06 ޖޫން 2018
އިންޑިއާ އަށް ވަޑައިގަތުމުން އެ ގައުމަށް އެތެރެވިޔަ ނުދީ، އަނބުރާ ފޮނުވާލުމަކީ ބޮޑު ގައުމަކުން، ކުޑަ ގައުމެއް "ބުލީ" ކުރުން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިރޭ ވިދާޅުވެއްޖެ އެވެ.
އިންޑިއާ އަށް ވަޑައިގަތުމުން އެ ގައުމަށް އެތެރެވިޔަ ނުދީ، އަނބުރާ ފޮނުވާލުމަކީ ބޮޑު ގައުމަކުން، ކުޑަ ގައުމެއް "ބުލީ" ކުރުން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިރޭ ވިދާޅުވެއްޖެ އެވެ.
ސައިނަސްއަށް ފަރުވާ ހޯދަން ޗެންނާއީއަށް އާންމުކޮށް ވަޑައިގަންނަވާ ނިހާން އިއްޔެ ހަވީރު އިންޑިއާއަށް ވަޑައިގަތުމުން ހަތަރު ގަޑިއިރެއްހާއިރު އެއާޕޯޓުގައި ބެހެއްޓުމަށް ފަހު ދަންވަރު ފްލައިޓުން ވަނީ ރާއްޖެއަށް ފޮނުވާލައިފަ އެވެ. ޑިޕްލޮމެޓިކް ޕާސްޕޯޓުގައި އިންޑިއާއަށް ވަޑައިގެންނެވި ނިހާން އަނބުރާ ފޮނުވާލި ނަމަވެސް އޭނާއާ އެކު ދެން ދިޔަ މީހުންނަށް ވަނީ އިންޑިއާ އަށް ވަނުމުގެ ހުއްދަ ދީފަ އެވެ.
އިންޑިއާގެ މި ފިޔަވަޅާ ގުޅިގެން ހޮޓެލް ޖެންގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ނިހާން ވިދާޅުވީ އޭނާ އަނބުރާ ފޮނުވާލުމަކީ ރާއްޖޭގެ ސަރުކާރާ ދޭތެރޭ އިންޑިއާ ހިތްހަމަނުޖެހިގެން ކުރި ކަމެއް ނަމަ އެކަން ސާފުކޮށް ބުނެދިނުމުގެ ގާބިލްކަން އިންޑިއާގައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި މިއީ ދެ ގައުމުގެ ގުޅުން ހީނަރުވުމުން ކުރާ ޒާތުގެ ކަންކަން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ނިހާން ވިދާޅުވި ގޮތުގައި މިއީ ހަނގާ ކުރުމުގެ އަމަލެކެވެ.
"ވަރަށް ރަނގަޅަށް ކާންދީފައި ހުރި މާސިންގާ މާ ކުއްޖަކު [އިންޑިއާ] ހަމަ ކުލާހުގައި އިންނަ ތަންކޮޅެއް ބަލިކަށި ކުއްޖެއް [ރާއްޖެ] ބޮލުގައި ޓަކި ދުވާލަކު ހަތަރު ފަހަރު ޖެހުން ކަހަލަ ކަމެއް މިއީ. އަދި އަވަށްޓެރި އިންޑިއާގެ އެއްވެސް ސިޔާސަތެއްގައި މިކަހަލަ ކަމެއް ތަންފީޒު ކުރަން ނިންމައިފި ނަމަ އެކަމެއް އެއީ ވަރަށް ދެކޮޅުނުޖެހޭ ކަމެއް،" އެކި މައްސަލަތަކުގައި އިންޑިއާއަށް ފާޑުވިދާޅުވެފައިވާ ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ އޭނާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބުނީ ކިހިނެއްތޯ އިމިގްރޭޝަން އޮފިސަރުން ސުވާލު ކުރުމުން، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ކަމަށް ދެންނެވި ކަމަށެވެ. އެހެން ވިދާޅުވުމާ އެކު އިތުރު ސުވާލު ކުރަން ބޭނުން ކަމަށް ބުނެ އެކަމަކު ވަކި ސަބަބެއް ނުބުނެ ފޮނުވާލީ ކަމަށް ނިހާން ވިދާޅުވި އެވެ.
"މަޖިލިސް މެމްބަރަކަށް ވުމާއި އޭނައަށް ފަސޭހަކޮށްލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ކާޑު ވެސް ހަވާލުކުރިން. އެހިސާބުން އިތުރު ކަމެއް ސާފުކުރަން ބޭނުން ކަމަށް ބުނެ އެ ހިފެހެއްޓި ގޮތަށް ގާތްގަނޑަަކަށް ހަތަރު ވަރަކަށް ގަޑިއިރު އަޅުގަނޑު ބޭންދި،" ނިހާން ވިދާޅުވި އެވެ.
އޭނާ އެނބުރި ރާއްޖެ ވަޑައިގަތީ ލަންކާ މަގުން މިއަދު ހެނދުނެވެ.
ނިހާން ވިދާޅުވީ ޗެންނާއީއަށް ވަދެވަޑައިގަނެވޭނެ ގޮތް ނުވުމުން ރާއްޖެ ވަޑައިގަނެވޭނެ ގޮތެއް ހެދުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އެކަމަކު ވިދާޅުވީ އޭނާ ޑީޕޯޓްކުރީ ކަމަށް ނާންގާ ކަމަށެވެ.
"އަޅުގަނޑު ލައްވާ އެއްވެސް އެއްޗެއްގައި ސޮއިކުރުވައި ޕާސްޕޯޓުގައި ތައްގަނޑު ޖަހާ، އިންޑިއާއަށް އެރުން މަނާ، މިކަހަލަ އެއްވެސް ކަމެއް ނުކުރޭ. އެކަހަލަ އެއްވެސް ވާހަކައެއް ނުބުނޭ. އަދި އަޅުގަނޑަށް އެއްވެސް ޑޮކިއުމެންޓެއް ނުދައްކާ. އަދި އަޅުގަނޑު ލައްވާ އެއްވެސް ޑޮކިއުމެންޓެއްގައި ސޮއެއްނުކުރުވާ،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް އިންޑިއާއަށް އެތެރެވުން މަނާކުރާ އުސޫލެއް އިންޑިއާއިން ކަނޑައަޅާފައިވާ ނަމަ އެކަމެއް ރާއްޖެއަށް އެނގެން ޖެހޭނެ ކަމަށެވެ. އަދި އެކަން ސާފުކުރަން ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މިކަން މިކުރަނީ ސަރުކާރަށް ތާއީދުކުރާ މީހުންގެ ނުވަތަ ހާއްސަކޮށް މަޖިލީހުގައި ސަރުކާރު މެމްބަރުންނަށް [ތޯ އެނގެން ޖެހޭ]. އަޅުގަނޑު މިހެން ދަންނަވަން މިޖެހުނީ އަޅުގަނޑު މަސައްކަތްކުރަނީ ކޮން ޕާޓީއެއްގައިތޯ ސުވާލު ކުރީމަ. ޕީޕީއެމްއޭ ބުނި ހިސާބުން އިރުކޮޅަކު މަޑުކޮށްފައި އަދިވެސް ކުޑަ އިރުކޮޅެއް ކޮށްފައި މި ދިޔައީ،" ނިހާން ވިދާޅުވި އެވެ.
ސިޔާސީ ލީޑަރުން ހައްޔަރުކޮށް ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެ ބޭރުގެ ބައެއް ގައުމުތަކުން ދަނީ ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. ހާއްސަކޮށް ސަރުކާރުގެ ބައެއް ނިންމުންތަކަށް އިންޑިއާއިން ފާޅުގައި ދެކޮޅުހަދަ އެވެ.
އިތުރު ގައުމަކުން އެފަދަ ފިޔަވަޅެއް އަޅާފާނެކަމަށް ގަބޫލުކުރަންތޯ ސުވާލުކުރުމުން ނިހާން ވިދާޅުވީ އެފަދަ ފިޔަވަޅެއް އަޅާ ނަމަ ދުރާލައި އެނގޭނެ ކަމަށެވެ.
"ބޭރު ގައުމަކުން ގޮވާލާއިރަށް އަޅުގަނޑުމެން ނުޖެހޭ ކިތަންމެ ކުޑަ[ގައުމެއް] ނަމަވެސް އާދެ އާދެ ކިޔަމަންވެއްޖައީމޭ ބުނެ ގުދަށް ތިބޭކަށް،" ނިހާން ވިދާޅުވި އެވެ.
އިންޑިއާއަށް ދެން ވަޑައިގަންނަވާނަންތޯ ސުވާލު ކުރުމުން ނިހާން ވިދާޅުވީ އިންޑިއާއަކީ އޭނާ ވަޑައިގަންނަވަން ބޭނުންވާ ގައުމުތަކުގެ ލިސްޓްގައި އޮތް ގައުމެއް ނޫން ކަމަށެވެ. ސައުދީއަށް އެތެރެވުން މަނާކުރުމުން ނޫނީ ހިތާމަނުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިހާން ފޮނުވާލި ސަބަބެއް ނާންގާ، ކަންބޮޑުވޭ: ސަފީރު
ނިހާން، އިންޑިއާ އިން އަނބުރާ ފޮނުވާލައިފި
ރިފްއަަތަށް ކުރާ ތުހުމަތުތައް ސާފުކޮށްދޭން ގޮވާލައިފި
މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި
ނިހާންގެ "ރާގު" މުޅިން ބަދަލުވީތަ؟
ނިހާނާއި މެމްބަރުންގެ ޒުވާބު، އެންމެ ފަހުން އިންޒާރު!
މިޝްރާ، ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި
ސަފީރަކު އެދޭގޮތަށް ހިންގަން ފުރުސަތުނުދީ: ރައީސް
ސިފައިން އެރި މައްސަލާގައި ފިޔަވަޅުތައް އަޅާނެ: ތޯރިގު
މުއިއްޒަށް، ޔާމީން ފާސް މާކްސް ދޭނީ ދެކަމެއް ކުރުމުން