17 މެއި 2018
ޑެންގީ ހުން ޖެހިގެން ކުޑަ ތިން ކުއްޖަކު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި އެވެ.
ޑެންގީ ހުން ޖެހިގެން ކުޑަ ތިން ކުއްޖަކު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި އެވެ.
އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް މިދިޔަ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑެންގީ ހުން ޖެހިގެން ކުޑަ ތިން ކުއްޖަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެއް ކުއްޖެއްގެ ލޭގެ ޕްރެޝަރު ދަށްވެ، ޝޮކެއް ޖެހިފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ކުރީ ދުވަހު ގެނައި ފަސް ދުވަހުގެ ތުއްތު ކުއްޖާ އައިސީޔޫ އިން ނުނެރިވެގެން އުޅެނިކޮށް ޑެންގީ ހުން ޖެހިގެން އަނެއްކާ ވެސް ފަސް މަހުގެ ކުއްޖަކާއި އެހެން ކުޑަ ކުއްޖަކު ގެނެސްފި،" ފައިސަލް ކުރެއްވި ޓްވީޓްގައި ވެ އެވެ.
މަދިރި ކޮންޓްރޯލް ކުރުން އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެސް އޭނާ ވަނީ އިލްތިމާސްކޮށްފަ އެވެ.
ކުރީދުވަހު ގެނައި 5 ދުވަހުގެ ތުއްތު ކުއްޖާ އައިސީޔޫއިން ނުނެރިވެގެން އުޅެނިކޮށް ޑެންގީހުން ޖެހިގެން އަނެއްކާވެސް 5 މަހުގެ ކުއްޖަކާ އެހެން ކުޑަކުއްޖެއް ގެނެއްސި. އެއްކުއްޖަކު ލޭގެ ޕުރެޝަރުދަށްވެ ޝޮކުގައި. މަދިރި ކޮންޓުރޯލްކުރުން އެންމެން ގުޅިގެން ކުރިއަށް ގެންދެވުން އެދެން. pic.twitter.com/bmF0K4nMt7
— Ahmed Faisal (@FaisalIGMH) May 15, 2018
ފައިސަލް ކުރެއްވި ޓުވީޓް.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، މި ދުވަސްވަރު ހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަން ފާހަގަކުރެވޭ ކަމަށެވެ. އެކަމަކު އާދަޔާ ހިލާފަށް އެ އަދަދުތައް އިތުރުވެއްޖެ ނަމަ އެކަން އެލާޓަށް އަންނާނެ ކަމަށް ވިދާޅުވި އެވެ.
"އާދަޔާ ހިލާފަށް އިތުރުވެއްޖެނަމަ، އަޅުގަނޑުމެންނާ ހަމައަށް އެލާޓް އަންނާނެ. އެކަމަކު ހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވިއަސް އަދި އެލާޓަކަށް ނާދޭ،" އަފްއާލް ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ވެސް މެއި/ޖޫން މަހަކީ، ރާއްޖޭގައި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވާ ދުވަސްވަރެވެ. އެހެންވެ އެކަމުން ރައްކާތެރިވާން ކޮންމެ މީހަކު ވެސް ފަރުދީ ގޮތުން މަސައްކަތް ކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މުހިއްމު ބޭނުމެއްގައި ނޫނީ ހޮސްޕިޓަލަށް ނުދާން އެދެފި
ފުރާ މީހުންނަށް ފަސޭހައިން ޓެސްޓްކުރެވޭ ގޮތް ހަދައިފި
ޕޮޒިޓިވް ކޭސްތައް މައްޗަށް: ނުރައްކަލުގެ އިންޒާރެއް
އިންފްލުއެންޒާ ޖެހިގެން ދިވެއްސަކު މަރުވެއްޖެ
ރޯގާ ޖެހިގެން ދުވާލަކު 300 މީހުން ފަރުވާ ހޯދާ
ހުމަށް ފަރުވާދޭން އޭޑީކޭގައި ހާއްސަ ކްލިނިކެއް
އެހެން ބަލިތަކުގެ މީހުންނަށް ވެސް ވެކްސިން ޖަހަނީ
ހަތަރު ދުވަސް ތެރޭގައި 1000 މީހުން ފަރުވާ ހޯދައިފި
"ބިރުގަންނަންވީ ހާލަތަކަށް ނުދޭ، ރައްކާތެރިވާންވީ"
ޑެންގޫ ހުން ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 40 ކޭސް