24 ޖުލައި 2018
އަޑު ނީވޭ އަދި ވާހަކަ ނުދެއްކޭ މީހުންނަށް ހާއްސަކޮށްގެން ސްޓާބަކްސް އިން މެލޭޝިިއާގައި އައުޓްލެޓެއް ހުޅުވުމަށް ފަހު އެމެރިކާގައި ވެސް އެފަދަ އައުޓްލެޓެއް ހުޅުވަން ނިންމައިފި އެވެ.
އަޑު ނީވޭ އަދި ވާހަކަ ނުދެއްކޭ މީހުންނަށް ހާއްސަކޮށްގެން ސްޓާބަކްސް އިން މެލޭޝިިއާގައި އައުޓްލެޓެއް ހުޅުވުމަށް ފަހު އެމެރިކާގައި ވެސް އެފަދަ އައުޓްލެޓެއް ހުޅުވަން ނިންމައިފި އެވެ.
އޮކްޓޯބަރު މަހު ވޮޝިންޓަންގައި ހުޅުވަން ނިންމާފައިވާ އައުޓްލެޓަށް ދީފައިވާ ނަމަކީ "ސައިނިން ސްޓޯރް" އެވެ. ކުއާލާ ލަމްޕޫރްގައި ސްޓާބަކްސްގެ ސައިނިން ސްޓޯރް ހުޅުވީ 2016 ގަ އެވެ.
ވޮޝިންޓަންގައި ހުޅުވާ ސައިނިން ސްޓޯރް ހުންނާނީ ގެލޯޑެޓް ޔުނިވަސިޓީ ކައިރީގަ އެވެ. އެ ޔުނިވަސިޓީއަކީ ވާހަކަ ދެއްކުމުންނާއި އަޑު އިވުމުން މަހުރޫމުވެފައިވާ ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަ ތަނެކެވެ.
"ސައިނިން ސްޓޯރް" ގެ އެންމެ ހާއްސަ ކަމަކަށް ވާނީ ހިދުމަތް ދޭން ތިބޭނީ އެމެރިކަން ސައިން ލެންގްއޭޖް ޓްރޭނިން ދީފައި ތިބޭ މުވައްޒަފުންނަށްވުމެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަ ވާނެހެން މުވައްޒަފުން ތިބޭނީ ތަފާތު ސައިންތައް ދައްކުވައިދޭ އެޕްރޯން ވެސް އަޅައިގެންނެވެ.
އެތަނުގައި މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް ކުރިމަތިލާން ހުޅުވާލައިފައިވާ އިރު ގާތްގަނޑަކަށް 20-25 ދޭތެރޭ އަދަދަކަށް މުވައްޒަފުން ނަގަން ސްޓާބަކްސް އިން ވަނީ ނިންމައިފަ އެވެ.
މިކަމާ ބެހޭ ގޮތުން ސްޓާބަކްސްގެ ޔޫއެސް ރިޓެއިލްގެ އެކްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ރޮޒާން ވިލިއަމްސް ވިދާޅުވި ގޮތުގައި މިއީ އާންމުންގެ މެދުގައި މަގުބޫލް ސްޓާބަކްސް އިން އަޅާ ތާރީހީ ފިޔަވަޅެކެވެ. އަދި މިކަމުން ރަމްޒުކޮށް ދެނީ ހިދުމަތެއް ހޯދުމުގައި އެއްވެސް ބަޔަކު ތަފާތު ނުކުރުން ކަމަށް ވިދާޅުވި އެވެ.
މެލޭޝިއާގައިު ހުންނަ ސްޓާބަކްސްގެ ސައިނިން ސްޓޯރްގެ މުވައްޒަފުންތަކެއް.
"މިއީ ނުކުޅުދުންތެރި ކަމެއް ހުއްޓަސް މުޖުތަމައުގައި ހަމަހަމަ ފުރުސަތުތަކެއް އޮތްކަން ސާބިތުކޮށް ދޭނެ ކަމެއް،" ވިލިއަމްސް ވިދާޅުވި އެވެ.
ސްްޓާބަކްސް އިން އަޅަމުން އަންނަ މި ފިޔަވަޅަށް ނެޝަނަލް އެސޯސިއޭޝަން އޮފް ދަ ޑެފް (އެންއޭޑީ) އިން ވަނީ ވަރަށް ބޮޑަށް މަރުހަބާ ވެސް ކިޔައިފަ އެވެ.
"ސްޓާބަކްސް އިން ހުރިހާ ފަންތިއެއްގެ ކަސްޓަމަރުންނަށް ހިދުމަތްތައް ފޯރުކޮށް ދޭން ތައާރަފު ކުރަމުން އަންނަ އާ ހިޔާލުތަކަށް އަހަރެމެން ވަރަށް ބޮޑަށް މަރުހަބާ ކިޔަން،" އެންއޭޑީގެ ސީއީއޯ ހަވަޑް އޭ ރޮޒެންބްލަމް ވިދާޅުވި އެވެ. "އަދި މި ބަދަލުތަކަށް ޝުކުރު ވެސް އަދާ ކުރަން."
ސްޓާބަކްސްއަކީ ކޮފީ ބްރޭންޑެއްގެ ގޮތުގައި ދުނިޔޭގައި އެންމެ މަޝްހޫރު އެއް ނަމެވެ. އަދި ކުންފުނީގެ ހިދުމަތް ދުނިޔޭގެ 75 ގައުމެއްގައި ދެ އެވެ.
ސްޓާބަކްސްގެ "ސައިލެންޓް ކެފޭ" ޗައިނާގައި
ކުއާލަ ލަމްޕޫރު އެއާޕޯޓްގައި ބަޑިޖެހުމުގެ ހާދިސާއެއް
ސްޓާބަކްސް ޗައިނާގައި ހޫނުފެނަށް
ގަޔަށް ކޮފީ އެޅި ފިހުމުން ސްޓާބަކްސް އަށް ދައުވާކޮށްފި
ކޮފީ ޝްރަބުން "ސައިލެންޓް ކޮފީ"
ރާއްްޖޭން މެލޭޭޝިއާއަށް ދިޔަ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވް
ކޮފީ ތަށީގައި "އައިސިސް" ޖެހި މައްސަލައެއް ހޫނުވެއްޖެ
މާސްކް ނާޅާތީ ހިދުމަތް ނުދިނުމުން 20،000 ޑޮލަރު
ސިއްހީ އެހީތެރިންނަށް ސްޓާބަކްސް އިން ހިލޭ ކޮފީ
ސްޓާބަކްސް އަށް 35،000 އަކަފޫޓްގެ އައުޓްލެޓެއް