20 ޖޫން 2018
މޮސްކޯ (ޖޫން 20) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އޮސްޓްރޭލިއާ އަތުން 2-1 އިން ފްރާންސް މޮޅުވި މެޗުގައި އެ ޓީމުގެ ޕައުލް ޕޮގްބާ ޖެހި ލަނޑު އޭނާ އަތުން ނަގައި އެއީ އޮސްޓްރޭލިއާގެ އާމިރް ބެހިޗް ބައިކޮޅަށް ޖެހި ގޯލެއް ކަމަށް ފީފާ އިން ނިންމައިފި އެވެ. އެކަމަކު ޕޮގްބާ ބުނީ ޝަކުވާއެއް ނެތް ކަމަށެވެ.
މޮސްކޯ (ޖޫން 20) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އޮސްޓްރޭލިއާ އަތުން 2-1 އިން ފްރާންސް މޮޅުވި މެޗުގައި އެ ޓީމުގެ ޕައުލް ޕޮގްބާ ޖެހި ލަނޑު އޭނާ އަތުން ނަގައި އެއީ އޮސްޓްރޭލިއާގެ އާމިރް ބެހިޗް ބައިކޮޅަށް ޖެހި ގޯލެއް ކަމަށް ފީފާ އިން ނިންމައިފި އެވެ. އެކަމަކު ޕޮގްބާ ބުނީ ޝަކުވާއެއް ނެތް ކަމަށެވެ.
އޮސްޓްރޭލިއާ އާއި ފްރާންސް ބައްދަލުކުރި މެޗު ނިމެން 10 މިނިޓަށް ވެފައިވަނިކޮށް އޭރިއާ ތެރެއިން ޕޮގްބާ ޖެހި ބޯޅަ ބެހިޗް ފައިގައި ޖެހިފައި ގޯލަށް ވަނީ ހުރަސް ދަނޑީގައި ޖެހިފަ އެވެ. އެ ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ގޯލް ރޮނގު ހުރަސްކުރުމަށް ފަހު އަލުން ނުކުތެވެ. އެއާ އެކު އެ ބޯޅަ އޮސްޓްރޭލިއާ ކީޕަރު މެޓް ރަޔާން ހިފި ނަމަވެސް ރެފްރީ ނިންމީ ބޯޅަ އެއްކޮށް ގޯލު ރޮނގު ހުރަސްކޮށްފައިވާ ކަމަށެވެ.
އެ ވަގުތު އެއީ ޕޮގްބާގެ ލަނޑެއް ކަމަށް ނިންމި ނަމަވެސް ފަހުން ފީފާގެ ކޮމިޓީން ރިވިއު ކުރުމަށް ފަހު ނިންމީ އެއީ ބެހިޗް ބައިކޮޅަށް ޖެހި ގޯލަކަށް ބަދަލުކުރާށެވެ. މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ވަނީ ފަސް ބައި ގޯލު ފެނިފަ އެވެ،
"ތެދެއް އަހަންނަށް ޑިފެންޑަރުގެ އެހީ ލިބުނު އެ ގޯލުގައި. ކަންފަތުން ގޯލު ޖެހިޔަސް ނޭފަތުން ޖެހިޔަސް. ފައިން ނޫން ކޮންމެ ތާކުން ޖެހިކަމަށް ވިޔަސް އެ ބޯޅަ ގޯލުގެ ތެރެއަށް ވަދެ ޓީމު މޮޅުވަންޏާ އަހަންނަށް ނިމުނީ،" ޕޮގްބާ އޭނާގެ ލަނޑާ ބެހޭގޮތުން ބުންޏެވެ.
ޕޮގްބާ ބުނީ އޭނާ އަކީ މި ވަގުތު ދުނިޔޭގައި އެންމެ ގިނައިން ފާޑުކިޔާ ކުޅުންތެރިއާ ކަމަށެވެ.
"އަހަންނަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިއާގެ ގޮތުގައި ކްލަބް ބަދަލުކުރި ކުޅުންތެރިއެއް. އޭގެ ފަހުން މުޅި ދުނިޔޭގައި މި ވަގުތު އެންމެ ގިނައިން ފާޑުކިޔުން އަމާޒުވަނީ އަހަންނަށް. ކުޑަ ގޯހެއް ހެދިޔަސް އެއީ އެންމެ ގިނަ މީހުން ޝައުގުވެރިވާ ވާހަކައަށް އޮންނަނީ ވެފައި،" ޕޮގްބާ އޭނާގެ ކަންބޮޑުވުންތައް ހިއްސާކުރި އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ޓީވީ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ކްލަބް ލެވެލްގައި ޕޮގްބާގެ ކޯޗު މެންޗެސްޓާ ޔުނައިޓެޑްގެ ހޯސޭ މޮރީނިއޯ ވަނީ އެ ލަނޑުގައި ޕޮގްބާ އާއި އެއްވަރަށް އޮލިވިއޭ ޖިރޫޑަށް ވެސް ކްރެޑިޓް ހައްގުވާ ކަމަށާއި ބައިކޮޅަށް ޖެހި ގޯލެއްގައި އެއް ކުޅުންތެރިއަކަށް ހުރިހާ ކްރެޑިޓެއް ނުދެވޭނެ ކަމަށް ބުނެފަ އެވެ.
ޕޮގްބާ އަށް ވޯލްޑް ކަޕް ނުކުޅެވޭނެކަން ޔަގީންވެއްޖެ
އޮޕަރޭޝަން ކުރަން ނުޖެހޭ، ޕޮގްބާ އަންނަ މަހު ކުޅެން ނުކުންނާނެ
ފްރާންސަކީ މިހާރު ދުނިޔޭގެ އެއްވަނައެއް ނޫން: ޕޮގޮބާ
ޔޫރޯ ޕްރެސްގައި ހުރި ބިޔަރުފުޅި ޕޮގްބާ ނަގައިފި
ގްރީޒްމަން އާއި ޕޮގްބާ އަށް އެހީވާނަން: ޑެޝޯމްޕްސް
ގައުމީ ޓީމަށް ކުޅުން ހުއްޓާލި ވާހަކަ ޕޮގްބާ ދޮގުކޮށްފި
ފިޓްނަސް ދަށްވުމުން މާޝިއަލް އާއި ޕޮގްބާ ބާކީކޮށްފި
ޕޮގްބާ ދެއްކި ވާހަކަތައް ޑެޝޯމްޕްސް އޮޅުންފިލުވައިދީފި
އަމާޒުވަނީ އިންސާފުވެރި ފާޑުކިޔުންތަކެއް ނޫން: ޕޮގްބާ
ޕޮގްބާ ހުރީ ހިތްހަމަޖެހިފައެއް ނޫން: ޑިޝޯމްޕް