17 ޖުލައި 2018
އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި ތުރުކީގެ ޖެނެރަލް ޕްރޮސިކިއުޝަން އޮފީސް އޮފް ދަ ސުޕްރީމް ކޯޓް އޮފް އެޕީލް އިން މިއަދު ސޮއިކޮށްފި އެވެ.
އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި ތުރުކީގެ ޖެނެރަލް ޕްރޮސިކިއުޝަން އޮފީސް އޮފް ދަ ސުޕްރީމް ކޯޓް އޮފް އެޕީލް އިން މިއަދު ސޮއިކޮށްފި އެވެ.
ރަސްމީ ދަތުރެއްގައި ތުރުކީއަށް ވަޑައިގެން އުޅުއްވާ ޕީޖީ އާއިޝަތު ބިޝާމް ވަނީ ތުރުކީގެ އަންކާރާގައި ހުންނަ ޖެނެރަލް ޕްރޮސިކިއުޝަން އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ތުރުކީގެ ޕްރޮސިކިއުޓާ ޖެނެރަލް މެހްމަތު އަކާސާއާ ބައްދަލުކުރައްވައި އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ.
ޓެރަރިޒަމާއި ކޮރަޕްޝަންގެ ކުށްތަކާއި ބައިނަލްއަގުވާމީ ޖިނާއީ ކުށްތަކާއި އިންސާނީ ވަގުފާރިއާ ގުޅުން ހުރި ދާއިރާ އިން އެ އެއްބަސްވުމުގެ ދަށުން އެއްބާރުލުން ދޭނެ އެވެ. އޭގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިއާ އިކޮނޮމިކްސް ކްރައިމްސް އަދި ކޮމްޕިއުޓާ ކްރައިމްސްގެ ދާއިރާއިން ދެ ގައުމުން އެއްބާރުން ދޭން ވަނީ އެއްބަސްވެފަ އެވެ.
ޕީޖީ އޮފީހުން ބުނީ އެއްބާރުލުން ދިނުމުގެ އިތުރުން މައުލޫމާތު ބަދަލުކުރުމާއި ދެ ގައުމުގެ ޕްރޮސިކިއުޝަންގެ މުވައްޒަފުންނަށް ތަމްރީނު ދިނުން ހިމެނޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެ ގައުމުގެ ޖިނާއީ އަދުލުގެ ނިޒާމާއި ޕްރޮސިކިއުޝަން ސާވިސްގެ މެންޑޭޓާ ގުޅޭ ގޮތުން އެ ދެ ބޭފުޅުން މަޝްވަރާކުރައްވާފައި އެވެ.
ޕީޖީ ބިޝާމް ތުރުކީއަށް ކުރައްވާ މި ދަތުރުގައި އެ ގައުމުގެ ޖަސްޓިސް މިނިސްޓަރާ ވެސް ބައްދަލުކުރައްވާނެ އެވެ.
އިތުބާރު ހޯދައި އިންސާފު ކަށަވަރުކޮށްދޭނަން: ޝަމީމް
ބިޝާމް ވަކިކުރުމުގެ މަސައްކަތް އަލުން ފަށަން ނިންމައިފި
ތުހުމަތުކުރެވޭ ފަނޑިޔާރުންނަށް ފިޔަވަޅުއަޅަން ގޮވާލައިފި
އެސިސްޓެންޓް ޕީޖީއަކަށް ބޭފުޅަކު ހަމަޖައްސައިފި
އިތުބާރު ނެތަސް ބިޝާމް ވަކިކުރާކަށް ބޭނުމެއް ނުވޭ؟
ބިޝާމް ވަކިކުރަން އެމްޑީޕީގެ ޕީޖީއަށް ހުށަހަޅައިފި
ރަހީނުކުރި މައްސަލަ ބަލަން އެއްބަސްވީ ޝަކުވާއާ ހެދި!
ބިޝާމް ޖުޑީޝަރީ ކޮމެޓީއަށް ހާޒިރުކުރަނީ
ބިޝާމް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް
އިންސާފު ގާއިމުވާ ތަން ފެންނަން ޖެހޭ: ޕީޖީ ބިޝާމް