18 ޖޫން 2018
ޖަޕާނުގެ އޮސާކާ ސިޓީ އަށް މިއަދު ހެނދުނު އައި ބާރު ގަަދަ ބިންހެލުމުގައި، އެ ސިޓީގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުލިބޭ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޖަޕާނުގެ އޮސާކާ ސިޓީ އަށް މިއަދު ހެނދުނު އައި ބާރު ގަަދަ ބިންހެލުމުގައި، އެ ސިޓީގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުލިބޭ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރިކްޓަ މިންގަނޑުން 6.1ގެ ބާރުމިނުގައި އައި އެ ބިން ހެލުމުގައި އެ ސިޓީ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އެގޮތުން ބިންހެލުމުގައި ބައެއް އިމާރާތްތަކުގައި އަލިފާން ރޯވެ ގިނަ އިމާރާތްތަކެއް ވަނީ ވެއްޓިފަ އެވެ. އަދި ބައެއް ހިސާބުތަކުން ފެނާއި ކަރަންޓުގެ ހިދުމަތް ކެނޑިފައިވާ އިރު ރޭލާއި، އާންމު ދަތުރުފަތުރުގެ ހިދުމަތް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އޮސާކާގައި އަށް ދިވެއްސަކު ދިރިއުޅެ އެވެ. އަދި ބިންހެލުން އައުމާ އެކު، އެ ހުރިހާ އެންމެންނާ ވެސް ވަކިވަކިން ގުޅައި ހާލު ބެލި ކަމަށާއި އެއްވެސް މީހަކަށް ގެއްލުން ނުލިބޭ ކަމަށް އެތަނުން ބުންޏެވެ.
ޖަޕާނުގެ އެކި ސަހަރުތަކުގައި 100 އަށް ވުރެ ގިނަ ދިވެހިން އުޅޭ އިރު އޭގެ ތެރޭގައި ގިނައީ ކިޔަވާ ކުދިންނެވެ.
ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުވެ ނުވަ އަހަރުގެ ކުޑަ ކުއްޖަކާއި 40 އަަހަރުގެ ދެ މީހުން ވަނީ މަރުވެފަ އެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 210 އަށް އަރައިފަ އެވެ.
ލިބިފައިވާ ގެއްލުންތަކަށް ބަލައި، މަރުވި މީހުންނާއި ޒަހަމުވީ މީހުންގެ އަދަދު އިތުރުވާނެކަމަށް ލަފާކުރެވިފައި ވާއިރު، ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރި އަށް ދާ ކަމަށް ޖަޕާނުގެ ފަޔާ އެންޑް ޑިޒާސްޓާ މެނޭޖްމެންޓް އޭޖެންސީން ބުނެ އެވެ.
އޭސީސީ ހަރުދަނާކުރުމަށް ޖަޕާނާ އެކު އެއްބަސްވުމެއް
ބޯޑަރުގައި ބޭނުންކުރަން ސިއްހީ ސާމާނު ހަދިޔާ ކޮށްފި
މާލޭ ބޭރުތޮށި މަރާމާތުކުރަން ޖަޕާނުން 140000ޑޮލަރު
ޖަޕާނުން ރާއްޖެ އަށް 15 މިލިއަން ރުފިޔާ ދީފި
ޖަޕާނުން ރާއްޖެއަށް އުޅަނދަކާއި ފައިސާ އެހީ
ޑީޓީޓީބީއަށް ޖަޕާނުން އިތުރު 3.5 މިލިއަން ޑޮލަރު
ޖަޕާނުން ރާއްޖެއަށް ސްކޮލަޝިޕްގެ އިތުރު ފުރުސަތު
ޖަޕާންގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި
ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ވަޑައިގަންނަވަނީ
ރާއްޖޭގެ ބޯޑަރު ސެކިއުރިޓީ ވަރުގަދަކުރަން ޖަޕާނުގެ އެހީ