03 ޖުލައި 2018
ރ. ފައިނުގައި ހަދާ ޑޮމެސްޓިކް އެއާޕޯޓާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކޮށް ކަމާ ބެހޭ ފަރާތްތަކަށް މިއަދު އެ ރަށުގެ ބަޔަކު ޕެޓިޝަނެއް ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.
ރ. ފައިނުގައި ހަދާ ޑޮމެސްޓިކް އެއާޕޯޓާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކޮށް ކަމާ ބެހޭ ފަރާތްތަކަށް މިއަދު އެ ރަށުގެ ބަޔަކު ޕެޓިޝަނެއް ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.
ގާތްގަނޑަކަށް 400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އެ ރަށުގެ 140 މީހެއްގެ ސޮޔާ އެކު ތައްޔާރުކުރި އެ ޕެޓިޝަން ވަނީ އެ މިނިސްޓްރީގެ އިތުރުން އައިލެންޑް އޭވިއޭޝަނާއި އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަދި ޔުނިވާސަލް އެންޓަޕްރައިޒަސް އަށް ހުށަހަޅަން ވެސް ވަނީ ނިންމައިފަ އެވެ.
މި ޕްރޮޖެކްޓް ހިންގަނީ ކުރިޔަށް އޮތް ތަނުގައި އެ ކުންފިން އެއާޕޯޓް މެދުވެރިކޮށް ދަތުރުކުރާނެ މީހުންގެ ޓިކެޓަށް ވާ ފައިސާ އެޑްވާންސްގެ ގޮތުގައި ޔުނިވާސަލް އާއި ސްރީ ލަންކާގެ ކުންފުންޏެއް ކަމަށް ވާ އެއިޓްކަން ސްޕެންސް އިން އައިލެންޑް އޭވިއޭޝަނަށް ދީގެންނެވެ. އެ އަތޮޅުގައި މި ދެ ކުންފުނީގެ ރިސޯޓްތައް ހިމެނެ އެވެ.
މި އެއާޕޯޓް ހަދާ ހިންގަން ހަވާލުކޮށްފައި ވަނީ އައިލެންޑް އޭވިއޭޝަންއާ އެވެ.
ޕެޓިޝަން ތައްޔާރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ވަހީދު ބުނީ އެއާޕޯޓު ޕްރޮޖެކްޓާ ގުޅޭ މައުލޫމާތު އެ ރަށުގެ ރައްޔިތުންނަށް ހިއްސާނުކުރާ ކަމަށެވެ. އެހެންވެ އެކަމާ ރަށުގެ ރައްޔިތުން ކަންބޮޑުވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ފައިނުގެ އާބާދީގެ ބޮޑު ބައެއް އާމްދަނީ ހޯދަނީ ދަނޑުވެރިކަން ކޮށްގެންނެވެ. ނަމަވެސް އެ ޕްރޮޖެކްޓާ އެކު ރަށުގެ ދަނޑުތަކާއި ހުސް ބިންތައް ގެއްލިގެން ދާނެ ކަމަށް އޭނާ ބުންޏެވެ.
ޕެޓިޝަން ހުށަހެޅުމަށް ފަހު، އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ވަހީދު ނޫސްވެރިންނާ މިއަދު ވާހަކަދައްކަނީ -މިހާރު ފޮޓޯ
"ރަށު ރައްޔިތުންނަކީ ދިރިއުޅުމަށްޓަކައި ދަނޑުވެރިކަން ކުރާ ބައެއް. މިހާރު އޮތް ކުރެހުމުގެ ގޮތުން ވިއްޔާ އެ ހުރިހާ ދަނޑުބިންތަކެއް ވެސް އެބަދޭ. ރަށަކީ ފުދޭވަރަކަށް ބޮޑު ވަލެއް އޮތް ރަށެއް. ކުރެހުމަށް ބަލަންޏާ މުޅި ވާ ނައްތާލެވިގެންދާނެ. އެތަނުގައި ހުރި ރައްޔިތުންގެ ރުއްގަހާއި އަދި ރައްޔިތުންނާ ގުޅުން ހުރި ތަންތަން، އެ ތަންތަނާ ގުޅުން ހުރި އެއްވެސް މީހަކާ ވެސް ނެތް މަޝްވަރާކޮށްފައެއް ނެތް،" ވަހީދު ބުންޏެވެ.
ސަރުކާރުން ނިންމާފައިވަނީ އެއާޕޯޓާ އެކު ސިޓީ ހޮޓަލާއި މެޑިކަލް ސެންޓަރަކާއި ބައެއް ކަހަލަ ސާޖަރީތަކުން ރިކަވާ މީހުންނަށް ހިދުމަތް ދޭ ފެސިލިޓީއަކާއި އައިލެންޑް އޭވިއޭޝަންގެ މަތިންދާބޯޓުތަކަށް ހާއްސަ ހޭންގަރަކާއި މުވައްޒަފުން ތަމްރީނުުކުރާނެ ތަނެއް ވެސް އެ ރަށުގައި ހެދުމަށެވެ. ހުސް ބިންތަކުގެ އިތުރުން ރަށުގެ ފަޅުން ހަތަރު ހެކްޓަރުގެ ސަރަހައްދެއް ހިއްކަން ވެސް ވަނީ ނިންމާފަ އެވެ.
ސަރުކާރުން ބުނާ ގޮތުގައި އަންނަ މަހުގެ ތެރޭގައި އެއާޕޯޓްގެ މަސައްކަތް ފަށާނެ އެވެ.
އަށް މިލިއަން ޑޮލަރު (123 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާ އެއާޕޯޓު މަޝްރޫއު ނިމުމުން އެ ރަށުގައި 80 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
ފައިނުގައި އެއާޕޯޓު ނާޅަން ސަރުކާރުން ނިންމައިފި
ފައިނު އެއާޕޯޓު އީއައިއޭ ބަލައިނުގަންނަން ނިންމައިފި
"ފައިނު އެއާޕޯޓް ހަދާނީ ކަންބޮޑުވުންތަކަށް ބަލައިފައި"
ރަށްގިރުމާ ބަނދަރުތައް ހުރި ގޮތާ ގުޅުމެއްވޭ: އަސްލަމް
ފައިނު އެއާޕޯޓް މަޝްރޫއަށް މިހާރު ޝަކުވާ ހުށަހެޅޭނެ
ފައިނުގައި އެއާޕޯޓް ހަދަން 5000 ގަސް ކަނޑަންޖެހޭ
ފައިނު އެއާޕޯޓުގެ މަސައްކަތް އަންނަ މަހު ފަށާނެ
ފައިނުގައި ހަދާ އެއާޕޯޓާ މެދު ވެސް ކަންބޮޑުވުންތަކެއް
ފައިނު އެއާޕޯޓް އަޅަން އައިލެންޑް އޭވިއޭޝަނަށް
އީއައިއޭއަށް އަމަލު ކުރުމުގެ އަމުރަކަށް އެދި ކޯޓަށް