15 ޖޫން 2018
ދިވެހިންނަށް ފިނި މޫސުމުގެ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދިނުމުގެ މަގުސަދުގައި ރަސްރަނި ޕާކްގައި ސަރުކާރުން ހެދި "ވިންޓަ ތީމް ޕާކް" މިރޭ ހުޅުވައިފި އެވެ.
ދިވެހިންނަށް ފިނި މޫސުމުގެ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދިނުމުގެ މަގުސަދުގައި ރަސްރަނި ޕާކްގައި ސަރުކާރުން ހެދި "ވިންޓަ ތީމް ޕާކް" މިރޭ ހުޅުވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހުޅުއްވާދެއްވި މި ޕާކްގައި ސްނޯ ވެހޭ ތަނަކާއި ސްލައިޑާއި އައިސް ސްކޭޓްކުރަން ހާއްސަ ބައެއް ވެސް ވަނީ ހަދައިފަ އެވެ. ޕާކް ރަސްމީކޮށް ހުޅުއްވާދެއްވި އިރު ތަން ވަނީ އާޓިފިޝަލް ސުނޯއިން ފުރާލައިފަ އެވެ.
ރާއްޖޭގެ ތާރީޚީ މިސްކިތެއް ކަމަށްވާ ކަޅުވަކަރު މިސްކިތް ނެގުމަށް ފަހު ސްވިޒަލޭންޑާއި ފްރާންސްގެ ތަޖުރިބާކާރުންގެ އެހީގައި ހެދި މި ތީމް ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެ، ބައެއް ކުޅިވަރުތައް ތަޖުރިބާކުރި ނަމަވެސް އާންމުންނަށް ހުޅުވާލާނީ އަންނަ ބުދަދުވަހު އެވެ.
މިރޭ ހުޅުވި ވިންޓާ ޕާކްގައި ކުޑަކުދިންތަކެއް ސްނޯއާ ކުޅެނީ -- ފޮޓޯ: ރައީސް އޮފީސް
މިހާރު ހަމަޖައްސާފައިވާ ގޮތުން ވިންޓަ ތީމް ޕާކަށް ވަދެވޭނީ ޓިކެޓް ނަގައިގެންނެވެ. އެކަމަކު އަގެއް އަދި ހާމައެއް ނުކުރެ އެވެ.
ސްނޯގެ ކުޅިވަރުތައް ދަސްކޮށްދޭން ފްރާންސްގެ އައިސްހޮކީ ޗެމްޕިއަނެއްގެ އެހީތެރިކަން ކުރިއަށް އޮތް ތިން މަހު ލިބޭނެ އެވެ.
އާންމުންނަށް ހުޅުވާލުމުން ޕާކަށް ވަންނަން ކިޔޫ ނަމްބަރެއް ނަގަން ޖެހެ އެވެ. ކިޔޫބީ އެޕްލިކޭޝަނުން ވެސް ނަމްބަރު ނެގެ އެވެ.
ވިންޓަ ތީމް ޕާކް ހުޅުވުމުގެ އެ ހަފްލާގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރަހައްދީ ފެންވަރެއްގައި ވެސް ފާހަގަކޮށްލެވޭ ތަނެއްގެ ގޮތުގައި ރަސްރަނި ޕާކްގެ ތަރައްގީކުރަން ރައީސް ޔާމީން ބޭނުންފުޅުވާ ކަމަށެވެ.
"ރައީސް ޔާމީން ވިދާޅުވި ރާއްޖޭގައި އެބަ އުޅޭ ވަރަށް ގިނަ ކުޑަކުދިން ބޭރު ގައުމުތަކުގެ ފިނި އިހުސާސް ކުރަން ނުލިބޭ. އެއީ ވެސް މިފަދަ ޕާކެއްގެ ތެރޭގައި ތިމަން މަނިކުފާނު ވަރަށް ހިމަނާލަން ބޭނުންވާ ކަމެކޭ،" މުއިއްޒު ވިދާޅުވި އެވެ.
ޔޫރަޕުގެ ތަޖުރިބާކާރުން އެމަސައްކަތުގައި ބައިވެރިކުރީ ވެސް ފެންވަރު ރަނގަޅު ތަނެއްގެ ގޮތުގައި ވިންޓަ ތީމް ޕާކް ހަދަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ހޫނު ގައުމަކަށް ވުމުން އިމާރާތް ހަދާފައިވަނީ ހާއްސަ ތަކެތި ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން އެތަނުގެ ވަށައިގެން ފިނި ހިފަހައްޓާ ގޮތަށް އަށް އިންޗިއަށް ވުރެ ބޯ ފާރެއް ލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އިމާރާތުގެ ހުރިހާ އެއްޗެއް ޑިޒައިންކޮށް ތައްޔާރުކޮށްފައި ވަނީ ފްރާންސްގަ އެވެ.
ތަން ހަދާފައިވާ ސަރަހައްދުގެ ޖާގަ ކުޑަވުމުން ދަތިތަކެއް ދިމާވި ނަމަވެސް މުޅި ޕާކް ފަރުމާކޮށްފައިވާނީ އެތަން އިމާރާތް ކުރެވޭނެ އެންމެ ރަނގަޅަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ވިންޓަ ތީމް ޕާކް ހިންގަން ހަވާލުކޮށްފައި ވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ޑައިމަންޑް ވިންގްސްއާ އެވެ. އެހެންކަމުން ތަނުގެ މެއިންޓެނަންސް އަށް ހޭދަކުރާނީ ވެސް އެ ކުންފުނިން ކަމަށް މުއިއްޒު ވިދާޅުވި އެވެ. ތަން ހިންގުމާއި މެއިންޓެނެންސް ކުރުމަށް އެހީވުމުގެ ގޮތުން ރަސްރަނި ޕާކްގައި ކެފޭއެއް ހިންގަން ޑައިމަންޑް ވިންގްސްއަށް ވަނީ ބިމެއް ވެސް ދީފަ އެވެ.
ކަޅުވަކަރު މިސްކިތް ރޫޅާލި ފަހުން އެތަނަށް ވީ ގޮތް ނޭނގޭތީ އާންމުންގެ މެދުގައި ބަހުސެއް އޮތީ އުފެދިފަ އެވެ. އެކަމާ ބެހޭ ގޮތުން ވެސް މުއިއްޒު ވާހަކަ ދެއްކެވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ކަޅުވަކަރު މިސްކިތް ވަނީ "ނައްތާލާފައި ނޫން" ކަމަށާއި އެމިސްކިތުގެ ބައިތައް ހުރީ ހެރިޓޭޖް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސް ވީ އެއް މިސްކިތް ރޫޅާލައިގެން ގެންގޮސް ގދ. ތިނަދޫގައި ރާވަން އޮތީ ހަމަޖައްސައިފަ އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެގޮތަށް އެކަން ކުރާނެ އެވެ.
"މިތާ ކަނުގައި ޕާކެއް ހެދިގެންދާއިރު އެތަނުގައި މިސްކިތެއް ހުރުމަކީ މިސްކިތާ ވެސް އަދި ޕާކާ ވެސް އެހާ ގުޅޭ ކަމަކަށް ނުވާނެ،" މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ރޫޅާލައި، ތިން ތަނެއްގައި އަލުން ރޭވި މިސްކިތާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވި އެވެ.
މި މަހު "ފިނި މޫސުން" ގެނެވޭތޯ އެބަބަލަން: ހައުސިން
"ފިނި މޫސުން" ގެންނަ ވިންޓަ ކޯނާ އީދުދުވަހު ހުޅުވަނީ
ރަސްރަނި ބަގީޗާ ހެދި ސިފައިންނާ ރައީސް ބައްދަލުކޮށްފި
ޑިސެމްބަރުގައި ރާއްޖެއަށް "ފިނިމޫސުން" އަންނާނެ:ރައީސް
ސަލްޓަން ޕާކު "ރަސްރަނި ބަގީޗާ"ގެ ނަމުގައި ހުޅުވައިފި
ހަރަދުތަކާ އެކު ފްލެޓު 5،600ރ.އަށް ދެވޭނެ
ތިނަދޫން 150 ގޯތި އަންނަ ހަފުތާގައި ދޫކުރަނީ
ރައީސް ޔާމީން، ފުޑް ކޯޓްތައް ހުޅުއްވައިދެއްވައިފި
ހައުސިންގެ ދަށަށް ފްލެޓްތައް ބަދަލު ކުރަން ލަފާދީފި
"ސިނަމާލެ، ހުޅުމާލެ ފްލެޓްތަކަށް ވަނީ އިހުމާލުވެފައި"