ސަރުކާރުން ހިންގި "އެއްލަކިން ލައިސަންސް" ޕްރޮގްރާމްގައި ލައިސަންސް ނެގި ބައެއް މީހުން އުޅަނދުތައް ދުއްވަން އަލުން ފަރިތަކުރަން ފަށައިފި އެވެ. ބައެއް ޑްރައިވިން ސްކޫލްތަކުން ވެސް ވަނީ އަލަށް ލައިސަންސް ނެގި މީހުންނަށް ޕްރޮގްރާމްތައް ފަށައިފަ އެވެ.
11 ޖޫން 2018
ސަރުކާރުން ހިންގި "އެއްލަކިން ލައިސަންސް" ޕްރޮގްރާމްގައި ލައިސަންސް ނެގި ބައެއް މީހުން އުޅަނދުތައް ދުއްވަން އަލުން ފަރިތަކުރަން ފަށައިފި އެވެ. ބައެއް ޑްރައިވިން ސްކޫލްތަކުން ވެސް ވަނީ އަލަށް ލައިސަންސް ނެގި މީހުންނަށް ޕްރޮގްރާމްތައް ފަށައިފަ އެވެ.
"އެއް ލަކިން ލައިސަންސް" ނަމުގައި މިދިޔަ މަހު ހިންގި ޕްރޮގްރާގައި ގިނަ ބަޔަކު ކިޔޫގައި ޖެހި 5،000 އެއްހާ މީހުން ވަނީ ލައިސަންސް ނަގައިފަ އެވެ. އެ ޕްރޮގްރާމްގައި، ސައިކަލާއި ކާރުގެ އިތުރުން ޕިކަޕްގެ ލައިސަންސް ވެސް ދޫކޮށްފައިވެ އެވެ. ލައިސަންސް ދިނީ އާންމުކޮށް ހަދާ ޓެސްޓަށް ވުރެ މާ ބޮޑަށް ވެސް ފަސޭހަކޮށެވެ. ހަމައެކަނި ދުއްވާލުމުން ވެސް ލައިސަންސް ލިބުނެވެ.
ޓެސްޓް ހެދިއިރު، ވެހިކަލް ޕާކްކުރާކަށް ނުޖެހެ އެވެ. އަދި ސައިކަލް ލައިސަންސް ދިނީ އަށެއް އެޅުމެއް ނެތި އެވެ. ކާރާއި ޕިކަޕްގެ ޓެސްޓްގައި ރޭމްޕް މަތިން ފައިބައި އަރާކަށް ނުޖެހެ އެވެ.
"އެއްލަކިން" ޕްރޮގްރާމްގައި، ލައިސަންސް ލިބުނު ބައެއް މީހުން ބުނެފައި ވަނީ ފަރިތަ ކޮށްލައިގެން މަގުމައްޗަށް ނުކުތުމަށް އެގްޒެމިނާ ލަފާދިން ކަމަށެވެ.
REPORT: Eh lakin nurakkalakaa dhimaaah!
The most trusted news source in the Maldives
Mihaaru
އެއް ލަކިން ނުރައްކަލަކާ ދިމާއަށް---
ލައިސަންސް ނެގި މީހުންނަށް ގައިޑެންސް ޑްރައިވިން ސްކޫލުން ވެސް ވަނީ ޚާއްސަ ކްލާސްތަކެއް ފަށައިފަ އެވެ. އެ ކްލާސްތަކުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފީ ވެސް އުޅެނީ އަލަށް ވެހިކަލް ދުއްވަން ދަސްކުރާ މީހުންނަށް ކަނޑައަޅާފައިވާ ފީ އާ ގާތްގަނޑަކަށް އެއް ވަރެއްގަ އެވެ. އެގޮތުން، ސައިކަލާއި ޕިކަޕް އަދި ކާރު ދުއްވަން ފަރިތަ ކޮށްދެނީ 1،000 ރުފިޔާ އަށެވެ. ވެހިކަލްތައް ދުއްވަން ދަސްކުރަން އަލަށް ބައިވެރިވާ މީހުންގެ އަތުން ނަގަނީ 1،500 ރުފިޔާ އާއި 2،000 ރުފިޔާއާ ދެމެދުގެ އަގުތަކެކެވެ.
ގައިޑެންސް ޑްރައިވިން ސްކޫލް ހިންގާ އިލްޔާސް މުހައްމަދު އިއްޔެ ވިދާޅުވީ، "އެއްލަކިން" ލައިސަންސް ނެގި މީހުންގެ ތެރޭގައި، އެ ޑްރައިވިން ސްކޫލުން ދުއްވަން ދަސްކުރަމުން އައި މީހުން ވެސް ހިމެނޭ ކަމަށެވެ. އެގޮތަށް ލައިސަންސް ނެގި މީހުން އެދިގެން އިތުރަށް ފަރިތަކޮށްދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ނުދަންނަވާނަން އެ މީހުންނަށް ދުއްވަން ނޭނގޭ ކަމަކަށް. އަޅުގަނޑުމެން މި އަންނަނީ މަގުމަތީގައި ދުއްވުމާއި ޕާކިން އަދި ފަހަތަށް ދުއްވަން އިތުރަށް ދަސްކޮށްދެމުން،" އިލްޔާސް ވިދާޅުވި އެވެ.
ސައިކަލަށް ރަނގަޅަށް ފަރިތަ ނޫން މީހުންނަށް ލައިސަންސް ދިން ކަމަށް ބުނެ އެތައް ބަޔަކު ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. ހާއްސަކޮށް، މި ދުވަސްވަރު ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވަމުން ދާތީ ފާޑުކިޔުންތައް ވެފައިވަނީ އިތުރެވެ.
ޓްރާންސްޕޯޓް އޮތީރިޓީ ހިންގާ، އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ކުރިން ވިދާޅުވެފައި ވަނީ ލައިސަންސް ދެނީ މީހާގެ ފެންވަރަށް ބަލައި ފާސްވާ މީހުންނަށް އެކަނި ކަމަށެވެ. އާންމުކޮށް ލައިސަންސް ދޭގޮތާ މާބޮޑު ތަފާތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑު އެކްސިޑެންޓަކާ ގުޅިގެން ލައިސަންސް ހިފަހައްޓައިފި
އެއްލަކިން ނުރައްކަލަކާ ދިމާއަށް!
ޑްރައިވިން ލައިސަންސް ޓެސްޓުތައް މެދުކަނޑާލައިފި
"ދެން ލައިސަންސް ލިބޭނީ އިތުރު ތަމްްރީނެއް ހަދައިގެން"
ބްރިޖްގެ ބޮޑު އެކްސިޑެންޓްވި މީހާގެ ލައިސަންސްް ބާތިލް
ހައިވޭގެ އެކްސިޑެންޓަކަށް ފިޔަވަޅު އަޅަން ފޮނުވައިފި
ލައިސަންސް ކާޑުތައް 2-3 ދުވަސް ތެރޭގައި ނިމޭނެ
އޮޅުންބޮޅުން- އެއްލަކިން ލައިސަންސް
އެއް ދުވަހުން ލައިސަންސް ނެގޭ މުއްދަތު އިތުރުކޮށްފި
ހާއްސަ ޕްރޮގްރާމްގައި 746 މީހަކަށް ލައިސަންސް ދީފި