11 ޖޫން 2018
އަލީ ހުސައިނަށް އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް، ކޮށްފައިވާ ސަސްޕެންޝަން މިއަދު އުވާލައިފި އެވެ.
އަލީ ހުސައިނަށް އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް، ކޮށްފައިވާ ސަސްޕެންޝަން މިއަދު އުވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އަލީ ހުސައިން މިދިޔަ މާޗް މަހު ވަކީލު ކަމުން ސަސްޕެންޑްކުރީ އޭނާގެ މައްސަލައެއް ބަލަމުންދާތީ އެވެ. އެ މައްސަލަ ބެލުމަށް ފަހު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ނެރުނު އިއުލާނެއްގައިވަނީ މިއަދުން ފެށިގެން އަލީ ހުސައިންގެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ވެސް އަލީ ހުސައިން ސަސްޕެންޑް ކުރި އެވެ. އެ ސަސްޕެންޝަން އުވާލީ މިދިޔަ ފެބްރުއަރީ މަހު އެވެ.
އަލީ ހުސައިންގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު ޝަމީމްގެ ސަސްޕެންޝަން އަދިވެސް އުވައެއް ނުލަ އެވެ.
އަލީ ހުސައިން ފަސް މަހަށް ސަސްޕެންޑް ކޮށްފި
އަލީ ހުސެއިން ވަކީލު ކަމުން ސަސްޕެންޑް ކޮށްފި
އަމުރަށް ފާޑުކިޔުމުން އަލީ ހުސައިންގެ ބަޔާން ނަގައިފި
އަލީ ހުސައިން ޑީޖޭއޭއަށް ހާޒިރުވާން އަންގައިފި
މަޝްހޫރު ވަކީލުންތަކެއްގެ ސަސްޕެންޝަން އުވާލައިފި
ފިޔަވަޅު އެޅީ ކީއްވެ ކަމެއް ނޭނގެ: އަލީ ހުސެއިން
އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކުރިމަތިލީ ތިން މީހަކު
ޖޭއެސްސީ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
"ފަނޑިޔާރުން ކޮރަޕްޓޭ ބުނީ އިޖުރާއަތުތަކާ ހިލާފުވާތީ"
ވަކީލުކަމުގެ ހުއްދައަށް އެދެން ހުޅުވާލައިފި