13 އޯގަސްޓް 2018
އަންނަ މަހު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖެ ޑިމޮކްރަސީގެ މަގަށް ރުޖޫއަވެ، އަދުލު އިންސާފުގެ ދާއިރާގެ މިނިވަންކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
އަންނަ މަހު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖެ ޑިމޮކްރަސީގެ މަގަށް ރުޖޫއަވެ، އަދުލު އިންސާފުގެ ދާއިރާގެ މިނިވަންކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ޓައިމްސް އޮފް އިންޑިއާ އަށް އީމެއިލް މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި މޯދީ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައްސަލަތަކަކީ ބައިނަލް އަގުވާމީ މައިދާނުގައި ކަންބޮޑުވާ މައްސަލައަަކަށް ވެފައިވާ ކަމަށެވެ.
"އުންމީދަކީ އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ދައުލަތުގެ މުއައްސަސާތައް ގާނޫނާ އެއްގޮތަށް ހިންގައި ދެފުށް ފެންނަ މިނިވަން އަދި އިންސާފުވެރިކަމާ އެކު ޝަރުއީ ނިޒާމް ހިންގުމަށް ފުރުސަތުދޭނެ ކަމަށް،" މޯދީ ވިދާޅުވި އެވެ.
މިނިވަންކަމާ އެކު ރިޔާސީ އިންތިހާބު ބޭއްވޭނީ މި މާހައުލު ގާއިމުކޮށްގެން ކަމަށް މޯދީ ވިދާޅުވި އެވެ.
ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރަން އަމުރުކޮށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސިޔާސީ މަސްރަހުގައި ހިނގި ކަންތައްތަކާ މެދު އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި އެ އަމުރުގައިވާ ކަންތައްތައް ތަންފީޒުކުރަން އެ ގައުމުން ތަކުރާރުކޮށް ގޮވާލާފައިވެ އެވެ. އަދި އިންޑިއާއިން އެ ގޮތަށް ގޮވާލުމުން ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދި، ސިޔާސީ ގުޅުމަށް ބުރޫއަރާފައިވެ އެވެ.
މޯދީ އިންޑީއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މިހާތަނަށް ރާއްޖެއަށް ވަޑައެއް ނުގަންނަވަ އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ގޯސްވެފައި ވާއިރު އިންޑިއާގެ ވާދަވެރި ޗައިނާއާ ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ.
މައުމޫންގެ ފަރާތްޕުޅުން ދުންޔާ އިންޑިއާ އަށް
އިންޑިއާގެ ލާބަ އާއި މަންފާއަށް އެއްބާރުލުން ދޭނަން
ރައީސް ޔާމީންގެ ދައުވަތު މޯދީ ގަބޫލުފުޅު ކުރައްވައިފި
ރާއްޖެއަށް ދޭ އެހީތައް އިތުރު ކުރާނަން: މޯދީ
ރައީސް ޔާމީންގެ މަންދޫބެއް އިންޑިއާއަށް
ރާއްޖެއާ މެދު އިންޑިއާ ތަޖުރިބާކާރުންގެ ވިސްނުން ތަފާތު
ރާއްޖެއާ މެދު ކަންބޮޑުވެ އެމެރިކާ-އިންޑިއާ މަޝްވަރާއަށް
ވިޔަފާރި އާއި ޓޫރިޒަމް ޕްރޮމޯޝަނަށް ރައީސް މުމްބާއީއަށް
އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން މަޝްވަރާކޮށްފި
"އިންޑިއާގެ އިތުރު ޓޫރިސްޓުންނަށް މަރުހަބާ ކިޔަން"