22 އޯގަސްޓް 2018
އިންޑިއާގެ ކެރަލާ ސްޓޭޓްގައި ފެންބޮޑުވެ، ލިބެމުންދާ ގެއްލުންތަކުންތަކާ ގުޅިގެން ރާއްޖެއިން އެ ގައުމަށް ދޭން ނިންމި ފައިސާގެ އެހީ އާއި ގަތަރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ފައިސާގެ އެހީ ގަބޫލު ނުކުރަން އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.
އިންޑިއާގެ ކެރަލާ ސްޓޭޓްގައި ފެންބޮޑުވެ، ލިބެމުންދާ ގެއްލުންތަކުންތަކާ ގުޅިގެން ރާއްޖެއިން އެ ގައުމަށް ދޭން ނިންމި ފައިސާގެ އެހީ އާއި ގަތަރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ފައިސާގެ އެހީ ގަބޫލު ނުކުރަން އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.
ސުނާމީއަށް ފަހު ކެރެލާއަށް ކުރިމަތިވި އެންމެ ބޮޑު މި ހާދިސާގައި ލިބުނު ގެއްލުންތަކަށް އެހީވުމަށް، ރާއްޖެ އާއި ގަތަރުން ވަނީ 50،000 ޑޮލަރު ދޭން ނިންމާފަ އެވެ. އަދި ޔޫއޭއީން އެއް މިލިޔަން ޑޮލަރު ދިނުމަށް ހުށަހެޅި އެވެ.
އެކަމަކު މި އެހީތައް ބޭނުން ނުކުރަން އިންޑިއާއިން ނިންމީ، ގުދުރަތީ ހާދިސާތަކަށް އެހީވުމަށް ބޭރު ގައުމުތަކުން ދޭ އެހީގައި ނުހިފުމަށް އެ ގައުމުން ގެންގުޅޭ އުސޫލުގެ ދަށުންނެވެ. މިއީ 2014 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ފަހު އިންޑިއާއިން ގެންގުޅޭ އުސޫލެކެވެ. އެ ގައުމުން ބުނާގޮތުން، ގައުމަށް ދިމާވާ އެ ފަދަ ގުދުރަތީ ހާދިސާތަކުން އަރައިގަނެ، ލިބޭ ގެއްލުން ފޫބެއްދުމުގެ ކުޅަދާނަކަން ސަރުކާރުގައި އެބަހުއްޓެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން، ބޭރު ގައުމުތަކުގެ މި އެހީއާ މެދު އިންޑިއާގެ ސަރުކާރުން ވަރަށް ބޮޑަށް ޝުކުރުވެރިވެ އެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން އެ ގައުމުން ގެންގުޅޭ އުސޫލުގެ ދަށުން، އެހީ ގަބޫލު ނުކުރަން ނިންމާފައިވާ ކަމަށް ނޫސްތަކުގައި ވެ އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ހިންދޫއަށް މިދިޔަ ހޯމަ ދުވަހު ދެއްވި އިންޓަވިއުއެއްގައި، ރާއްޖޭން އިންޑިއާއިން ކަނޑައަޅާފައިވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އަވަށްޓެރިޔާ ކަމަށާއި އެ އަވަށްޓެރިޔާއަށް ކުރިމަތިވާ ގެއްލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށެވެ. އަދި މި ފައިސާއަކީ އަބަދުވެސް ރާއްޖޭގެ ރަހުމަތްތެރިއެއްގެ ގޮތުގައި އޮތް އިންޑިއާއިން ދޭ ކުޑައެހީއެއް ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
ކެރަލާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގައި 200 އާ ގާތްކުރާ އަދަދެއްގެ މީހުން މަރުވެ، ހަ ލައްކައަށް ވުރެ ގިނަ މީހުންގެ ގެދޮރު ވެސް ވަނީ ގެއްލިފަ އެވެ. އެ ހާދިސާގައި ދިވެހިން އާންމުކޮށް ގޮސް އުޅޭ ޓްރިވެންޑްރަމާއި ކޮޗިންގައި ވެސް ފެންބޮޑުވެ، ބައެއް ދިވެހި އާއިލާތަކަށް އޭގެ އަސަރު ކުރިމަތިވި އެވެ. މިހާރު އެ އެންމެން ވަނީ ޓްރިވެންޑްރަމަށް ގެންގޮސްފަ އެވެ
ދެ ޑޯޒް ޖެހިޔަސް އެމިރޭޓްސްއަށް ނުވަދެވޭނެ އޭޝިޔާގެ ހަ ގައުމެއް
ކެރެލާގެ މޫސުން ގޯސް، ދިވެހިން ސަމާލުވާން އެދިއްޖެ
ރާއްޖެއިން އިންޑިއާއަށް 50،000 ޑޮލަރު ދެނީ
ރާއްޖެއަށް ގޮނޑި ހޯދައިދޭން އިންޑިއާ އެހީވި: ސަފީރު
ނިހާން ފޮނުވާލި ސަބަބެއް ނާންގާ، ކަންބޮޑުވޭ: ސަފީރު
ރާއްޖެ-އިންޑިއާގެ އިތުބާރު އުފައްދަންޖެހޭ: ސަފީރު
ރާއްޖެ-އިންޑިއާގެ ގުޅުން ހީނަރުވިޔަ ނުދޭނަން: ސަފީރު
އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ވިސާގެ ދަތިތަކެއް!
އިންޑިއާގެ ސަފީރު، ރައީސަށް ވަދާއީ ޒިޔާރަތްކުރައްވައިފި
ޑޮލަރު ފޮނުވުމުގައި ހައްލަކަށް އިންޑިއާއިން އެދިއްޖެ