11 ޖުލައި 2018
އެއާ އިންޑިއާއިން މާލެ- ބެންގަލޫރުގެ ސީދާ ދަތުރުތައް މެދުކަނޑާލުމުގެ އިތުރުން ޓްރިވެންޑްރަމަށް ކުރާ ދަތުރުތައް މަދުކޮށްފި އެވެ.
އެއާ އިންޑިއާއިން މާލެ- ބެންގަލޫރުގެ ސީދާ ދަތުރުތައް މެދުކަނޑާލުމުގެ އިތުރުން ޓްރިވެންޑްރަމަށް ކުރާ ދަތުރުތައް މަދުކޮށްފި އެވެ.
އެ އެއާލައިންގެ އެއާޕޯޓު މެނޭޖަރު ސުދިރު ބަޓް ވިދާޅުވީ ބެންގަލޫރަށް ކުރާ ސީދާ ދަތުރުތައް މާދަމާއިން ފެށިގެން މެދުކަނޑާލާނެ ކަމަށެވެ. އޭގެ އިތުރުން މިހާރު ކޮންމެ ދުވަހަކު މާލެ އާއި ޓްރިވެންޑްރަމްއާ ދެމެދު ކުރާ ދަތުރުތައް ހަފުތާއަކު ތިން ދުވަހަށް މަދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލަށް ހަމަޖެއްސި ގޮތުން، އިންޑިއާގެ ގައުމީ އެއާލައިނުން ޓްރިވެންޑްރަމާއި މާލެއާ ދެމެދު ދަތުރުކުރާނީ ހުކުރު، ހޯމަ އަދި ބުދަ ދުވަހު އެވެ.
ސުދިރު ވިދާޅުވީ އަންނަ ސެޕްޓެމްބަރު 30ގެ ނިޔަލަށް ބެންގަލޫރު ސެކްޓަރުގެ ދަތުރުތައް މެދުކަނޑާލީ އިންޑިއާ އިން ހައްޖަށް މީހުން އުފުލަން އިތުރު އެއާކްރާފްޓް ބޭނުންވާތީ ކަމަށެވެ. ޓްރިވެންޑްރަމްގެ ދަތުރުތައް ވެސް މަދުކޮށްލީ އެ ސަބަބާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ އަހަރުގެ ޖޫންގެ ނިޔަލަށް މާލެ- ބެންގަލޫރު ދަތުރުކުރީ. ނަމަވެސް މިފަހަރު އެއް މަސް އިތުރަށް ދަތުރުތައް ބޭއްވި. ދަތުރުތައް މެދުކަނޑާލުމުގައި އިތުރު އެހެން ސަބަބެއް ނެތް،" ސުދިރު ވިދާޅުވި އެވެ.
އެ އެއާލައިނުން މީގެ ކުރިން ވެސް ޓޫރިޒަމްގެ އޮފް ސީޒަނާ ދިމާކޮށް ބެންގަލޫރު ދަތުރުތައް މެދުކަނޑާލައި ޓްރިވެންޑްރަމަށް ކުރާ ދަތުރުތައް މަދުކުރެ އެވެ.
އެއާ އިންޑިއާގެ ބޯޓު ފުރުމުގެ ހުއްދަ އަދިވެސް ނުދޭ
އެއާ އިންޑިއާގެ ދަތުރުތައް އަލުން ފަށައިފި
އެއާ އިންޑިޔާގެ ރާއްޖޭގެ ދަަތުރުތައް މަދުކޮށްފި
އާ ރަންވޭއަށް ޖެއްސި ބޯޓުގެ ޕައިލެޓުން ސަސްޕެންޑްކޮށްފި
އެއާޕޯޓުން ކުނި އުފުލުން އަނެއްކާވެސް ވެމްކޯއަށް
ސީ-ޓު-އެއާ ހިދުމަތުން 1،000 ޓަނުގެ މުދާ ބޭރަށް
އަޒަރުބައިޖާން އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް
އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ފަށައިފި
އާ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ތައާރަފްކުރަނީ
އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް 25،000ރ.