05 ޖޫން 2018
ޕެރިސް (ޖޫން 5) - ސަޕޯޓަރުންގެ ފަރާތުން އޭނާ އަށް އަމާޒުވަނީ އިންސާފުވެރި ފާޑުކިޔުންތަކެއް ނޫން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ފްރާޏްސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.
ޕެރިސް (ޖޫން 5) - ސަޕޯޓަރުންގެ ފަރާތުން އޭނާ އަށް އަމާޒުވަނީ އިންސާފުވެރި ފާޑުކިޔުންތަކެއް ނޫން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ފްރާޏްސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ ބައެއް މެޗުތަކުގައި ޕޮގްބާ އަށް ފުރުސަތު ލިބުނީ ބެންޗުންނެވެ. އަދި ޕޮގްބާގެ ކުޅުން ދަށްވެފައިވާ ކަމަށް ބުނެ އޭނާ އަށް ޔުނައިޓެޑްގައި ވެސް ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ފްރާންސް މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް ޕޮގްބާ އަށް ނިސްބަތްކޮށް ފްރާންސް ސަޕޯޓަރުން ވަނީ ދަނޑުގައި އަޑުގަދަކޮށް ހިޔާލުފާޅުކޮށްފަ އެވެ.
ފްރާންސް ފުޓްބޯލް އަށް ދިން އިންޓަވިއުއެއްގައި ޕޮގްބާ ބުނީ އޭނާގެ އަމާޒަކީ ބެލޮންޑިއޯ ފަދަ އެވޯޑެއް ހޯދައި ފާހަގަކޮށްލެވޭ ހިސާބަކަށް ދިއުމަށް ކަމަށެވެ. އަދި މި ވަގުތު އެކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ އޭނާއާ އެހެން ކުޅުންތެރިންނާ އަޅާކިޔާއިރު ނުހައްގު ތަފާތުކުރުންތަކެއް ގެންގުޅުން ކަމަށެވެ.
"ވަރަށް ގިނަ މަސައްކަތް އަހަރެން ކުރަން ޖެހޭ ބެލޮންޑިއޯއަކާ ހަމައަށް ދާން. އަހަރެން އަދި ވެސް ވަރަށް މޮޅަށް ކުޅެން ޖެހޭ. އެއް ފެންވަރެއްގައި ހިފަހައްޓަން ޖެހޭ. އެކަމަކު އެބަހުރި އުނދަގޫތަކެއް ވެސް. އަހަންނަށް ފާޑުކިޔާއިރު އިންސާފެއް ނޯވޭ. މިސާލަކަށް ބަލަމާ ބާސެލޯނާގެ އިނިއެސްޓާ. އޭނާ އަކީ އެ ޓީމުގެ ލީޑަރު. އެކަމަކު އޭނައާ މެދު ވާހަކަ ދައްކާއިރު ޖަހާ ގޯލު މުހިއްމެއް ނޫން. އަހަރެން މިދިޔަ ސީޒަނުގައި ނުވަ ގޯލު ޖެހިއިރު، އިނިއެސްޓާ ޖެހީ ހަ ގޯލު،" ޕޮގްބާ ބުންޏެވެ.
އޭނާ ބުނީ ކުޅުންތެރިންނަށް ފާޑުކިޔަން ޖެހޭނީ އެ ކުޅުންތެރިއެއްގެ މަގާމުގައި ދައްކާ ކުޅުމަށް ބަލާފައި ކަމަށެވެ.
"ދެން ބަލަމާ އެންގޯލޯ ކާންޓޭ އަށް. އޭނައާ މެދު މީހުން ވާހަކަ ދައްކާއިރު އެސިސްޓްތަކެއް ނުގުނާ. އޭނަ އަކީ މީގެ ސީޒަނެއް ކުރިން ލީގުގައި އެންމެ މޮޅު ކުޅުންތެރިޔާ. އެކަމަކު ކާންޓޭ އަކީ އޭނާގެ ރޯލުގައި އެންމެ މޮޅަށް ކުޅޭ ކުޅުންތެރިޔާ. ހަމައެ ގޮތަށް ކޮންމެ ކުޅުންތެރިޔެއްގެ ރޯލަށް ބަލާފައި ފާޑުކިޔުން މުހިއްމީ. ކާކު މެސީއާ ބެހޭގޮތުން ވާހަކަ ދައްކަނީ އޭނާ މެޗު ތެރެއިން ބޯޅަ ހިފައިގެން ހިނގާފައި އުޅޭއިރު،" ޕޮގްބާ ބުންޏެވެ.
އުމުރުން 25 އަހަރުގެ ޕޮގްބާ ބުނީ އޭނާގެ ކެރިއަރު އަދި ނުނިމޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި ގިނަ އަދަދެއްގެ ތަށިތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.
ފްރާންސް ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އާއި އެ ޓީމުގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ވަނީ ޕޮގްބާ އަށް އެހީތެރިވާން ސަޕޯޓަރުންގެ ކިބައިން އެދިފަ އެވެ.
ޕޮގްބާ އަށް ވޯލްޑް ކަޕް ނުކުޅެވޭނެކަން ޔަގީންވެއްޖެ
އޮޕަރޭޝަން ކުރަން ނުޖެހޭ، ޕޮގްބާ އަންނަ މަހު ކުޅެން ނުކުންނާނެ
ފްރާންސަކީ މިހާރު ދުނިޔޭގެ އެއްވަނައެއް ނޫން: ޕޮގޮބާ
ޔޫރޯ ޕްރެސްގައި ހުރި ބިޔަރުފުޅި ޕޮގްބާ ނަގައިފި
ގްރީޒްމަން އާއި ޕޮގްބާ އަށް އެހީވާނަން: ޑެޝޯމްޕްސް
ގައުމީ ޓީމަށް ކުޅުން ހުއްޓާލި ވާހަކަ ޕޮގްބާ ދޮގުކޮށްފި
ފިޓްނަސް ދަށްވުމުން މާޝިއަލް އާއި ޕޮގްބާ ބާކީކޮށްފި
ޕޮގްބާ ދެއްކި ވާހަކަތައް ޑެޝޯމްޕްސް އޮޅުންފިލުވައިދީފި
ޕޮގްބާ ޖެހި ލަނޑު އޭނާގެ އަތުން އަތުލައިފި
ޕޮގްބާ ހުރީ ހިތްހަމަޖެހިފައެއް ނޫން: ޑިޝޯމްޕް