25 ޖުލައި 2018
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ހަރަކާތްތައް، ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އަނބިކަނބަލުން މިރޭ ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ބައްދަލުވުމާ އެކު ފެށިގެންދާނެ އެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ހަރަކާތްތައް، ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އަނބިކަނބަލުން މިރޭ ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ބައްދަލުވުމާ އެކު ފެށިގެންދާނެ އެވެ.
މިއީ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ފުރަތަމަ ހަފްލާ އެވެ. މީގެ އިތުރުން މިނިވަން ދުވަސް ފާހަގަ ކުރުމަށްޓަކައި މާދަމާ ރެ އާއި ހުކުރު އަދި ހޮނިހިރު ދުވަހު ވެސް އެކި ކަންތައްތައް ހޯމް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ތޮލާލް ވިދާޅުވި އެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބާއާ ގުޅިގެން ހާއްސަ ރަސްމިއްޔާތެއް މާދަމާ ރޭ ޖުމްހޫރީ މައިދާނުގައި ބާއްވާނެ ކަމަށް ތޮލާލް ވިދާޅުވި އެވެ. މި ރަސްމިއްޔާތަށް ތައްޔާރުވުމަށްޓަކައި ޖުމްހޫރީ މައިދާން ރީތި ކުރުމުގެ މަަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
މީގެ އިތުރުން މާލޭގެ ސްކޫލުުތަކުގެ ދަރިވަރުން ގެނެސްދޭ މިޔުޒިކީ ހުށަހެޅުންތައް ހުކުރު ދުވަހުގެ ރޭގަނޑު ގަލޮޅު ދަނޑުގައި އޮންނާނެ އެވެ.
ތޮލާލް ވިދާޅުވިގޮތުގައި ހޮނިހިރު ދުވަހުގެ ހަވީރު މާލެގެ އެކި ސަރަހައްދުން ސިފައިންނާ އެކު ސްކޫލްތަކުގެ ކެޑޭޓް ދަރިވަރުން ބޭން ޖަހާނެއެވެ.
މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި
މިނިވަން ދުވަހުގެ ރަސްމީ ކުޅިވަރުތައް ބާއްވައިފި
މިނިވަން ދުވަހުގެ ޕެރޭޑް މިއަދު ހަވީރު
މިނިވަން ދުވަހުގެ ޕެރޭޑު ފަސްކޮށްފި
މިނިވަން ދުވަހު ކުރެވެނީ ހިތްދަތި އިހްސާސް: ޕީޕީއެމް
މި އަހަރުގެ މިނިވަން ދުވަހު ފުޅަނދުބުރު ބާއްވަނީ
ޔޫކްރޭނަށް އަރަންޖެހުނީ، ނޭޓޯ ފުޅާކުރަމުންދާތީ: ޕުޓިން
ރަޝިޔާގެ ނަސްރުގެ ދުވަހު ވެސް ޒެޑް އަކުރު
އުތުރު ކޮރެއާގެ ނިއުކްލިއާ ގާބިލްކަން އިތުރުކުރަނީ
މިއީ އަސްކަރީ ތަނަކަށް ވާން ބޭނުމެއް ނޫން: ޔާމީން