Roadha Mihaaru
ޝާހްރުކް ހާން ހަދާ ވެބް ސީރީޒަށް އިމްރާން ހާޝިމީ

ޝާހްރުކް ހާނާއި ނެޓްފްލިކްސްގެ ވެބް ސީރީޒްގެ ބަތަލަކަށް އިމްރާން ހާޝިމީ ހަމަޖައްސައިފި

28 ޖުލައި 2018

"ދަ ބާޑް އޮފް ބްލަޑް" ގެ ނަމުގައި ވެބް ސީރީޒެއް ގެނެސް ދޭން ޝާހްރުކް ހާނާއި ނެޓްފްލިކްސް އަތުގުޅާލައި އެކަން ރަސްމީކޮށް އިއުލާން ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މިހާރު މިއޮތީ އެ މަސައްކަތާ ބެހޭ އެންމެ ފަހުގެ ވާހަކަތަކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ދަ ބާޑް އޮފް ބްލަޑް" ގެ ނަމުގައި ވެބް ސީރީޒެއް ގެނެސް ދޭން ޝާހްރުކް ހާނާއި ނެޓްފްލިކްސް އަތުގުޅާލައި އެކަން ރަސްމީކޮށް އިއުލާން ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މިހާރު މިއޮތީ އެ މަސައްކަތާ ބެހޭ އެންމެ ފަހުގެ ވާހަކަތަކެވެ.

ނެޓްފްލިކްސް އިން ބުނި ގޮތުގައި "ބާޑް އޮފް ބްލަޑް" ގައި ބަތަލުގެ ރޯލް ކުޅޭނީ "މާޑާ" އާއި "ރާޒް" ފަދަ ފްރެންޗައިޒްތަކުން ވިދާލި އެކްޓަރު އިމްރާން ހާޝިމީ އެވެ. އޭނާ މިހާރު އަންނަނީ ސޯމިކް ސެން ޑައިރެކްޓް ކުރާ "ޗީޓް އިންޑިއާ" ގެ މަސައްކަތް ކުރަމުންނެވެ.

"ބާޑް އޮފް ބްލަޑް" އަކީ ނެޓްފްލިކްސް އާއި ޝާހްރުކްގެ ފިލްމް ކުންފުނި ރެޑް ޗިލީޒް ގުޅިގެން ގެނެސްދޭ ވެބް ސީޒީރެކެވެ.

އަށް އެޕިސޯޑް އެކުލެވޭ ގޮތަށް ހަދާ "ބާޑް އޮފް ބްލަޑް" އަކީ އިންޑިއާގެ ޒުވާން ލިޔުންތެރިޔާ ބިލާލް ސިއްދީގީގެ ހަމަ އެ ނަމުގައި ލިޔުނު ވާހަކަ 2015 ގެ "ބާޑް އޮފް ބްލަޑް" އަށް ބިނާކޮށް ހަދާ އެއްޗެކެވެ.

ކަބީރް އާނަންދު ކިޔާ ޖާސޫސެއްގެ ވަށައިގެން ހިނގާ ސިޔާސީ ކަންތައްތަކެއްގެ ވާހަކަ ކިޔައިދޭ މި ވެބް ސީރީޒްގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ އެވެ. އަދި ބެލުންތެރިންނާ ހަމައަށް ނެޓްފްލިކްސް އިން "ބާޑް އޮފް ބްލަޑް" ހިންދީ، އުރުދޫ އާއި އިނގިރޭސި ބަހުރުވައިގެ އިތުރުން ވެސް އެހެން ބަސްތަކުން ގެނެސް ދޭނެ އެވެ.

ނެޓްފްލިކްސްގެ ޓްވީޓެއް.

މި މަސައްކަތާ ބެހޭ ގޮތުން ރެޑް ޗިލީޒްގެ ސީއީއޯ ވެންކީ މައިސޯރް ބުނީ "ބާޑް އޮފް ބްލަޑް" ބެލުންތެރިންނަށް ގެނެސް މިހާރު ކެތްތެރިކަން ކުޑަވެފައިވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި މިއީ އިންޑިއާގެ ވަރުގަދަ ކޮންޓެންޓެއް ގެނެސް ދޭނެ އެއްޗެކެވެ.

ނެޓްފްލިކްސް އިން މިދިޔަ މަހު ސްޓްރީމް ކުރަން ފެށި ސައިފް އަލީ ހާންގެ "ސެކްރެޑް ގޭމްސް" އަށް ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. މި ވެބް ސީރީޒްގެ ދެވަނަ ސީޒަނެއްގެ ގެނެސް ދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

Netflix aai Shah Rukh Khan silsilaaeh hadhanee

Netflix aai Shah Rukh Khan silsilaaeh hadhanee

The most trusted news source in the Maldives

Mihaaru

ޝާހްރުކާއި ނެޓްފްލިކްސް އެއްބަސްވުމެއް ހެދީ މިދިޔަ އަހަރު.

"ސެކްރެޑް ގޭމްސް" އަކީ ނެޓްފްލިކްސް އާއި ޑައިރެކްޓަރު/ޕްރޮޑިއުސަރު އަނޫރާގް ކެޝަޕްގެ ޕެންޓަމް ފިލްމްސް ގުޅިގެން ގެނެސްދޭ އެއްޗެކެވެ