06 މެއި 2018
އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ކްލަބް އީގަލްސްއާ ދެކޮޅަށް މިއަދު ކުޅެން ޖެހެނީ ވަރުގަދަ މެޗެއް ކަމަށާއި މިއީ މި ބުރުގައި ކުރިއަށްދާން ބަލާއިރު އެ ޓީމަށް އޮތް ރަނގަޅެއް ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ކްލަބް އީގަލްސްއާ ދެކޮޅަށް މިއަދު ކުޅެން ޖެހެނީ ވަރުގަދަ މެޗެއް ކަމަށާއި މިއީ މި ބުރުގައި ކުރިއަށްދާން ބަލާއިރު އެ ޓީމަށް އޮތް ރަނގަޅެއް ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ލީގުގެ ފުރަތަމަ ބުރު ޓީސީން ނިންމާލީ ތިން ވަނައިގައި އޮވެ އެވެ. އެ ޓީމަށް ހަތް މެޗުން ލިބުނީ 13 ޕޮއިންޓެވެ. ލީގުގެ ފުރަތަމަ ބުރުގައި އީގަލްސް އަތުން ޓީސީ މޮޅުވީ 3-2 އިންނެވެ. އީގަލްސް މި ވަގުތު ލީގުގެ ފަސް ވަނައިގައި އޮތީ 11 ޕޮއިންޓާ އެކު އެވެ.
ނިޒާމްބެ ބުނީ މި ވަގުތަށް މިއީ ވަރަށް ރަނގަޅު މެޗެއް ކަމަށާއި އެއީ ގިނަ ސަބަބުތަކެއް ވެސް އޮތުމުން ކަމަށެވެ.
"މި ބްރޭކަށް އައިސްފައި ވަރުގަދަ މެޗަކުން ފެށުން އެއީ ރަނގަޅެއް ކަމަށް މި ބަލަނީ. ދެން ޕޮއިންޓް ޓޭބަލަށް ބަލާއިރު ދެ ޓީމު އޮތް ހިސާބަށް ބަލާއިރު ވެސް މިއީ މުހިއްމު މެޗެއް. މި ތިން ޕޮއިންޓަކީ ވަރަށް މުހިއްމު ތިން ޕޮއިންޓް. ދެން މި ބުރުގައި ކޮންމެ ގޮތެއް ވިޔަސް ދެ މެޗު ނަގަން ޖެހޭނެ ޕްރިމިއާ ލީގަށް ކޮލިފައިވާ ކަމަށް ވަންޏާ. މިއީ ފުރަތަމަ މެޗަށް ހަދަން ބޭނުން،" އޭނާ ބުންޏެވެ.
ފުރަތަމަ ބުރުގެ ފުރަތަމަ މެޗުތަކުގައި ޓީސީ އަށް ނަތީޖާ ނުނެރެވުނު ނަމަވެސް އެ ޓީމުން ބުރު ނިންމާލީ ޖެހިޖެހިގެން ހަތަރު މޮޅު ހޯދައި ރަނގަޅު ފޯމެއްގަ އޮވެ އެވެ.
"މި މެޗަކީ މިދިޔަ މެޗު ނިމުނު ހިސާބުން ފަށާ މެޗަކަށް ވެގެންދާނެ އިރާދަކުރެއްވިއްޖިއްޔާ،" ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ އޭނާ ކުޅުނު ދުވަސްވަރުގައި ވެސް ކާމިޔާބު ހޯދުމުގައި އެންމެ ބޮޑު އެއް ސަބަބަކީ އޭރުގެ ޓީމުތަކުގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ކަމަށާއި ޓީސީގައި ވެސް އެ ގޮތަށް ކުރިއަށް ދިއުމަކީ އަމާޒެއް ކަމަށެވެ.
"ކޯޗެއްގެ ގޮތުގައި އެ މަސައްކަތްކުރާ އިރު އެކައްޗެއްގެ ގޮތުގައި ދެކޭ ފިލޯސަފީއެއް އެއީ. ވަރަށް އުފާވޭ ޓީސީގައި މި ތިބި ސީނިއާ ކުޅުންތެރިން ޓީމުގައި ތިބި ޖޫނިއާ ކުޅުންތެރިން ގޮވައިގެން ދަނޑުމަތީގަޔާއި ދަނޑު ބޭރުގައި ވެސް ހިތްވަރު ދީގެން އެ މީހުން ލައްވައި އެ މަސައްކަތް ކުރުވާތީ. ދެން ބުނެވިދާނެ އެއީ އެންމެ ބޮޑު ހިތްވަރު ކަމަށް،" ނިޒާމްބެ ބުންޏެވެ.
ފާއިތުވި ތިން އަހަރު ޓީސީން ވަނީ ފުރަތަމަ ޑިވިޝަނަށް ގިނަ ކުޅުންތެރިންނެއް ތައާރަފް ކޮށްދީފަ އެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ މިހާރު ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ކުޅުންތެރިންނެވެ. ނިޒާމްބެ ބުނީ އާ ކުޅުންތެރިން ނެރުމުގައި އޭނާ އެންމެ އިސްކަމެއް ދެނީ އެ ކުޅުންތެރިންނަށް ކުރިއަށްދެވޭނެ ގޮތަށް ފުރުސަތު ދިނުމަށް ކަމަށެވެ.
"އެކި މީހުންގެ ސްޓްރެޓެޖީސް ތަފާތު ވާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީގެ އެންމެ މުހިއްމު ކަމަކީ ކުޅުންތެރިޔާ އަށް އޭނަގެ ކޮންފިޑެންސް ގެއްލުނަނުދޭން. އެންމެ ފުރަތަމަ އޭނަ ވަރުގަދަ މެޗަކަށް 90 މިނިޓަށް ސެޓު ކޮށްގެން ލައިފި ކަމަށްވާނަމަ އޭނަ އަތުން ހެދޭ ކިތަންމެ ކުޑަ މިސްޓޭކް ވެސް އޭނަ އަށް ފެންނާނީ ވަރަށް ބޮޑު އެއްޗެއްގެ ގޮތުގައި ދެން އޭނަގެ ފަރާތުން ލިބޭ ގެއްލުމަކީ އޭނަގެ ކެރިއަރު ހަލާކުކޮށްލާ އެއްޗަކަށްވެދާނެ. އެހެންވީމަ ގިނަ ފަހަރަށް އޭނަ މި އަރުވަނީ ކުޅެވޭ ކަހަލަ މެޗުތަކަށް ފުރަތަމަ. މަޑުމަޑުން އޭނާ ޕްރެޝަރު ވަގުތަށް ހާނުވަމުން މިދަނީ. ދެން މި ފިލޯސަފީ މިހާތަނަށް އެބަ މަސައްކަތްކުރޭ. ޓީސީގައި ކުޅުންތެރިން އެ ފުރުސަތުގެ ބޭނުން ހިފައި ފައިތިލަ ސާބިތުކުރަމުން އަންނަނީ،" ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ އެހެން ކޯޗުންނަށް ކުޅުންތެރިން ނެރުމުގައި ތަފާތު ގޮތަކަށް އަމަލުކުރަން ޖެހެނީ އެ މީހުންގެ ވިސްނުމުގައި ރިސްކު ނެގުމުގައި ހުރި ތަފާތުތަކެއްގެ ސަބަބުން ކަމަށެވެ.
"އެކި ކޯޗުންގެ ވިސްނުމާއި ރިސްކު ނަގަން ބޭނުންވާ މިންގަނޑާއި މި ވެސް ތަފާތުވެގެން އަންނަ އެއްޗެއް. އަޅުގަނޑަށް މިދިޔަ އަހަރު ފެނިއްޖެ. ހަތަރު ސީޒަނުގައި މި ތަނަށް އަންނަ ބައެއް ބޭރު ކޯޗުން އެ މީހުން ތިބޭ ޓީމެއްގެ ސަބަބުން ނޫނީ ކްލަބެއްގެ ސަބަބުން އެ ރިސްކު ނަގަން ނުކެރިގެންދާތަން. އިންޖަރީގައި ހުންނަ ކުޅުންތެރިޔާ ލައިގެން އާ ކުޅުންތެރިޔާ ބޭރުގައި ބަހައްޓައިގެން ކުޅޭތަން ވެސް ފެނޭ،" ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ ޓީސީގައި ޖޫނިއާ ކުޅުންތެރިންނާއި ސީނިއާ ކުޅުންތެރިން ކަނޑައަޅަނީ އެ ކުޅުންތެރިންގެ އަހުލާގާއި ކުރާ މަސައްކަތަށް ބަލައިގެން ކަމަށެވެ.
"އަޅުގަނޑު ސްކޮޑުގައި ޖޫނިއާއެއް ސީނިއާއެއް އެހާ ނުބަލަން. އަޅުގަނޑުގެ ސްކޮޑުގެ ހީރޯ އަކީ އެންމެ މަސައްކަތްކުރާ މީހާ. އެ އުސޫލް އަޅުގަނޑު ގެންގުޅެނީ. ސީނިއާ ކުޅުންތެރިއެއް ވެއްޖިއްޔާ އޭނާ އެކަން ދައްކަން ޖެހޭނެ ދަނޑު މަތީގައި. ދެން ދަނޑު ބޭރުގައި ދެން އެހެން ކުޅުންތެރިންނަށް އެކަން ފެންނަން ޖެހޭނެ. ޓީމުގެ މެނޭޖްމަންޓަށް ވެސް ފެންނަން ޖެހޭނެ،" ނިޒާމްބެ ބުންޏެވެ.
އީގަލްސް އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.
ޓީސީއާ ދެކޮޅަށް މާޒިޔާ އަށް ނަތީޖާ ނެރެވޭނެ: އިންމަ
"އީގަލްސްއާ މެދު ޓީސީ ހުރިހާ ވަގުތަކު ސަމާލުވާނެ"
މި ހިސާބުން ޓީސީ ސީރިއަސްވާނެ: ނިޒާމްބެ
"ނިއު އާއި މާޒިޔާއާ އެއް ލެވެލެއްގައި ޓީސީ ނުގުނާނެ"
ވިކްޓަރީއާ އެއްވަރުވެ ޓީސީ އަށް ހަތަރު ވަނަ
ދަގަނޑޭގެ ދެ ގޯލުން ނިއު އިން ޓީސީ ބަލިކޮށްފި
ޓީސީއާ އެއްވަރުވެ ޔޫވީ އަށް ފުރުސަތު ހަނިވެއްޖެ
ޓީސީ ބަލިކޮށް ގްރީން ޕްރިމިއާ ލީގާ ގާތަށް
ފޭދޫ އިއްބެގެ ހެޓްރިކާ އެކު ޓީސީ ތިން ވަނަ އަށް
ފަހު ވަގުތު ޓީސީން މާޒިޔާއާ އެއްވަރުކޮށްފި