Roadha Mihaaru
ބިދޭސީ މީހާ އަށް ހަމަލަ ދިން މީހާ ހައްޔަރުކޮށްފި

ބިދޭސީމީހާ އަށް ހަމަލާ ދިނުމަށް ފަހު ފިލި މީހާ ހައްޔަރުކޮށްފި

18 ޖޫން 2018

މިދިޔަ ހުކުރު ދުވަހުގެ ރޭ އިންޑިއާ މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލި މީހާ ހައްޔަރުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިދިޔަ ހުކުރު ދުވަހުގެ ރޭ އިންޑިއާ މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލި މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ދެ ބިދޭސީއެއްގެ ދެމެދުގައި މާލޭގައި ހިންގި މާރާމާރީ އަށް ފަހު، ފުލުހުންނަށް ފިލައިގެން އުޅުނު އުމުރުން 25 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރު ކުރީ ވެސް އިންޑިއާ މީހެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އޭނާ ހަތް ދުވަސް ވަންދެން ބަންދުގައި ބަހައްޓަން ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޒަހަމްވި މީހާގެ ބުރަކައްޓަށާއި އަތަށް ތޫނު އެއްޗެއް ހަރާފައިވާ އިރު، އޭނާ އަށް އައިޖީއެމްއެޗްގައި ވަނީ ފަރުވާ ދީފަ އެވެ. އެކަމަކު، އޭނާގެ ހާލު ރަނގަޅެވެ.