Roadha Mihaaru
އެސްޓީއޯއަށް 47 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

އެސްޓީއޯއަށް މިދިޔަ ކުއާޓަރުގައި 47 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

30 ޖުލައި 2018

އެސްޓީއޯއަށް މިދިޔަ ކުއާޓަރުގައި 47 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެސްޓީއޯއަށް މިދިޔަ ކުއާޓަރުގައި 47 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.

ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން މިއަދު އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.

މިދިޔަ ކުއާޓަރުގައި ވިޔަފާރިކުރުމަށް އެ ކުންފުނިން 1.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި އެ ވިޔަފާރިން ޖުމްލަ ފައިދާގެ ގޮތުގައި 295.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި ހިނގި ހަރަދުތައް ކެނޑުމުން ހިންގުމުގެ ފައިދާގެ ގޮތުގައި 93.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 55.2 މިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވެ އެވެ.

އެ ކުންފުނިން މިދިޔަ ކުއާޓަރުގައި ކުރި ވިޔަފާރީގެ ފައިދާ އިން ޓެކްސްއަށް 7.9 މިލިއަން ރުފިޔާ ކެނޑުމުން، 47.2 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.