Roadha Mihaaru
ރިޕޯޓު ފޮތް ދީ، ފުރަތަމަ ޓާމްގެ ޗުއްޓީ ފެށިއްޖެ

ރިޕޯޓު ފޮތް ދީ، ފުރަތަމަ ޓާމްގެ ޗުއްޓީ ފެށިއްޖެ

07 ޖޫން 2018

މި އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް ދީ މިއަދު ސްކޫލުތައް ބަންދުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް ދީ މިއަދު ސްކޫލުތައް ބަންދުކޮށްފި އެވެ.

ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ގާތްގަނޑަކަށް 80،000 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.

އެކަޑެމިކް ކަލަންޑަރުގައި ވާ ގޮތުން، ހަފުތާއެއްގެ ބަންދަށް ފަހު ސްކޫލުތައް ދެން ހުޅުވޭނީ މި މަަހުގެ 18 ވަނަ ދުވަހެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނާ ގޮތުގައި މި އަހަރަކީ ތައުލީމީ ދާއިރާ އަށް އިންގިލާބީ ބަދަލެއް އަންނާނެ އަހަރެކެވެ. ސްކޫލުތައް ޑިޖިޓައިޒްކޮށް، ދެ ވަނަ ޓާމުން ފެށިގެން ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ނިންމާފައިވާ އިރު، އެ ކަމަށް ވާންޖެހޭ ގިނަ ތައްޔާރީތައް ވަނީ ވެފަ އެވެ.

ރާއްޖޭގެ 200 އަށް ވުރެ ގިނަ ސްކޫލުގައި މި އަހަރު 6000 އެއްހާ ޓީޗަރުން މަސައްކަތް ކުރެ އެވެ.

ދަރިވަރުން ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭން ހާއްސަ ޓީޗަރުން ތަމްރީނު ކުރުން ހިމެނެ އެވެ. އަދި ޕްރީ ސްކޫލުގެ ޓީޗަރުން ވެސް މި އަހަރު ދާއިމީ ކުރަން އެޑިއުކޭޝަނުން ވަނީ ނިންމައިފަ އެވެ.