Roadha Mihaaru
އެއް ގަޑިއިރުގެ ތެރޭ 15،000 ފޯމު ހުސްވެއްޖެ

އެއް ގަޑިއިރުގެ ތެރޭ 15،000 ފޯމު ހުސްވެއްޖެ

06 މެއި 2018

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓަށް ކުރިމަތިލާން މިއަދު ހުޅުވާތިލާ ގަޑިއެއްހާ އިރު ތެރޭގައި 15،000 ފޯމު ހުސްވެއްޖެ އެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓަށް ކުރިމަތިލާން މިއަދު ހުޅުވާތިލާ ގަޑިއެއްހާ އިރު ތެރޭގައި 15،000 ފޯމު ހުސްވެއްޖެ އެވެ.

ޖުމްލަ 17 ކެޓަގަރީ އަކަށް ޚާއްސަ ކޮށްފައިވާ ފްލެޓްތަކަށް ކުރިމަތިލުމުގެ ފޯމު ދޫކުރަން ފެށީ، މިއަދު މެންދުރު 2:00 ގައި ދަރުބާރުގޭގަ އެވެ. އޭރު ވެސް ގިނަ އަދަދެއްގެ ބަޔަކު ތިބީ، ފޯމު ނަގަން ކިޔޫ ހަދައިފަ އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް، އަހްމަދު ފަޒާލް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ޚާއްސަ ކޮށްގެން ފުރަތަމަ ޕްރިންޓް ކުރި 15،000 ފޯމު ހުސްވެގެން މިހާރު އަންނަނީ އަލުން ފޯމު ޕްރިންޓް ކުރަމުން ކަމަށެވެ. އެކަށީގެންވާ އަދަދަކަށް ފޯމުތައް ޕްރިންޓް ކުރެވުމުން އަލުން ދޫކުރަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

HIYAA 2018

HIYAA 2018

Hiyaa

މައުލޫމާތު ހޯދައި، ފޯމު ޑައުންލޯޑްކުރުމަށް ޚާއްސަކޮށްފައިވާ ލިންކް

ފްލެޓަށް އެދޭ ފޯމު ނަގަން ގިނަ ބަޔަކު ދަރުބާރުގޭގައި ކިޔޫ ޖެހުނީ، ފަސޭހަކަމާ އެކު ފޯމު ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވަނިކޮށެވެ. ދަރުބާރުގެއިން ފޯމު ދޫކުރުމުގެ އިތުރުން ހައުސިން މިނިސްޓްރީގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ވެސް ކުރެވެ އެވެ. އެކަމަކު، އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު ސައިޓަށް ވަންނާތީ، ބައެއް ފަހަރަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ފަޒާލް ވިދާޅުވި އެވެ.

ފްލެޓަށް އެދެން މީހަކު ފޯމު ނަގަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ފްލެޓަށް އެދެން މީހަކު ފޯމު ނަގަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

މިއަދުން ފެށިގެން ޖުލައި 31 އާ ހަމައަށް ފޯމު ދޫކުރާނެ އެވެ. ފޯމު ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ ޖޫން 3 އިން ޖުލައި 31 ގެ ނިޔަލަށެވެ.

ދަރުބާރުގޭގައި ތޮއްޖެހިގެން އެއްފަހަރާ އެތައް ފޯމެއް ނެގުމުގެ ބަދަލުގައި މިނިސްޓްރީގެ އިލްތިމާސަކީ، އެ މީހަކު ޝަރުތު ހަމަވާ ކެޓަގަރީއެއްގެ މައުލޫމާތު އޮޅުންފިލުވައި، އެ ކެޓަގަރީ އަކަށް ހާއްސަ ފޯމު ނެގުމެވެ. ފްލެޓު ފޯމު ދޫކުރުން އެކަށީގެންވާ މުއްދަތަކަށް ހުޅުވާލީ ވެސް ބޮޑު ކިޔޫއެއްގައި ފޯމު ނެގުމުގެ ބަދަލުގައި ވީހާވެސް ފަސޭހަ އިން އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ކަަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއަށް ހުޅުވާލުމުން، ކުރިމަތިލީ 15،000 މީހުންނެވެ. އޭގެތެރެއިން ފްލެޓް ލިބުނީ 700 މީހުންނަށެވެ. ބާކީ ތިބި މީހުންނަށް އެހެން މަޝްރޫއުތަކުން ފްލެޓް ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.