10 މެއި 2018
ކާ ތަކެތި ޕްލާސްޓިކް އެއްޗިއްސަށް އަޅައިގެން މައިކްރޮވޭވްކޮށްގެން ކެއުމަކީ ސިއްހީ ގޮތުން ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ކާ ތަކެތި ޕްލާސްޓިކް އެއްޗިއްސަށް އަޅައިގެން މައިކްރޮވޭވްކޮށްގެން ކެއުމަކީ ސިއްހީ ގޮތުން ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މާބަނޑު މީހުން އެފަދަ ކާނާ ކެއުމުން، ބަނޑުގައި އޮންނަ ދަރިފުޅުގެ ދަރިމައިވުމުގެ ނިޒާމާއި ސިކުނޑި އަށް ވެސް ގެއްލުންތައް ކުރިމަތި ކުރުވަ އެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ކާ އެއްޗެހި ޕްލާސްޓިކް އެއްޗިއްސަށް އަޅައިގެން މައިކްރޮވޭވްކޮށްގެން ކާ ނަމަ ލޭ މައްޗަށް ދިއުމާއި އެ ނޫން ވެސް ސިއްހީ މައްސަލަތައް މެދުވެރި ކުރުވަ އެވެ. އޭގައި ބުނެފައިވާ ގޮތުގައި ޕްލާސްޓިކް އެއްޗެހި މައިކްރޮވޭވަށް ލައިގެން ހޫނުކުރާ ނަމަ، އޭގައި ހުންނަ ކެމިކަލްތަކުގެ 95 ޕަސެންޓް ބޭރުވެ، ކާއެޗިއްސާ އެކުވެ އެވެ.
ޕްލާސްޓިކްގައި އެކުލެވޭ ނުރައްކާތެރި ކެމިކަލްތަކުގެ ތެރޭގައި، ބީޕީއޭގެ ނަމުން މަޝްހޫރު ބެޒްފިނޯލް އާއި ތެލޭޓް ހިމެނެ އެވެ. މި ބާވަތްތަކަށް ބަލާއިރު، ލޭގެ ތެރެއަށް ބީޕީއޭ ދިއުމުން ހޯމޯންތަކަށް ނޭދެވޭ އަސަރުކޮށް، ދަރިމައިވުމުގެ ނިޒާމަށް ގެއްލުންދީ ކެންސަރަށް ވެސް މަގުފަހި ކުރުވަ އެވެ.
"އެހެންވެ މިފަދަ ނުރައްކާތެރި ކަންކަމުން ރައްކާތެރިވުމުގެ ގޮތުން، ކާ ތަކެތި ބިއްލޫރި އެއްޗިއްސަށް އަޅާފައި މައިކްރޮވޭވް ކުރުން ބުއްދިވެރި،" އިންޑިއާގެ އިންދިރާ އައިވީއެފް ހޮސްޕިޓަލްގެ ޑރ. ނިތާޝާ ގުޕްތާ ވިދާޅުވި އެވެ.
އަލަތު ދަރިފުޅުގެ ހުވަފެނުގައި ކެންސަރުގެ މޫގަނޑެއް!
ސިއްހީ ބޮޑެތި މައްސަލަތަކާ ދެކޮޅަށް އަންނާރު
ހޭޒަލްނަޓް: ސިއްހީ ފައިދާތަކުން ފުރިފައި
ކާފޫރުތޮޅީގެ ފައިދާތައް ގިނަ
ފައިބަ މުއްސަނދި ޑައެޓެއް ވަރަށް މުހިއްމު
އައިބިއުޕްރޮފިން: ފިރިހެނުންނަށް ދަރިން ލިބުން ދަތިވޭ
ދަރިއަކު ނުލިބިގެން އުޅެނިކޮށް 9 މަސް ތެރޭ 4 ދަރިން
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް
އައިޖީއެމްއެޗްގައި މި އަހަރު އައިވީއެފް ހަދަން ފަށަނީ
ފަސްނުޖެހި، އުރަމަތީ ކެންސަރުގެ ވާހަކަދައްކަން އެދިއްޖެ