28 އެޕްރީލް 2018
ވަޒީރުންނާއި ވަޒީރުންގެ އާއިލާތަކުގެ ހެލްތު އިންޝުއަރެންސަށް ދައުލަތުން ކޮންމެ އަހަރަކު ޚަރަދުކުރާ އަދަދު 24،000ރ. އަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.
ވަޒީރުންނާއި ވަޒީރުންގެ އާއިލާތަކުގެ ހެލްތު އިންޝުއަރެންސަށް ދައުލަތުން ކޮންމެ އަހަރަކު ޚަރަދުކުރާ އަދަދު 24،000ރ. އަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.
ވަޒީރުންނާއި އެ ބޭފުޅުންނާއި އަނބިކަނބަލުން ނުވަތަ ފިރިކަލުންނާއި އުމުރުން 18 އަހަރު ނުފުރޭ ކުދިންގެ ހެލްތު އިންޝުއަރެންސްގެ އަހަރީ ޕްރިމިއަމަށް ދައުލަތުން ކުރިން ޚަރަދު ކުރަނީ އަހަރަކު 19،000ރ. އެވެ.
އެ އަދަދު 24،000ރ. ބޮޑުކުރަން މާލިއްޔަތު ކޮމެޓީން ނިންމީ ކުރިން ދެމުން އައި މިންވަރު މުރާޖާކޮށް، 24،000ރ. އަށް ބޮޑުކޮށްދޭން ރައީސް އަބްދުﷲ ޔާމީން މަޖިލީހުގައި އެދިވަޑައިގަތުމުންނެވެ.
ކޮމެޓީގެ ނިންމުމުގައިވަނީ ވަޒީރުންނަށް ހެލްތޖ އިންޝުއަރެންސް ދެމުންދާ ޕްރިމިއަމް ޕެކޭޖަށް 19،000ރ. ކުރިން ޚަރަދު ކުރަމުން އައީ އެ ޚިދުމަތް ދޭ އެލައިޑް އިންޝުއަރެންސް ކޮމްޕެނީން އޭރު އެ ޕެކޭޖްގެ އަގު ހެޔޮކޮށް ދިނުމުން ކަމަށެވެ. ނަމަވެސް އެ އަގުގައި މިހާރު އެ ޕެކޭޖްގެ ޚިދުމަތް ދިނުމުގައި ދަތިތައް ކުރިމަތިވަމުންދާތީ 24،000ރ. އަށް ބޮޑުކުރަން ފެންނަ ކަމަށް ކޮމެޓީގެ ނިންމުމުގައިވެ އެވެ.
މީގެ އިތުރުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން(އެންއައިސީ) ގެ މެމްބަރުންނާއި އެ ބޭފުޅުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނާއި 18 އަހަރު ނުފުރޭ ކުދިން ވެސް ދައުލަތުގެ ޚަރަދުގައި ހެލްތް އިންޝުއަރެންސް ދޭ ސްކީމް ބައިވެރިކުރަން މާލިއްޔަތު ކޮމެޓީން ވަނީ ނިންމައިފަ އެވެ.
ކުރިން މަޖިލީހުން ނިންމާފައި އޮތީ އެންއައިސީގެ މެމްބަރުން ހެލްތް އިންޝުއަރެންސް ސްކީމްގައި ބައިވެރި ނުކުރުމަށެވެ. މާލިއްޔަތު ކޮމެޓީން މިމަހުގެ 19 ވަނަ ދުވަހު ނިންމީ އެހެން މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ވެސް ހެލްތް އިންޝުއަރެންސް ދޭ އުސޫލުން އެންއައިސީގެ މެމްބަރުންނާއި އެ ބޭފުޅުންގެ އާއިލާތައް ވެސް ހެލްތް އިންޝުއަރެންސް ދިނުމަށެވެ.
ކޮމެޓީގެ އެ ނިންމުމަށް ވޯޓަށް އެހުމަށް މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާ ކޮށްފަ އެވެ.
ވަޒީރުންގެ ހެލްތު އިންޝުއަރެންސް ޕްރިމިއަމް ބޮޑުކޮށްފި
އިސް ވެރިންގެ އިންޝުއަރެންސް ބޮޑުކޮށްފި
ދައުލަތުގެ އިސް ބޭފުޅުންގެ އިންޝުއަރެންސް ބޮޑުކުރަނީ
މަސްލަހަތާ ޖެހުމުން މެމްބަރަށް "ހިތި ބޭހެއް" ނުދިރޭ!
ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަކިކުރަން ލަފާ ދެނީ
ސިފްކޯ، ޕްލޮކޯއަށް މިލިއަނުން ފައިސާ ދިން ގޮތް ބަލަނީ
އޭޑީކޭއަށް 144 މިލިއަން ނުދީ އޮތް މައްސަލަ ސިއްރު
ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ކޮމިޓީން ނިންމައިފި
ގަވަރުނަރަށް މިއަދު ވެސް ކޮމިޓީއަށް ވަޑައެއްނުގެންނެވުނު
2021 އިން ފެށިގެން ފެނަކައިގެ މާލީ ބަޔާންތައް ނުދޭ