Roadha Mihaaru
ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ހުއްދަ ނަގަންޖެހޭ

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހުއްދަ ހޯދަން އަންގައިފި

06 އޯގަސްޓް 2018

މިއަހަރުގެ އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަން ބޭނުންވާ ރަށްރަށުން އެކަމުގެ ހުއްދަ ހޯދުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

ނަސްވާ ހަސަން ނަސްވާ ހަސަން

މިއަހަރުގެ އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަން ބޭނުންވާ ރަށްރަށުން އެކަމުގެ ހުއްދަ ހޯދުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާއެއްގައި އަންގާފައި ވަނީ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް، ރަށްރަށުގެ ކައުންސިލްތަކުން ނުވަތަ ޖަމިއްޔާތަކުން މިނިސްޓްރީއަށް ހުށަހަޅައި ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި އެ ނޫން ގޮތަކަށް ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރުމަށެވެ.

މީގެ އިތުރުން، އީދު ނަމާދު އިމާމްވެ ކުރައްވާ ބޭފުޅުންގެ މައުލޫމާތު މިނިސްޓްރީ އަށް ފޮނުވައި އެކަމުގެ ހުއްދަ ހޯދުމަށް ވެސް ސާކިއުލާގައި އަންގާފައިވެ އެވެ

މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުުގައި ބޮޑު ޖައާއަތްތަކުގައި އީދު ނަމާދުކުރުމަކީ މިހާރު އާންމު ކަމެކެވެ. އޭރު އިސްލާމިކް މިނިސްޓްރީގެ ހުއްދަ މިކަމަށް ހޯދާކަށް ނުޖެހެ އެވެ.