24 އެޕްރީލް 2018
ރިޔާޒް (އެޕްރީލް 24) - ސައުދީ ކޯލިޝަނުން ދިން ވައިގެ ހަމަލާތަކުގައި ހޫތީންގެ ސިޔާސީ ގޮފީގެ ލީޑަރު މަރާލައިފި އެވެ.
ރިޔާޒް (އެޕްރީލް 24) - ސައުދީ ކޯލިޝަނުން ދިން ވައިގެ ހަމަލާތަކުގައި ހޫތީންގެ ސިޔާސީ ގޮފީގެ ލީޑަރު މަރާލައިފި އެވެ.
ހޫތީން ހިންގާ އަލް މަސީރާ ޓީވީ ނެޓްވޯކުން ބުނީ ހޫތީންގެ ސުޕްރީމް ޕޮލިޓަލް ކައުންސިލްގެ ރައީސް ސާލިހު އަލް ސަމަދު މަރާލާފައި ވަނީ ބުރާސްފަތި ދުވަހު ހުދައިދާ ޕްރޮވިންސަށް ދިން ހަމަލާތަކުގައި ކަމަށެވެ. އަދި ސަމަދުގެ ބަދަލުގައި އެ މަގާމަށް މަހްދީ އަލް މަޝާތު ކިޔާ މީހަކު އައްޔަންކޮށްފައިވާ ކަމަށް ވެސް ހޫތިން ބުނެފައިވެ އެވެ.
ހޫތީންގެ ލީޑަރު އަބްދުލް މާލިކް އަލް ހޫތީ ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި ބުނީ ސައުދީ ކޯލިޝަނުން ބުރާސްފަތި ދުވަހު ދިން ވައިގެ ހަމަލާތަކުގައި ހަތް މީހުން މަރުވެފައިވާ ކަމަށެވެ.
"ސައުދީ އާއި އެމެރިކާ އިން މި ހިންގާ ޖަރީމާގެ އަގު އެ މީހުން އަދާކުރަން ޖެހޭނެ،" މާލިކް އަލް ހޫތީ ބުނެފައިވެ އެވެ.
ޔަމަނުގެ ބޮޑު ބައެއްގައި ވެރިކަން ކުރަނީ ހޫތީންނެވެ. ވެރިރަށް ސަންއާ އެ މީހުން ހިފީ 2014 ވަނަ އަހަރު އެވެ. ސައުދީ ކޯލިޝަނުން ޔަމަނަށް ވައިގެ ހަމަލާތައް ދޭން ފަށާފައި ވަނީ މާޗް 2015 ގަ އެވެ. އޭގެ ފަހުން މިހާތަނަށް ވަނީ 16،000 އަށް ވުރެ ގިނަ ވައިގެ ހަމަލާ ސައުދީ ކޯލިޝަނުން ޔަމަނަށް ދީފަ އެވެ. އެންމެ ފަހުން މިދިޔަ އާދިއްތަ ދުވަހު ދިން ހަމަލާގައި ވެސް ވަނީ 20 މީހުން މަރުވެފަ އެވެ. މީގެ ތެރޭން ގިނައީ ކައިވެނި ހަފުލާއަކަށް ގޮސް ތިބި މީހުންނެވެ.
ހޫތީންގެ ޑިފެންސް މިނިސްޓްރީ އަށް ސައުދީން ބޮންއަޅައިފި
އާއްމުންނަށް ހަމަލާ ދިން ކަމަށް ސައުދީ ކޯލީޝަނުން އެއްބަސްވެއްޖެ
ޔަމަނުގެ ހޮޓަލަކަށް ވައިގެ ހަމަލާދީ 30 މީހުން މަރާލައިފި
ޔަމަނަށް ހަމަލާ ދިނުމުގައި ސައުދީގެ ބޯޓެެއް ބައިވެރިވި
ސައުދީ ބޯޑަރުގައިވާ ސިފައިންނަށް ހަމަލާ ދޭން ގޮވާލައިފި
ޔަމަނުގެ ޖަނާޒާއަކަށް ހަމަލާދީ 140 މީހުން މަރާލައިފި
އިޒްރޭލާއި ޔަމަން ސުލްހަޔަށް ވިސްނަން ސައޫދީން އެދެފި
ޔަމަނުގައި ސައުދީގެ މަސައްކަތަށް ރާއްޖޭން ތާުއީދުކޮށްފި
ސުލްހައިގެ ވާހަކަތަކަށް ސައޫދީގެ ވަފުދެއް ޔަމަންގައި
ސައޫދީ-އީރާން ގުޅުން، އެމެރިކާ އަށް ލަދެއް