މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓުގެ ވިދުންގަދަވީ ސީޒަނުގެ ފަހު ތިން މުބާރާތުގަ އެވެ. އޭރު އެ ޓީމުން ތިން މުބާރާތް ކާމިޔާބުކުރިއިރު، ފޯވާޑް ލައިނުގައި ތިބީ އަލީ އަޝްފާގު (ދަގަނޑޭ) އާއި ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ އެވެ. މި ފަހަރު ސީޒަނުގެ ފަހު ތިން މުބާރާތަށް ނުކުންނައިރު، ދަގަނޑޭ އާއި ގަލާޑޯ ނެތެވެ. އެއާ އެކު ފޯވާޑް ލައިނުގެ އެންމެ ބޮޑު ޒިންމާ އެޅިގެންދިޔައީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ގެ ކޮނޑުގަ އެވެ. މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި ރަން ބޫޓު ހާސިލްކުރި ސެންޓޭ އަށް ކެޕްޓަންގެ ޒިންމާ ވެސް އެބައޮތެވެ.
14 ޖުލައި 2018
މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓުގެ ވިދުންގަދަވީ ސީޒަނުގެ ފަހު ތިން މުބާރާތުގަ އެވެ. އޭރު އެ ޓީމުން ތިން މުބާރާތް ކާމިޔާބުކުރިއިރު، ފޯވާޑް ލައިނުގައި ތިބީ އަލީ އަޝްފާގު (ދަގަނޑޭ) އާއި ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ އެވެ. މި ފަހަރު ސީޒަނުގެ ފަހު ތިން މުބާރާތަށް ނުކުންނައިރު، ދަގަނޑޭ އާއި ގަލާޑޯ ނެތެވެ. އެއާ އެކު ފޯވާޑް ލައިނުގެ އެންމެ ބޮޑު ޒިންމާ އެޅިގެންދިޔައީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ގެ ކޮނޑުގަ އެވެ. މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި ރަން ބޫޓު ހާސިލްކުރި ސެންޓޭ އަށް ކެޕްޓަންގެ ޒިންމާ ވެސް އެބައޮތެވެ.
ނިއު އިން ސީޒަނުގެ ފަހު ތިން މުބާރާތަށް ޓީމު ނުކުތްއިރު މުސާރަ މައްސަލައިގައި ކެޕްޓަން ދަގަނޑޭ ޓީމު ދޫކޮށްލުމުން ނިއު އިން ގެނައީ ރުވާންޑާ ގައުމީ ޓީމަށް ކުޅުނު ފޯވާޑް އަތުހިއޭ ކިޕްސަން އަދި ތުރުކުމެނިސްތާން ލީގުގެ މޮޅު ކުޅުންތެރިއާ އާމިރް ގުރްބާނީ އެވެ. ކިޕްސަން ކުޅުނު ތިން މެޗުން ދެ ގޯލު ޖަހާފައިވާއިރު، އާމިރް ގުރުބާނީ ކުޅުނު ހަމައެކަނި މެޗުން ޓީމު މޮޅުކޮށްދިން ލަނޑު ޖަހަން އެހީތެރިވެދިނީ އޭނާ އެވެ.
ނިއު އިން ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގައި ސެންޓޭގެ ފަރާތުން ޖުމްލަ ގޮތެއްގައި ފެނިގެންދިޔައީ ޓީމުގެ އެންމެ ކުރިއަށް ކުޅުމަށް ވުރެ ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނު ތަނެވެ. ކެޕްޓަނެއްގެ ރޯލުގައި ޓީމު ލީޑުކުރުމުގައި އުޅުނުތަނެވެ. އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް ނިއު ކުޅުނު މެޗުގައި މޮޅު ކުޅުންތެރިއަކަށް ސެންޓޭ ހޮވުމުގައި ވެސް އެންމެ ބޮޑަށް ބެލި ކަމަކީ އެއީ ކަމަށް ވުމުގެ ފުރުސަތު ބޮޑެވެ.
ލީގުގައި މިހާތަނަށް ނިއު އިން ކުޅުނު އެއްވެސް މެޗެއްގައި ސްޕެއިނުގެ މިޑްފީލްޑަރު ކަންޑޭލާ ނުކުޅެ އެވެ. އޭނާ ނެތުމުން ނިއުގެ މެދުތެރެ އެންމެ ވަރުގަދަކޮށް ނުފެނުނަސް ޓީމު ބޭނުންވާ ކަންތައް ހާސިލްކުރުމުގައި ސެންޓޭގެ އިތުރުން އެންމެ އިސް ދައުރެއް އަދާކުރީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި މުހައްމަދު އުމެއިރު އެވެ. އަދި އިމްރާން ނަޝީދު ވެސް ލިބުނު ފުރުސަތުތަކުގައި ރަނގަޅަށް ކުޅުނެވެ
މީގެ ކުރިން ވެސް ނިއުގެ ކެޕްޓަން ބޭންޑް އަޅައިގެން ސެންޓޭ ވަނީ ގިނަ މެޗުތަކެއް ކުޅެފަ އެވެ. ނިއު އިން ޕްރިމިއާ ލީގަށް ނުކުތުމުގެ ކުރިން ގިނަ މައްސަލަތެއް ދަނޑު ބޭރުން ދިމާވެގެން ދިއުމުން ދަނޑުމަތީގައި އެ ޓީމުގެ ކުޅުމަށް ވެސް ކޮންމެވެސް އަސަރުތަކެއް ކުރިތަން ފެނުނެވެ.
ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ވަނީ ދަގަނޑޭ ނެތްތަން އެ ޓީމުން ދައްކާނެ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ދަގަނޑޭ ނެތްތަނަށް މުޅި ޓީމު އެކަތިގަނޑަކަށްވެގެން މަސައްކަތް ކޮށްފިނަމަ ކާމިޔާބު ހޯދޭނެ ކަމަށާއި ސެންޓޭ އާއި ހަމްޕު ފަދަ ކުޅުންތެރިން ތަފާތު ދެއްކުން މުހިއްމުކަން އޭނާ ފާހަގަކުރި އެވެ. ލީގުގައި މިހާތަނަށް ސެންޓޭ ވަނީ 15 ގޯލު ޖަހައި ގިނަ ލަނޑުތަކެއް ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ވެސް ނިއުގައި ހުއްޓައި ސެންޓޭ ކެޕްޓަނަކަށް ނެގުމަކީ އޭނާ އަށް އޮތް ޒިންމާ ބޮޑުކަން ދައްކުވައިދޭ އެއް ކަމެވެ. ނިއު އިން ސީޒަނުގެ ކުރިއަށް އޮތް ތިން މުބާރާތުގެ ތަށްޓައް ވާދަކުރާއިރު އެ ޓީމު ލީޑުކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮންނާނީ ސެންޓޭ އަށެވެ. މިއީ އޭނާގެ ކެރިއަރުގައި ކުރިއަށްދާއިރު ކުރިމަތިވާނެ ޓެސްޓެކެވެ.
ލީގުގައި އެންމެ އަވަހަށް ނިއު ދެން ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހުގެރޭ ނުކުންނާނީ ށ. ފޯކައިދޫއާ ދެކޮޅަށެވެ.
ސެންޓޭ ދެ ކްލަބަކާ މަޝްވަރާކުރަނީ
ސެންޓޭ ނިއު އަށް 100 ލަނޑު ކާމިޔާބުކޮށްދީފި
ސެންޓޭގެ ހެޓްރިކާ އެކު ނިއު ޗެމްޕިއަންކަމާ ގާތަށް
އެވޯޑް ލިބުމުން ސެންޓޭ އަށް ލިބުނީ ބޮޑު ހިތްވަރެއް
ކޯޗުގެ ރޭވުމުގެ ތަފާތު ކުޅުންތެރިން ދައްކާނެ: ސެންޓޭ
އޮސްކާގެ ގޭމްޕްލޭނުގެ ތެރެއިން ސެންޓޭ އަލުން ފޯމަށް
އިތުރު ތިން އަހަރު ނިއު އަށް ކުޅެން ސެންޓޭ ސޮއިކޮށްފި
ނިއުއާ އެކު ކާމިޔާބީ ތަކުރާރު ކުރަން ބޭނުން: ސެންޓޭ
ނިއު އަކީ އަބަދުވެސް ހާއްސަ ކްލަބެއް: ސެންޓޭ
އިމްރާނާއި ސެންޓޭ އެނބުރި ނިއު ރޭޑިއަންޓަށް