Roadha Mihaaru
ކިޔެވުން ނިމި، ބޮޑު ޗުއްޓީ ފެށިއްޖެ

ދޮޅު މަހަށް ސްކޫލްތައް ބަންދު، ބޮޑު ޗުއްޓީ ފެށިއްޖެ

17 ނޮވެމްބަރ 2016

ސްކޫލްތަކުގެ މި އަހަރުގެ ކިޔެވުން ނިމި، ދޮޅު މަހެއްހާ ދުވަހުގެ ބޮޑު ޗުއްޓީ މިއަދު ފެށިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްކޫލްތަކުގެ މި އަހަރުގެ ކިޔެވުން ނިމި، ދޮޅު މަހެއްހާ ދުވަހުގެ ބޮޑު ޗުއްޓީ މިއަދު ފެށިއްޖެ އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައިހެން މިއަދު ދަރިވަރުންނަށް ރިޕޯޓް ފޮތް ދީފައި ވާއިރު ދެން އަލުން ކިޔެވުން ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީ 8 ގަ އެވެ.

މުޅި ރާއްޖޭގައި މި އަހަރު އެލްކޭޖީން ފެށިގެން ގްރޭޑް 12 އާ ހަމައަށް 80،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލްކޮށްފައިވެ އެވެ. އެ ދަރިވަރުންނަށް ކިޔަވައިދިނުމުގައި 5،422 ދިވެހި ޓީޗަރުންނާއި 2،139 ބިދޭސީ ޓީޗަރުން މަސައްކަތްކުރި އެވެ.

އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް މިއަދު ބެލެނިވެރިންނާ އެކު ރިޕޯޓް ފޮތް ބަލަނީ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު

އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް މިއަދު ބެލެނިވެރިންނާ އެކު ރިޕޯޓް ފޮތް ބަލަނީ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު

މިއަހަރުގެ ތެރޭގައި ވެސް ތައުލީމީ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އޭގެ ތެރޭގައި ޑިގްރީ ފެންވަރަށް ޓީޗަރުން މަތިކުރުމުގެ ޕްރޮގްރާމް ފެށުމާއި ޕްރީސްކޫލު ތައުލީމް މުޅި ރާއްޖެ އަށް ހިލޭ ފޯރުކޮށްދޭ އޭޝިޔާގެ ފުރަތަމަ ގައުމަކަށް ރާއްޖެ ވެފައި ވެ އެވެ. މީގެ އިތުރުން ބައެއް ޕްރީ ސްކޫލުތައް ވެސް ސަރުކާރުގެ ސްކޫލުގެ ދަށަށް ބަދަލުކޮށް މި އަހަރުގެ ތެރޭގައި ވަނީ ކިޔަވައިދޭން ފަށައިފަ އެވެ.