Roadha Mihaaru

ކެމްޕެއިނަށް ރައީސް ޔާމީން ފ. އަތޮޅަށް ވަޑައިގެންފި

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރައީސް އަބްދުﷲ ޔާމީން މިއަދު ފ. އަތޮޅަށް ވަޑައިގެންފި އެވެ.

ކެމްޕެއިނަށް ރައީސް ޔާމީން ފ. އަތޮޅަށް ވަޑައިގެންފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

25 އޯގަސްޓް 2018

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރައީސް އަބްދުﷲ ޔާމީން މިއަދު ފ. އަތޮޅަށް ވަޑައިގެންފި އެވެ.

ރައީސް ޔާމީން ފ. އަތޮޅަށް މިއަދު ފެއްޓެވީ، މި ފަހުން ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުތަކާ ހިލާފަށް ސީދާ ކެމްޕެއިން ދަތުރުފުޅެކެވެ. އެހެންކަމުން މިއީ އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޕީޕީއެމް ކެންޑިޑޭޓެއްގެ ގޮތުން އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ ފ. ފީއަލީ އަށެވެ.

ދާދި ފަހުން ރަސްމީ ދަތުރުފުޅުތަކުގައި ގިނަ އަތޮޅުތަކަކަށް ރައީސް ޔާމީން ވަނީ ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުތަކުގައި ސަރުކާރުގެ ގިނަ މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވި އެވެ.