16 އޯގަސްޓް 2018
ކުރީގެ ރިޔާސީ އިންތިހާބުތަކުގައި އިލެކްޝަންސް ކޮމިޝަނަށް އެކި ގޮތްގޮތުން އެހީވި ނަމަވެސް އަންނަ މަހު ބާއްވާ އިންތިހާބުގެ އެއްވެސް ކަމެއްގައި އދ. އިން ބައިވެރިނުވާ ކަމަށް ބުނެފި އެވެ.
ކުރީގެ ރިޔާސީ އިންތިހާބުތަކުގައި އިލެކްޝަންސް ކޮމިޝަނަށް އެކި ގޮތްގޮތުން އެހީވި ނަމަވެސް އަންނަ މަހު ބާއްވާ އިންތިހާބުގެ އެއްވެސް ކަމެއްގައި އދ. އިން ބައިވެރިނުވާ ކަމަށް ބުނެފި އެވެ.
އދ. އިން ރާއްޖެއަށް ކަނޑައަޅާފައިވާ ރެސިޑެންޓް ކޯޑިނޭޓާގެ އޮފީހުގެ ފަރާތުން ވާހަކަ ދެއްކެވި އައިމިނަތު ހުދާ "މިހާރު" އަށް ވިދާޅުވީ އިންތިހާބު އޮބްޒާވް ކުރުމުގައި ނުވަތަ އެކި ގޮތްގޮތުން އިންތިހާބަށް އެހީ ފޯރުކޮށްދިނުން ފަދަ އެއްވެސް ކަމެއްގައި އދ. އިން މިފަހަރު ބައިވެރި ނުވާނެ ކަމަށެވެ.
"އދ. ގެ ސެކިއުރިޓީ ކައުންސިލުން ނިންމަން ޖެހޭ މިފަދަ ކަންކަމުގައި ބައިވެރިވާ ނަމަ. [ރިޔާސީ އިންތިހާބާ ގުޅޭ އެއްވެސް ކަމެއްގައި ބައިވެރިވާން] ސެކިއުރިޓީ ކައުންސިލުން ފާސްކޮށްފައެއް ނެތް،" ހުދާ ވިދާޅުވި އެވެ.
އަންނަ ސެޕްޓެމްބަރު، 23ގައި، ބާއްވާ ރިޔާސީ އިންތިހާބުގެ އެއްވެސް ކަމެއްގައި ބައިވެރިނުވާން އދ. އިން ނިންމި އިރު، އދ. ގެ ޕޮލިޓިކަލް އެފެއާސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިރޯސްލާވް ޖެންކާ ވަނީ މިދިޔަ ހަފްތާގައި ރާއްޖެ ވަޑައިގެން، ރައީސް އަބްދުﷲ ޔާމީންގެ އިތުރުން އިދިކޮޅު ފަރާތްތަކާ ވެސް ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު އދ. އިން ބުނެފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ރައީސް ޔާމީން އަދި އެމަނިކުފާނުގެ ކެބިނެޓް މެންބަރުންނާ އެކު "ހަރުދަނާ މަޝްވަރާތަކެއް" ކުރެއްވި ކަމަށެވެ.
In #Maldives, @UN_DPA Assistant Secretary-General Jenča had constructive conversation w/ President Abdulla Yameen Abdul Gayoom&cabinet members&exchanged views w/ Joint Opposition presidential candidate Ibrahim Solih&running mate Faisal Naseem on upcoming Presidential Elections. pic.twitter.com/MowrXwIJfg
— UN Political Affairs (@UN_DPA) August 10, 2018
ޖެންކާ އާއި ރައީސް ޔާމީންގެ ބައްދަލު ކުރެއްވުމަށް ފަހު ރައީސް އޮފީހުން ބުނެފައި ވަނީ "މިނިވަން އަދި އިންސާފުވެރި ރިޔާސީ އިންތިހާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އެހީތެރިވެދިނުމަށް ތައްޔާރަށް ކަމަށް" އދ. އިން ބުނެފައިވާ ކަމަށެވެ.
އދ. އިން ރާއްޖޭގައި ކުރާ މަސައްކަތްތަކުގެ މައުލޫމާތު ހުރި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ މީގެ އަހަރެއްހާ ދުވަސް ކުރިން އދ. ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމަންޓުން ރާއްޖޭއާ ބެހޭ އެސެސްމަންޓެއް ހަދާފައިވާ ކަމަށާއި އިންތިހާބުގައި ބައިވެރިނުވުމުގެ ވިސްނުން އައީ އެ ހިސާބުން ކަމަށެވެ. އެގޮތުން އދ. އިން އެއްބާރުލުން ދޭން ޖެހޭ ފަދަ "މާހައުލެއް ރާއްޖޭގައި ނެތް" ކަމަށް އެ އެސެސްމަންޓުން ދެއްކި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ އދ. އިން އިންތިހާބު މޮނީޓާ ކުރުން ފަދަ ކަންކަން ކުރުމުގެ ކުރިން އެ ޖަމިއްޔާއިން ހަދަން ޖެހޭ އެސެސްމަންޓެއް. މި އެސެސްމެންޓް ހެދުމަށް ފަހު އެ މީހުން ނިންމީ އދ. އިން އިންތިހާބަށް އެއްބާރުލުންދޭނެ ފަދަ މާހައުލެއް ރާއްޖޭގައި ނެތް ކަމަށް،" އޭނާ ބުންޏެވެ.
މީގެ ކުރިން 2013 ގައި ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި އދ. އިން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. އެގޮތުން ވޯޓުލާ މީހުން ހޭލުންތެރިކުރުމުގެ ގައުމީ މަޝްރޫއަކާއި ޓްރެއިނަރުން ޓްރެއިން ކުރުމުގެ ޕްރޮގްރާމަކާއި ޒުވާނުންނަށް ހާއްސަކޮށް ވެސް ޕްރޮގްރާމްތަކެއް، އިލެކްޝަންސް ކޮމިޝަނާ ގުޅިގެން ހިންގާފައިވެ އެވެ.
ނަތީޖާ ބަދަލުކުރަން އުޅުމަކީ މޮޔަ ވިސްނުމެއް: ގާސިމް
ދަތިކުރުމުގެ ފިޔަވަޅުން ސަލާމަތްވެވިދާނެ: މާރިޔާ
އދ. ގެ ނިންމުން: މިނިވަން އިންތިހާބަކަށް ނުވަނީތަ؟
އިންތިހާބު އިންސާފުވެރިވާނެކަމަށް އަދިވެސް ގަބޫލުނުކުރަން
"ޔާމީނަށް ފުރުސަތުދޭ ނަމަ ކުށްވެރިންނަށް ވެސް ލިބޭނެ"
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމައިފި
ޕީޕީއެމް ރޫޅި ހައްގު ގެއްލުނަސް ގޮތް ދޫކުރުމެއް ނެތް!
ޔާމީން އިންތިހާބުގައި ވާދަކުރައްވަން ފޯމު ހުށަހަޅައިފި
އިންތިހާބުގައި ގޯހެއް ހިނގި ކަމަކަށް ނެތް: ފުއާދު
ޔާމީންގެ ސަޕޯޓަރުން އދ. އޮފީސް ކައިރީ މުޒާހަރާކޮށްފި