Roadha Mihaaru
ހިތަދޫގައި ރުކަކުން ވެއްޓުނު މީހާ މަރުވެއްޖެ

ހިތަދޫގައި ރުކަކުން ވެއްޓުނު މީހާ މަރުވެއްޖެ

21 މެއި 2018

އައްޑޫ ހިތަދޫގައި މިއަދު ރުކަކުން ވެއްޓި ހާލު ސީރިއަސް ވި މީހާ އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މީގެ އިރުކޮޅެއް ކުރިން މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ހިތަދޫގައި މިއަދު ރުކަކުން ވެއްޓި ހާލު ސީރިއަސް ވި މީހާ އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މީގެ އިރުކޮޅެއް ކުރިން މަރުވެއްޖެ އެވެ.

މިއަދުގެ ހަވީރުގެ ވަގުތެއްގައި ރުކަކުން ވެއްޓި އަނިޔާވީ ހިތަދޫ ފަލާހް، ހާތިމް ފައުޒީ 31، އަށެވެ. އެނގިފައިވާ ގޮތުގައި އަވައްޓެރިއެއްގެ ގޭގެ ރުކަކަށް ކުރުނބާ އަޅަން އަރައިގެން އުޅެނިކޮށް އޭނާ ވެއްޓި ޖެހިފައި ވަނީ ރުކާ ދިމާލުގައި ހުރި ގާފުންޏެއްގެ މައްޗަށެވެ.

ހޮސްޕިޓަލްްގެ އޮފިޝަލަކު ވިދާޅުވީ ހާތިމް އެ ތަނަށް ގެންދިޔައިރު ވެސް ހާލު ސީރިއަސް ކަމަށެވެ.

"އޭނާގެ އަތާފައި ފައިގައި ވެސް ހުރި ފްރެކްޗާތަކެއް. އަދި ބޯފެޅި ސިކުނޑި އަށް ވެސް ލޭ އެޅިފައި ހުރި ކަމަށް ޑޮކްޓަރު ބުނެފައި ވަނީ،" އޮފިޝަލް ވިދާޅުވި އެވެ.