ނަވާޒު، އިބޫއާ ބައްދަލުކުރައްވައިފި
ކޮލަމާފުށިން ހައްޔަރުކުރި 18 މީހުން މިނިވަންކޮށްފި
އިބޫއަކީ އުފެދުމުގައި ވެސް ލީޑަރެއް: ފައިސަލް
ކާށިދޫގެ ބިން ހިއްކައި ރިސޯޓެއް ހަދާނަން: އިބޫ
އިބޫ ށ. އަދި ނ. އަތޮޅަށް، ފައިސަލް ތ. އަތޮޅަށް