24 ޖުލައި 2016
އަބުރު ރައްކާތެރިކުރުމުގެ ބިލުން ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅާފައިވާ ކަމަށް ބުނެ ފާޅުކުރަނީ "ބޭކާރު ކަންބޮޑުވުންތަކެއް" ކަމަށާއި އެ ބިލް އަނބުރާ ނުގެންދަވާނެ ކަމަށް ބިލް ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
އަބުރު ރައްކާތެރިކުރުމުގެ ބިލުން ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅާފައިވާ ކަމަށް ބުނެ ފާޅުކުރަނީ "ބޭކާރު ކަންބޮޑުވުންތަކެއް" ކަމަށާއި އެ ބިލް އަނބުރާ ނުގެންދަވާނެ ކަމަށް ބިލް ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ޑްރާފްޓްކުރައްވައި ހުށަހެޅުއްވި ބިލަށް އިސްލާހުތަކެއް ގެނެސް އަލުން ހުށަހެޅުއްވި މެމްބަރު ޖައުފަރު ވިދާޅުވީ "އެއީ ވަރަށް ހެޔޮނިޔަތުގައި ހުށަހަޅާފައިވާ ބިލެއް" ކަމަށެވެ. އެ ބިލްގައި ކަންބޮޑުވާން ޖެހޭ ކަމެއް ނެތްއިރު، ބިލް އަނބުރާ ނަގަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ބިލް އެކުލަވާލާފައި ވަނީ ރާއްޖޭގެ ހާލަތު ދީނީ ނަޒަރަކުން ބަލާފައި،" އޭނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީއާ ތައާރަޒްނުވާނެ ގޮތަށް ބިލެއް ހުށަހެޅުމުން، އެ ބިލަކާ މެދު މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރިޔަސް ބިލް ނަގަން ޖެހޭތޯ އޭނާ ސުވާލުކުރެއްވި އެވެ.
"ބިލް އަނބުރާ ގެންދަން ޖެހޭނެ އެއްވެސް ސަބަބެއް ނެތް. މީހަކާ ގުޅޭގޮތުން ލިއުމެއް ލިއާނަމަ، ޒިންމާ ނަގަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: އަބުރުގެ ބިލް މިހާރު އެ އޮތީ ނިހާން ހުށަހެޅުއްވި ބިލަށް ބައެއް އިސްލާހުތައް ގެނެސް ހުށަހަޅާފައި. --ފޮޓޯ: މުހައްމަދު ޝަރުހާން
ދީނީ ގޮތުން ވެސް އެކަން އޮންނަނީ އެ އުސޫލުން ކަމަށް ވިދާޅުވެ ގްރުއާނުން ދަލީލް ދައްކަވަމުން ވިދާޅުވީ، ނޫސްވެރިން ބޭނުންވާ އެއްޗެއް ލިއުން ހައްދެއް ނެތް މިންވަރަށް ހުޅުވާލައިފި ނަމަ، މިހާރު މިއޮތް ހާލަތު ބަދަލު ނުވާނެ ކަމަށެވެ. ބިލް ހުށަހަޅަން ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރިއަށް ދިޔައީ، އޭނާ ވިދާޅުވި ގޮތުގައި، މީހުންގެ އަބުރު ކަތިލުމުގެ ކަންކަން ހައްދެއް ނެތް މިންވަރަށް ކުރަމުންދާތީ އެވެ.
ޖައުފަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ މުއައްސަސާއަކުން ގާނޫނާ ހިލާފު އަމަލެއް ހިންގާ ނަމަ، ނުވަތަ ގަވާއިދާ ހިލާފަށް ކޮންޓްރެކްޓެއް ބަޔަކަށް ދޭނަމަ އެކަން ލިޔެ، ޒިންމާދާރުކުރުވަން "ހައްދެއް ނެތް މިންވަރަށް ލިއުމުގެ ފުރުސަތު އޮތީ ދީފަ" އެވެ.
ނިހާން ހުށަހެޅުއްވި ބިލަށް އެ ފަހަރު މީޑިއާ ކައުންސިލާއި މީޑިއާތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން އޭނާ ވިދާޅުވެފައި ވަނީ، ބިލް ފާސްކުރުމުގެ ކުރިން މީޑިއާތަކާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި މީޑިއާ ކައުންސިލުން އިސްވެ ހުށަހެޅި އިސްލާހުތަކަށް ރިއާޔަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޖައުފަރު ދާއޫދުގެ ނަމުގައި އަބުރުގެ އާ ބިލެއް ހުށަހެޅުއްވިއިރު އެއިން ކަމަށް ރިޔާއަތެއް ނުކުރެ އެވެ.
އަބުރުގެ ބިލާ ގުޅޭގޮތުން ރައީސް އޮފީސް ދޮށުގައި ނޫސްވެރިންތަކެއް މުޒާހަރާކުރަނީ.
މިހާރު ހުށަހަޅާފައި އޮތް އަބުރުގެ ބިލްގައި ވެސް ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފި ނަމަ އަދަބެއް ކަމުގައި ކަނޑައަޅާފައި ވަނީ 50،000ރ. އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އިސްލާހުކޮށްފައި ފޮނުވި ބިލުގައި ވެސް ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމަށް ހުރި ގޮންޖެހުންތައް ކުޑައެއް ނޫނެވެ. އަދި މި ބިލް ފާސްކޮށްފި ނަމަ، މިނިވަން ނޫސްވެރިކަން ހަމަ މުޅިން ހުއްޓުމަކަށް އަންނާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.
އަބުރުގެ އާ ބިލުގައި ވެސް އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާ ރެގިއުލޭޓް ކުރާ މުއައްސަސާތަކަށެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ ކަމަށް ބިލުގައިވެ އެވެ.
އަދި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ތިން މަހާއި ހަމަހާ ދެމެދު މުއްދަތަކަށް ޖަލަށްލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، ހޯމް މިނިސްޓްރީން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ. އަދި ވަކި ހަބަރުތަކެއް މީޑިއާތަކުން ރިޕޯޓް ނުކުރެވޭނެ ގޮތް ހަދާފައިވުމުގެ އިތުރުން ހިޔާލުފާޅުކުރުން ވަރަށް ބޮޑަށް ވަނީ ހިފަހައްޓައިފަ އެވެ.
އިސްތިއުނާފް ކުރެވޭ ގޮތާއި ޖޫރިމަނާއާ މެދު ވިސްނަންޖެހޭ
ބިލުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ވަގުތީ ކޮމެޓީ އަށް
އަބުރުގެ ބިލު ދިރާސާ ކުރުމަށް 14 ފަރާތެއް ކޮމެޓީއަށް
އަބުރުގެ ބިލް މާދަމާ އަށް އެޖެންޑާ ކޮށްފި
ހަރުކަށި ނުވެ މަޝްވަރާ އަށް އާދޭ: މީޑިއާ ކައުންސިލް
އާދޭސް ކުރީމަ ވެސް ކަންތައް ވީ މާ ގޯސްކޮށް!
އަބުރުގެ ބިލް އޮތް ގޮތަށް ފާސްކުރާނެ: ރިޔާޒް
ނޫސްވެރިކަމަށް ހުރަސްއެޅޭ ބިލް ހޯމަދުވަހު ފާސްކުރަނީ
ބިލަކީ ނޫސްވެރިކަމަށް ބިރެއް، އަނބުރާ ގެންދަން ޖެހޭ
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް