Roadha Mihaaru
ޝިމާނޯ "މޯލްޑިވްސް އެޑިޝަން" މަސް ވަދު ތައާރަފްކޮށްފި

ސޮނީ ހާޑްވެއާ އިން ޝިމާނޯ ބްރޭންޑުގެ "މޯލްޑިވްސް އެޑިޝަން" މަސް ވަދު ތައާރަފް ކޮށްފި

14 އޯގަސްޓް 2018

މަސްވެރިކަމާ ބެހޭ ސާމާނު އުފެއްދުމަށް ދުނިޔެ އަށް މަޝްހޫރު ޖަޕާނުގެ ޝިމާނޯ ބްރޭންޑުގެ މަސް ވަދުގެ "މޯލްޑިވްސް އެޑިޝަން" ސޮނީ ހާޑްވެއާ އިން ރަސްމީކޮށް އިއްޔެ ތައާރަފު ކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މަސްވެރިކަމާ ބެހޭ ސާމާނު އުފެއްދުމަށް ދުނިޔެ އަށް މަޝްހޫރު ޖަޕާނުގެ ޝިމާނޯ ބްރޭންޑުގެ މަސް ވަދުގެ "މޯލްޑިވްސް އެޑިޝަން" ސޮނީ ހާޑްވެއާ އިން ރަސްމީކޮށް އިއްޔެ ތައާރަފު ކޮށްފި އެވެ.

މޯލްޑިވްސް އެޑިޝަން ސޮނީ ހާޑްވެއާގެ ބޮޑުތަކުރުފާނު މަގު ފިހާރައިގައި، މި އެޑިޝަން ތައާރަފް ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި މި އެޑިޝަންގެ އެކްސްކްލޫސިވް ރައިޓްސް ވެސް ގެންގުޅުއްވާ މޫސާ ކަލީމެވެ.

އަލަށް ތައާރަފް ކުރި މި އެޑިޝަންއާ ބެހޭ ގޮތުން މޫސަ ވިދާޅުވީ، އެއީ ޝިމާނޯ ކުންފުނިން ޑިޒައިނާ ސީރީޒެއް އުފެއްދި ފުރަތަމަ ފަހަރު ކަމަށެވެ އަދި ދޮށި އުކަން ބޭނުން ކުރާ އެންމެ މަގުބޫލު އެއް ބްރޭންޑްގެ މޯލްޑިވްސް އެޑިޝަން މަސްވަދު ރާއްޖެ އަށް ތައާރަފް ކުރުމަކީ ސޮނީ ހާޑްވެއާ އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ވަދުތައް ޑިޒައިން ކޮށްފައި ވަނީ ރާއްޖޭގައި އުޅޭ އެމުގެ ބާވަތްތައް އަސްލަކަށް ބަލައިގެން. އަދި މަސްވެރިކަމުގެ ދާއިރާ އިން މަޝްހޫރު ބައިނަލްއަގުވާމީ ކުންފުންޏަކާ ގުޅިގެން ރާއްޖެ ފަދަ ގައުމަކަށް ނިސްބަތްވާ ރޭންޖެއް އުފެއްދުމަކީ ރާއްޖެ އަށް ވެސް ލިބޭނެ ޝަރަފެއް،" މޫސަ ވިދާޅުވި އެވެ.

ޝިމާނޯ މޯލްޑިވްސް އެޑިޝަން ޑިޒައިންކޮށްފައި ވަނީ ސޮނީގެ މެނޭޖިން ޑިރެކްޓަރު މޫސާ ކަލީމު. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ޝިމާނޯ މޯލްޑިވްސް އެޑިޝަން ޑިޒައިންކޮށްފައި ވަނީ ސޮނީގެ މެނޭޖިން ޑިރެކްޓަރު މޫސާ ކަލީމު. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ސޮނީ ހާޑްވެއާ އިން ރާއްޖެ އަށް އަލަށް ތައާރަފްކުރި އެޑިޝަންގައި ހިމެނެނީ ހަތަރު ޑިޒައިންގެ މަސް ވަދެވެ. އެއީ، ޓްރިގާ ފިޝް (ރޮނޑު)، ރައުންޑް ސްކެޑް (ރިންމަސް)، ފްލައިން ފިޝް (ފުޅަނގި) އަދި ފުސިލިއާ (މުގުރާން) އެވެ.

ސޮނީން ބުނީ އެ ހަތަރު ޑިޒައިނަކީ ވެސް ޝިމާނޯގެ އެންމެ މަގުބޫލު ރޭންޖުގެ މަސްވަދު ކަމަށްވާ "އޯޝިއާ ޕެންސިލް" ގެ އެޑިޝަން ކަމަށެވެ. ޝިމާނޯ މޯލްޑިވްސް އެޑިޝަން ޑިޒައިންކޮށްފައި ވަނީ މޫސާ ކަލީމުގެ ހިޔާލަށް ބިނާކޮށް މުއާޓުންނެވެ.

އެ ކުންފުނިން ބުނީ މި އެޑިޝަނަކީ ކުރިއަރާފައިވާ ބޮޑެތި ގައުމުތައް ކަމަށްވާ ޖަޕާން، ސިންގަޕޫރު، ރަޝިއާ، އޮސްޓްރޭލިއާ، އަދި މެލޭޝިޔާގެ އިތުރުން އިންޑޮނޭޝިޔާ އާއި ޔޫރަޕްގެ ގައުމުތަކުގައި މިހާރު ވެސް ބޭނުން ކުރަމުން އަންނަ މަގުބޫލު ރޭންޖެއް ކަމަށެވެ.

ސޮނީ ހާޑްވެއާ އަކީ ހާޑްވެއާ، ކޮންސްޓްރަކްޝަން މެޓީރިއަލްސް، މަސްވެރިކަމާ ގުޅޭ ސާމާނު އަދި ގެދޮރު ޒިނަތްތެރިކުރުމަށް ބޭނުންކުރާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ރާއްޖޭގައި ވިއްކުމާއި ސާވިސް ދިނުމުގައި ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ ލީޑިންގް ކުންފުންޏެކެވެ.