Roadha Mihaaru
ރޯގާ އަދިވެސް މައިތިރިއެއް ނުވޭ: އެޗްޕީއޭ

ރޯގާ އަދިވެސް މައިތިރިއެއް ނުވޭ: އެޗްޕީއޭ

04 ޖޫން 2018

މާލެ އާއި ރަށްރަށުގައި ފެތުރެމުންދާ އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ފެތުރެމުންދާ މިންވަރު އަދިވެސް މަތި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލެ އާއި ރަށްރަށުގައި ފެތުރެމުންދާ އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ފެތުރެމުންދާ މިންވަރު އަދިވެސް މަތި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ ހަފުތާގައި 9،050 މީހުން، އޭގެ ކުރީ ހަފުތާގައި 9،710 މީހުން ޑޮކްޓަރަށް ދެއްކި ކަމަށެވެ. އެހެންވެ، އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ އިން ރައްކާތެރިވުމަށް ކުރިން އިލްތިމާސް ކުރި ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން އެދެ އެވެ.

ސަމާލުކަން ދޭންވީ ކަންކަން:

- ކެއްސައި ކިނބިހި އަޅާއިރު ރުމާ/ޓިޝޫ އަޅައި އަނގަމަތި ނިވާކުރުން.

- އާއްމު ސާފުތާހިރު ކަމަށް އިސްކަން ދިނުން.

- ރޯގާ ޖެހިފައިވާ ނަމަ މީހުންނާ ދުރުހެލިވެގެން އުޅުން

- ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން

- އިންފްލުއެންޒާ އިން ރައްކާތެރިވުމަށް ވެކްސިން ޖެހުން

- މަދިރިން ރައްކާތެރިވުން.

- ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ވީހާ ވެސް ގިނައިން ދިޔާ ތަކެތި ބޭނުން ކުރުން.

އެޗްޕީއޭ އިން ބުނީ އިންފްލުއެންޒާގެ ހާލަތަށް ބަލާއިރު، މި ރޯގާ އަށް ޓެސްޓް ކުރާ މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވް ވަނީ އިންފްލުއެންޒާ އޭ އަށް ކަމަށެވެ. އަދި އެ ބައްޔަށް ޓެސްޓު ކުރަނީ ބަލީގެ އަލާމާތްތައް ފެންނަ މީހުންގެ ތެރެއިން ހާލު ބޮޑުވެ އެންދުމަތިކުރާ މީހުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މި ބަލީގެ އަލާމާތްތައް ފެންނަ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭސް ހޮސްޕިޓަލްތަކަށް ފޯރުކޮށްދީ ފަރުވާ ދިނުމުގައި ގެންގުޅެންވާނެ އުސޫލުތަކާއި ޕްރޮޓްކޯލްތަކަށް، ޚިދުމަތް ދޭ ފަރާތްތައް އަހުލުވެރިކޮށް، ފަރުވާގެ ކަންކަން ހޮސްޕިޓަލްތަކުގައި ހަރުދަނާކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މީގެ އިތުރުން ކެއްސައި ކިނބިހި އަޅާނަމަ އާންމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި އެފަދަ ހާލަތުގައި ކުޑަކުދިންނާއި ދުރުހެލިވުމަށް އެޗްޕީއޭ އިން އެދެ އެވެ.

އިންފްލުއެންޒާ ޖެހިގެން، މި އަހަރުގެ މިހާތަނަށް މަރުވީ އެންމެ ދިވެއްސެކެވެ. މިދިޔަ އަހަރު ރާއްޖެ އިން 200 އަށް ވުރެ ގިނަ މީހުންނަށް އިންފްލުއެންޒާ ޖެހުނު އިރު ހަ މީހަކު މަރުވި އެވެ.