25 މެއި 2018
ދުބާއީގައި ކުރި ކައިވެންޏެއް، އަންހެން މީހާގެ ބައްޕަގެ ދަހިވެތިކަމާ އެކު އެންމެ 15 މިނެޓް ތެރޭ ރޫޅިއްޖެ އެވެ.
ދުބާއީގައި ކުރި ކައިވެންޏެއް، އަންހެން މީހާގެ ބައްޕަގެ ދަހިވެތިކަމާ އެކު އެންމެ 15 މިނެޓް ތެރޭ ރޫޅިއްޖެ އެވެ.
ކައިވެނި ކުރި މީހުންގެ ނަންތައް ހާމަ ނުކޮށް ގަލްފް ނިއުސް ރިޕޯޓްކޮށްފައިވާ ގޮތުގައި ކޯޓްގައި މިދިޔަ އަންގާރަ ދުވަހު ކައިވެނިކުރި އިރު ރަނުގެ ގޮތުގައި ދޭން އެއްބަސްވި 100،000 ދިރްހަމްގެ ތެރެއިން 50،000 ދިރްހަމް އަންހެން މީހާގެ ބައްޕައާ ކޯޓް ތެރޭގައި ހަވާލުކުރި އެވެ.
ކައިވެނި ރޫޅެން މެދުވެރިވީ ރަނުގެ ބާކީ ބައި ނުލިބިގެން ބަފައިބެ އުޅުނު ގޮތުން ފިރިހެން މީހާ ހިތްހަމަނުޖެހުމެވެ. "އެތައް ބައެއްގެ ކުރިމަތީގައި އޭނާގެ އަގު ވެއްޓޭ ގޮތަށް އަދި އިހުތިރާމް ވެސް ކުޑަވާ ގޮތަށް" ބަފައިބެ އަމަލު ކުރި ކަމަށް ބުނެ ފިރިހެން މީހާ ކައިވެނި ރޫޅާލީ ކައިވެނިކުރިތާ އެންމެ 15 މިނެޓް ތެރޭގަ އެވެ.
މި ހާދިސާއާ ބެހޭ ގޮތުން، ކައިވެނި ކުރި ފިރިހެން މީހާގެ ވަކީލު ގަލްފް ނިއުސް އަށް ކިޔައި ދިން ގޮތުގައި ބާކީ ފައިސާ އެ ވަގުތު ހުރީ ކޯޓާ ތަންކޮޅެއް ދުރުގައި ޕާކްކޮށްފައި އޮތް ފިރިހެން މީހާގެ ކާރު ތެރޭގަ އެވެ. އަދި އެ ފައިސާ ހިފައިގެން އަންނަން ވަގުތުކޮޅެއް ނަގާނެ ކަމަށާއި ކެތްތެރިވުމަށް އެދުމުން ވެސް ބަފައިބެ އަށް ކެތް ނުވެ ފައިސާ ދޭން އެދުމުން ދިޔަ ކަމަށް ވަކީލް ބުންޏެވެ.
"ފައިސާ ހިފައިގެން އަންނަން ވަގުތުކޮޅެއް ނަގާނެ ކަމަށް ބުނީމަ ދެން ބުނަނީ ރައްޓެއްސަކު ނޫނީ އާއިލާގެ މެމްބަރަކު ފޮނުވައިގެން ވިޔަސް ފައިސާ ވީހާ ވެސް އަވަހަށް ގެނެސް ދޭށޭ،" އޭނާ ބުންޏެވެ. "މިކަމެއް ހިނގީ އެތައް ބައެއްގެ ކުރިމަތީގައި. އެހެންވެ އެކަމާ ހިތްހަމަނުޖެހިގެން އަންހެނުން ވަރިކޮށްލީ."
އަގުބޮޑު ކައިވެނިތައް އަވަހަށް ރޫޅޭނެ؟
ފެމިލީކޯޓުން ހަ މަސް ނިންމާލީ ބޮޑު ކާމިޔާބީއަކާ އެކު!
ދުބާއީގެ ޕްރިންސެސް ވަރި އިއުލާން ކުރައްވައިފި
މިދިޔަ އަހަރު 2،500 ކައިވެނި، 1،300 ވަރި
ލޯބިވެރިންނަށް ކުރާ ހޭދަ ވެސް އަނބުރާ ހޯދޭނެ!
އެންމެ ދިގު މީހާ އަންބަކު ހޯދަން ރަޝިއާގައި
އަލަތު ކައިވެންޏަކީ ބަނދެވުމެއް: އެފްލެކް
ކިމްއާ ސުލްހަވާން ކަންޔޭ އެދުނީ ރެޕް ކަޑިއަކުން
ކެޓްރީނާގެ ކައިވެނީގެ ފުޓޭޖް ހޯދަން 100 ކްރޯޑް
"ގުމް ހެ ކިސީކޭ" ގެ ދެ ތަރިން ކައިވެނިކޮށްފި