Roadha Mihaaru
އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ރައީސަށް އެނގޭނެ

އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ރައީސް ޔާމީނަށް އެނގިލައްވާ: ހާމިދު

07 އޯގަސްޓް 2018

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން އަށް ކާމިޔާބު ނުކުރެވޭނެ ކަމަށާއި، އެކަން އެ މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ހާމިދު އަބްދުލްގަފޫރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަރާ އަހުމަދު ފަރާ އަހުމަދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން އަށް ކާމިޔާބު ނުކުރެވޭނެ ކަމަށާއި، އެކަން އެ މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ހާމިދު އަބްދުލްގަފޫރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ހާމިދު މިހެން ވިދާޅުވީ، ގައުމުގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފޭސްބުކްގައި ލިޔުއްވާފައިވާތީ، އެކަމަށް ރައްދު ދެއްވައި ސައުދީ އަރަބިއްޔާގެ "އަރަބް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ހާމިދު ވިދާޅުވީ، ރައީސް ޔާމީން މިހާރު އުޅުއްވަނީ ގޮތް ހުސްވެގެން ކަމަށާއި، "މިފަދަ ބަހަނާ ދައްކަވަނީ އިންތިހާބު ލަސް ކުރަން ނުވަތަ ބާތިލު ކުރަން" ކަމަށެވެ.

ޑިފެންސް މިނިސްޓަރުގެ ފޭސްބުކުގައި ހޮނިހިރު ދުވަހު ވިދާޅުވެފައި ވަނީ، ސިފައިންނާއި ފުލުހުން ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިއްޖެ ނަމަ، ވަގުތުން އެ ފަރާތްތަކަށް އެންގުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

އޭނާގެ އަމިއްލަ ފޭސްބުކްގައި ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ވާހަކަ ލިޔުއްވައިފައި ވާތީ، އިދިކޮޅު މެންބަރުން ވަނީ މަޖުލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް އޭނާ ހާޒިރު ކުރުމަށް އެދިފަ އެވެ. އެ ކޮމެޓީގެ މުގައްރިރް ކެނދިކޮޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފަށް އިދިކޮޅު ހަތަރު މެންބަރަކު ސޮއިކުރައްވައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކު ފޭސްބުކް ޕޭޖުގައި ލިޔުއްވުމަކީ ވަރަށް ޒިންމާދާރު ކަން ކުޑަ އަމަލެއް ކަމަށެވެ.

އަމާންކަން ނަގާލަން ބަޔަކު ރާވަމުން ދާ ކަމަށް ދިފާއީ ވަޒީރު ވިދާޅުވި އިރު، އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ފޯރިގަދަވެ، ވެރިކަން ކުރާ ޕާޓީ ޕީޕީއެމާއި އިދިކޮޅު ކޯލިޝަނާ ދެމެދު ބަހުގެ ހޫނު ހަމަލާތައް ވަނީ އިތުރުވެފަ އެވެ.