19 ޑިސެމްބަރ 2017
އިންޑިއާގެ ބައެއް ސްކޫލްތަކުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެ ޝަކުވާ ބޮޑުވެއްޖެ އެވެ.
އިންޑިއާގެ ބައެއް ސްކޫލްތަކުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެ ޝަކުވާ ބޮޑުވެއްޖެ އެވެ.
މި މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރި ބައެއް ބެލެނިވެރިން "މިހާރު" އަށް ބުނީ ޑިޕެންޑެންޓް ވިސާ އާކުރަން ބެންގަލޫރުގައި ހުންނަ އިންޑިއާގެ ފޮރިން ރެޖިސްޓްރޭޝަން އޮފީހަށް ދިއުމުން ބައެއް މީހުންނަށް ވިސާ ދޭން ދެކޮޅު ހަދާފައިވާ ކަމަށެވެ. އެކި މީހުންނަށް އެކި އުޒުރުތައް ދައްކާ އިރު، އެންމެ ބޮޑަށް މި މައްސަލަ ކުރިމަތިވަނީ ދެ ސްކޫލެއްގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިންނަށް ކަމަށް ވެސް އެ މީހުން ބުނެ އެވެ.
"މަގުބޫލު އެއްވެސް ސަބަބެއް ނުދައްކާ. ބައެއް މީހުން ގާތު ބުނޭ ދިވެހި ސަރުކާރުން ބޭނުން ނުވަނީއޭ، ވިސާ ދޭން. އަނެއް ބަޔަކާ ސުވާލު ކުރަނީ ރާއްޖޭގައި އިސްލާމް ކިޔަވައިދޭ އިރު ކީއްކުރަންހޭ، މި ކޮޅުގައި އިސްލާމް ކިޔަވައިދޭ ސްކޫލްތަކަށް ދަރިވަރުން ވައްދައިގެން އުޅެނީ،" ބެލެނިވެރިއަކު ބުންޏެވެ.
ވިސާ ލިބުމުގެ އުނދަގޫ ކުރިމަތިވާން ފެށީ، ބައެއް ބެލެނިވެރިން ބުނި ގޮތުގައި، މި އަހަރުގެ މެދުތެރެއިން ފެށިގެންނެވެ. ވިސާ ނުދީގެން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި، އެއް އާއިލާއެއް އެނބުރި ރާއްޖެ އަންނަން ވެސް ޖެހުނެވެ.
"އެ އާއިލާގެ އެއް ކުއްޖަކު ގްރޭޑް 10 ގައި ކިޔަވަމުން އަންނަނިކޮށް މި މައްސަލަ ކުރިމަތިވީ. ދެން ހަމަ ގޮތެއް ނެތިގެން ރާއްޖެ އަށް ގޮސް ވިސާ ހޯދައިގެން އެނބުރި އައިސް އެހެން ސްކޫލަކަށް ވައްދައިގެން މިހާރު އެބައުޅޭ،" އޭނާ ބުންޏެވެ.
އެޑްވާންސް ކުލީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދައްކައިި ގެތައް ކުއްޔަށް ހިފައިގެން ދިރި އުޅޭ އިރު، ވިސާ ނުދީގެން ކުއްލިއަކަށް ރާއްޖެ ދާން ޖެހުމަކީ ވަރަށް ބޮޑު ތަކުލީފެއް ކަމަށް ބެލެނިވެރިން ބުންޏެވެ. ވިސާ އާ ކުރަން ޖެހެނީ، މުއްދަތު ހަމަވާން ގާތްގަނޑަކަށް ދެ ހަފުތާ އޮއްވަ އެވެ.
"އެތައް ބަޔަކު ވިސާއާ ކުރަން ޖެހިފައި ތިބި އިރު، ވާނުވާ ނޭނގިފައި މި ތިބެނީ. ވިސާ ދޭނެތޯ ނުދޭނެތޯ ޔަގީންކަމެއް ނެތް. ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނަށް [ބައެއް މީހުން] ދިޔައީމަ ބުނީ ވިސާގެ މައްސަލައެއް ކުރިމަތި ނުވާނެ ކަމަށް. އެކަމަކު މިކޮޅުން އަޅުގަނޑުމެންނަށް ވަރަށް އުނދަގޫކުރޭ. ވިސާ ނުދީ އެބަ ބުނޭ ދަރިން ހޮސްޓެލް އަށް ލާށޭ ވެސް."
އިންޑިއާ އަށް ކަނޑައަޅުއްވާފައިވާ ދިވެހި ސަފީރު އަހްމަދު މުހައްމަދު މިއަދު ވިދާޅުވީ އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތަކެއް އުޅޭ ކަމުގެ ޝަކުވާ އެމްބަސީ އަށް ލިބިފައިވާ ކަމަށެވެ. އެކަމަކު ވިސާއާ ގުޅޭ ގޮތުން ކުރިން ހަމަޖެހިފައި އޮންނަ އުސޫލަށް އެއްވެސް ބަދަލެއް އައި ކަން އިންޑިއާ ސަރުކާރުން ރަސްމީކޮށް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިސާ ދިނުމުގެ އުސޫލަށް އެއްވެސް ބަދަލެއް ގެނައިތޯ އަޅުގަނޑުމެން މި އަންނަނީ ބަލަމުން،" އަހްމަދު ވިދާޅުވި އެވެ.
އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ އިރު، ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ. ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ރާއްޖެ-ޗައިނާ ސޮއި ކުރުމުން މި ހިޔާލު ތަފާތުވުންތައް ބޮޑުވެފައިވާ ކަން އިންޑިއާ ސަރުކާރުގެ އޮފިޝަލުންގެ ވާހަކަތަކުން ސާފުވެ އެވެ.
ހުޅުޖަހަން ގޮވި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި
މަޝްރޫއުތަކަކަށް އެޑްވާންސްކޮށް 4 މިލިއަން ރުފިޔާ ދީފި
އިންޑިއާގެ ކޮންސިއުލޭޓު ގާއިމުކުރުމާ ދެކޮޅު ކެމްޕެއިނެއް
ހުޅުމާލެ ސެންޓްރަލް ޕާކާއި ޖެޓީ ތަރައްގީކުރަން ފަށައިފި
ފެހެންދޫ ސްކޫލް ކުދިންގެ ފެރީ ވެސް އިންޑިއާގެ އެހީގައި
ރާއްޖެ-އިންޑިއާގެ އިތުބާރު އުފައްދަންޖެހޭ: ސަފީރު
ރާއްޖެ-އިންޑިއާގެ ގުޅުން ހީނަރުވިޔަ ނުދޭނަން: ސަފީރު
އިންޑިއާ ސަފީރު، ރައީސްއާ ބައްދަލު ކުރައްވައިފި
ހެލިކޮޕްޓަރު ޖެއްސީ އިމަޖެންސީ ހާލަތުގައި:ހައި ކޮމިިޝަން
އިންޑިއާއިން ފިޔާ އެތެރެ ކުރަނީ ވަކި އެއްބަސްވުމަކުން