28 އެޕްރީލް 2018
ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ މަސައްކަތްޕުޅުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) އެ ކަމަނާ އަށް ރޭ ވަރަށް ބޮޑަަށް ތައުރީފު ކުރައްވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ މަސައްކަތްޕުޅުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) އެ ކަމަނާ އަށް ރޭ ވަރަށް ބޮޑަަށް ތައުރީފު ކުރައްވައިފި އެވެ.
ފަސްޓް ލޭޑީ އިސްކޮށް ހުންނަވައިގެން މިހާރު ކުރިއަށް ގެންދަވާ ކެމްޕޭން ދަތުރުފުޅުތަކުގެ ތެރެއިން ތ. ވޭމަންޑޫގައި ބޭއްވި "މަމެން ވެސް ޔާމީނާ އެކު" ޖަލްސާގައި ސަލީމް ވިދާޅުވީ ރައީސް ޔާމީންގެ އަނބިކަނބަލުންނަކީ ދިވެހިންނަށް މެދުވެރި ކުރެއްވި "އޯގާތެރި ކަނބަލެއް" ކަމަށެވެ. ސަލީމް ވިދާޅުވި ގޮތުގައި މުޖުތަމައުގައި އެކަމަނާގެ އެހީ އާއި ލޯތްބާއި އޯގާތެރިކަން ނުލިބޭ މީހަކު ނެތެވެ.
ސަލީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ އަނބިކަނބަލުންގެ ފަރާތްޕުޅުން ދިވެހިންނަށް މިހާރު ފެންނަނީ، ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި އެއްވެސް ފަސްޓް ލޭޑީއެއްގެ ފަރާތްފުޅުން ފެނުނު ކަހަލަ ކަންކަމެއް ނޫނެވެ.
ވޭމަންޑޫގައި ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގެ ތެރެއިން.
"ބަޔަކު ގަބޫލު ކުރިޔަސް ނުކުރިޔަސް ހަގީގަތް ވާނީ ހަގީގަތަކަށް. އެހެންވީމާ އެއީ [ފާތުމަތު އިބްރާހީމްދީދީ އަކީ] އަހަރެމެންނަށް ލިބުނު އެންމެ ބޮޑު އެއް އުފަލަކީ އެފަދަ ބޭކަނބަލަކު އަޅުގަނޑުމެންނަށް ލިބުނީތީ،" އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ، ފަސްޓް ލޭޑީ ފާތުން ފަދަ ހިތްވަރުގަދަ، ކެތްތެރި އަދި މީހުންނާ ދޭތެރޭ އޯގާތެރި ކަނބަލަކު ނެތް ނަމަ އެ ބޭފުޅުންނާ އެކު ރައްޔިތުން ތިބުން ދުރު ކަމަށެވެ.
"އެކަމަނާގެ ހިތްވަރުފުޅުން އަޅުގަނޑުމެންނަށް [ރޭގެ ޖަލްސާ އަށް] މީހުން އެއްކުރެވި ޖަލްސާ އަށް މިހާ ގިނަ މީހުން އައިސް މީހުންގެ އޯގާތެރިކަމާއި އަޅާލުން ލިބިގެން މި ދަނީ،" އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި ފަސްޓް ލޭޑީ ފާތުންގެ އެންމެ ހާއްސަ އެއް ސިފަ އަކީ ކަންކަމާ ދޭތެރޭ މަޝްވަރާ ކުރައްވަން ދެއްވާ އިސްކަމެވެ.
"....ދަށުން ގޮސް އެންމެ މައްޗާ ހަމަައަށް މަޝްވަރާ ކުރައްވާ ބޭފުޅެއް އެއީ މިހަލަ ދަތުރަކާ ބެހޭ ގޮތުން ކަމަށް ވިޔަސް. ނިކަން ބައްލަވާ އެކަމަނާގެ މަޝްވަރާގެ ފުރިހަމަކަން. އެހެންވީމާ އަޅުގަނޑުމެން މި ރޮނގުން މަސައްކަތް ކުރާ ކަމަށް ވަންޏާ އަޅުގަނޑުމެންގެ ކަންތައްތައް ދާނީ ދުވަހުން ދުވަހަކަށް ކުރިއަށް،" އޭނާ ވިދާޅުވި އެވެ. "[ޕާޓީ އަށް] މީހުން ދާނީ އިތުރުވަމުން. އިރާދަކުރެއްވިއްޔާ ދެހާސް އަށާރައިގެ އިންތިހާބު ކާމިޔާބު ކުރެވޭނީ އެކަމަނާގެ ބުރަ މަސައްކަތްޕުޅުން. އެހެންވީމާ ފަށްފަށުން އެކަމަނާ އަށް ޝުކުރު ދަންނަވަން."
ވޭމަންޑުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނާއި ވަޒީރުން ވެސް ވަނީ ފަސްޓް ލޭޑީ ފާތުން ކުރައްވާ މަސައްކަތްޕުޅަށް ތައުރީފު ކުރައްވައި ސާބަސް ދެއްވައިފަ އެވެ.
އެގޮތުން ވިލުފުށީ ދާއިރާގެ މެމްބަރު ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު އެންމެ ގިނަ އަންހެނުން ތާއީދުކުރާ ޕާޓީއަކީ ޕީޕީއެމެވެ. އަދި އެކަން އެގޮތަށްވީ ފަސްޓް ލޭޑީ ފާތުންގެ މިންނަތް މަސައްކަތުން ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން ގާނޫނާ ހިލާފު ކަމެއް ނުކުރައްވާ: ތޯރިގް
އެންމެ ބޮޑު މަޝްރޫއަކީ ދީން ހިމާޔަތް ކުރުން: މުއިއްޒު
ރާއްޖޭގައި ދެން ހިނގާނީ ރައީސް ޔާމީންގެ ފިކުރު:ސައީދު
ފަސްޓް ލޭޑީ ފާތުން އަށް "ފިނިފެންމަލުގެ" މަރުހަބާއެއް
ފަސްޓްލޭޑީ އައްޑު އަށް ވަޑައިގެންފި
ރައީސް ޔާމީން ހޮވައިދިނުމަށް އެދި ފާތުންގެ ސިޓީފުޅެއް
ގުރައިދޫ އޮތީ ރައީސް ޔާމީނާ އެކު: ހުސެއިން މަނިކު
ދަތި ނޭޅުވިނަމަ މާ ފޮނި ނަތީޖާތަކެއް ނިކުތީސް: ރައީސް
ރައީސް ޔާމީން ތ. ގުރައިދު އަށް ވަޑައިގެންފި
މަސައްކަތް ފުޅާ ކުރެވޭނީ ރައީސަށް ވޯޓު ދީގެން: ފާތުން