17 ޖުލައި 2018
އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރަނިން މޭޓުގެ ގޮތުގައި ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު، ފައިސަލް ނަސީމް ބަލައިގަތުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރަނިން މޭޓުގެ ގޮތުގައި ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު، ފައިސަލް ނަސީމް ބަލައިގަތުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އިދިކޮޅު ޕާޓީތަކުން އިންތިޚާބުގައި އެކުގައި ވާދަކުރާއިރު ރިޔާސީ ކެންޑިޑޭޓަކު އެމްޑީޕީން ކަނޑައަޅައި ރަނިން މޭޓަކު ހޮވުމުގެ އިޚްތިޔާރު ދިނީ ޖުމްހޫރީ ޕާޓީއަށެވެ. އެ ޕާޓީގެ ކައުންސިލްގައި ނެގި ވޯޓުގައި އެންމެ ވޯޓެއްގެ ތަފާތުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންގެ މައްޗަށް ކުރި ހޯއްދަވައި ރަނިން މޭޓުކަން ކާމިޔާބު ކުރެއްވީ ފައިސަލް އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިއަދުގެ ބައްދަލުވުން ކުރިއަށް ދަނީ. --ފޮޓޯ/އެމްޑީޕީ
އެމްޑީޕީން މިއަދު ބޭއްވި ގައުމީ މަޖިލީހުގައި ވަނީ، ޖުމްހޫރީ ޕާޓީން ކަނޑައެޅި ގޮތަށް ރަނިން މޭޓުގެ ގޮތުގައި ފައިސަލް ބަލައިގަތުމަށް ގަރާރެއް ހުށަހަޅައިފަ އެވެ. އިބޫ ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި، ގަރާރު ފާސްވީ، ގައުމީ މަޖިލީހުގައި ބައިވެރިވި މެމްބަރުންގެ ސާފު އަޣުލަބިއްޔަތުންނެވެ.
އިބޫ އާއި ފައިސަލްއާ އެކު އިދިކޮޅު ޕާޓީތަކުން މިހާރު ވަނީ އިންތިޚާބަށް ކެމްޕޭން ވެސް ފަށައިފަ އެވެ. މި ހަފުތާގައި އައްޑު އާއި ފުވައްމުލަކުގައި ދޮރުން ދޮރަށް ކެމްޕޭން ހިންގެވުމަށް ފަހު ދެ ބޭފުޅުން މާލެ ވަޑައިގަތީ މިދިޔަ ހޯމަ ދުވަހެވެ.
ކެމްޕޭންގައި ރައްޔިތުންނަށް ވައުދުތަކެއް ވެވަޑައިގަންނަވަމުން ދެ ބޭފުޅުން ވިދާޅުވަނީ، އިންތިޚާބުގައި ރައީސް ޔާމީންގެ މައްޗަށް ކުރި ހޯއްދަވާނެ ކަމަށެވެ. އެއާއެކު، ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް އިޔާދަކޮށްދީ، ރާއްޖެ ޑިމޮކްރަސީގެ މަގަށް އަލުން ރުޖޫއަކޮށްދެއްވާނެ ކަަމަށް ވެސް އަންނަނީ ވިދާޅުވަމުންނެވެ.
އިބޫއާ އެކު ޖޭޕީން ރަނިންމޭޓަކަށް ނަގާނީ ކާކު؟
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި
ބޭނުންހާ ކަމެއް ނުކުރެވޭނެ، އެއީ ހީވާ ގޮތް: ފައިސަލް
ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
އިބޫ ހުވާ ކުރާނެ ދުވަހަކާ މެދު ހޫނު ބަހުސްތަކެއް!
އިބޫގެ ވެރިކަމުގައި މާޔޫސްވާކަށް ނުޖެހޭނެ: ގާސިމް
ޝައްކު ނުކުރައްވާ، ހުވާ ކުރައްވާނީ އިބޫ: ގާސިމް
އޯގާތެރި ސަރުކާރެއް ހޯދައިދޭން އިބޫ ވައުދުވެވަޑައިގެންފި
ފައިސަލްގެ ޗެލެންޖް ޕީޕީއެމަށް!