23 އޯގަސްޓް 2017
ސަންއާ (އޮގަސްޓް 23) - ޔަމަނުގެ ވެރިރަށް ސަންއާގައި ހުރި ހޮޓަލަކަށް ސައުދީ އަރަބިއާ އިސްވެ ހަރަކާތްތެރިވާ ކޯލީޝަނުން ވައިގެ ހަމަލާދީ 30 މީހުން މަރާލައިފި އެވެ.
ސަންއާ (އޮގަސްޓް 23) - ޔަމަނުގެ ވެރިރަށް ސަންއާގައި ހުރި ހޮޓަލަކަށް ސައުދީ އަރަބިއާ އިސްވެ ހަރަކާތްތެރިވާ ކޯލީޝަނުން ވައިގެ ހަމަލާދީ 30 މީހުން މަރާލައިފި އެވެ.
މަންޒަރު ދުށް މީހުން ބުނީ ވެރިރަށުގެ އުތުރުން 13 މޭލު ދުރުގައިވާ ދެ ބުރި ހޮޓަލަށް ބޮން އެޅުމުގެ ސަބަބުން އެ ހޮޓަލުގެ ފުރާޅު ވެއްޓިފައިވާ ކަމަށެވެ.
ޔަމަނުގެ ރެޑް ކްރެސެންޓުގެ ސަންއާ ގޮފީގެ އިސްވެރިޔާ ހުސައިން އަލް ތާވިލް އޭއެފްޕީ އަށް ވިދާޅުވީ އަރްހާބު ސަރަހައްދަށް ދިން ވައިގެ ހަމަލާގައި 35 މީހުން މަރުވެފައިވާ ކަމަށެވެ. އަދި އިމާރާތުގެ ވެއްޓިފައިވާ ބައިތަކުގެ ދަށުން މީހުން ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ހަމަލާގައި ޒަޚަމްވި 13 މީހަކަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ހަމަލާ ދިން ހޮޓާ ހުންނަނީ ހޫތީންގެ ބާރު އޮންނަ ޗެކް ޕޮއިންޓަކާ ކައިރީގަ އެވެ.
އެންމެ ފަހުން މި ދިން ހަމަލާއާ ގުޅޭ ގޮތުން ރައީސް އަބްދުއްރައްބޫހު މަންސޫރު ހާދީގެ ސަރުކާރަށް ތާއީދު ކުރާ ކޯލީޝަނުން ވަކި އެއްޗެއް ނުބުނެ އެވެ.
ޔަމަނަށް މާޗް 2015 ގައި ވައިގެ ހަމަލާ ދޭން ފެށި ފަހުން މިހާތަނަށް 8،167 މީހުން މަރުވެ 46،335 މީހުން ޒަޚަމްވެފައިވާ ކަމަށް އދ. އިން ބުނެ އެވެ. މި ހަނގުރާމައިގެ ސަބަބުން 20.7 މިލިއަން މީހުން ވަނީ އިންސާނީ އެހީ އަށް ބޭނުންވެފަ އެވެ. ޔަމަނުގައި އެޕްރީލް މަހުން ފެށިގެން ފެތުރެމުންދާ ކޮލެރާގައި މިހާތަނަށް ވަނީ 2،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
ސައުދީގެ ވައިގެ ހަމަލާތަކުގައި ހޫތީންގެ ލީޑަރަކު މަރާލައިފި
ހޫތީންގެ ޑިފެންސް މިނިސްޓްރީ އަށް ސައުދީން ބޮންއަޅައިފި
އާއްމުންނަށް ހަމަލާ ދިން ކަމަށް ސައުދީ ކޯލީޝަނުން އެއްބަސްވެއްޖެ
ޔަމަނަށް ހަމަލާ ދިނުމުގައި ސައުދީގެ ބޯޓެެއް ބައިވެރިވި
ސައުދީ ބޯޑަރުގައިވާ ސިފައިންނަށް ހަމަލާ ދޭން ގޮވާލައިފި
ޔަމަނުގެ ޖަނާޒާއަކަށް ހަމަލާދީ 140 މީހުން މަރާލައިފި
އިޒްރޭލާއި ޔަމަން ސުލްހަޔަށް ވިސްނަން ސައޫދީން އެދެފި
ޔަމަނުގައި ސައުދީގެ މަސައްކަތަށް ރާއްޖޭން ތާުއީދުކޮށްފި
ސުލްހައިގެ ވާހަކަތަކަށް ސައޫދީގެ ވަފުދެއް ޔަމަންގައި
ސައޫދީ-އީރާން ގުޅުން، އެމެރިކާ އަށް ލަދެއް