ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް، އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށާއި އެފަދަ މީހުންނަށް ވެސް އިންތިހާބުތަކުގައި ވާދަ ކުރެވޭ އަދި ވޯޓު ވެސް ދެވޭ ގޮތަށް، ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހު ކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރަށް ހުށަހަޅައިފި އެވެ.
19 އެޕްރީލް 2018
ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް، އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށާއި އެފަދަ މީހުންނަށް ވެސް އިންތިހާބުތަކުގައި ވާދަ ކުރެވޭ އަދި ވޯޓު ވެސް ދެވޭ ގޮތަށް، ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހު ކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރަށް ހުށަހަޅައިފި އެވެ.
އީޔޫ އިން މި ގޮތަށް ހުށަހެޅީ، އީޔޫ އިން ޖެނުއަރީ މަހުގެ 8-11 އަށް ރާއްޖެ އަށް ފޮނުވި އިލެކްޓޯރަލް ފޮލޯއަޕް މިޝަންގެ ދަތުރަށް ފަހު މިއަދު އާއްމުކުރި ރިޕޯޓުގައި، ރާއްޖޭގައި މިނިވަން އިންތިހާބަކަށް ހުރި ކަންބޮޑުވުންތައް ފާހަގަ ކުރަމުންނެވެ.
އޭގެ ތެރެއިން އެއް ހުށަހެޅުމަކީ، ދިވެއްސަކު އިސްލާމް ދީން ގަބޫލު ނުކުރިޔަސް، އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްގު ލިބިދޭ ގޮތަށް ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމެވެ. މީގެ އިތުރުން، އިންތިހާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމުންނަށް ކަމަށް ގާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުން އިސްލާހް ކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.
ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާގައި، ދިވެހި ރައްޔިތުން މާނަކޮށްދީ، ބުނެފައި ވަނީ މުސްލިމަކަށް ނޫނީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށެވެ. އީޔޫ އިން ހުށަހެޅީ، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މި މާއްދާ އިސްލާހްކޮށް، ދިވެހި ރައްޔިތަކަށް ވުމަށްޓަކައި މުސްލިމަކަށް ވުން ލާޒިމް ނުކުރުމަށެވެ.
އޭގެ އިތުރުން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވުމުގެ ޝަރުތު ބަދަލުކުރަން ވެސް ހުށަހަޅާފައިވެ އެވެ.
ރާއްޖޭގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އީޔޫ އިން ހުށަހެޅީ އާއިލާއާ ބެހޭ ގާނޫނުގައި ހުރި ޖިންސީ ތަފާތުތައް ނައްތާލުމަށެވެ. އޭގެ ތެރޭގައި ތަރިކަ މުދާ ބެހުމާ ބެހޭ އުސޫލްތަކަށް ބަދަލު ގެންނަން ވެސް ހުށަހަޅައިފައިވެ އެވެ.
އިސްލާމީ ޝަރީއާގައި ކަނޑައެޅިފައި އޮންނަ ގޮތުން، ވަރަށް މަދު ހާލަތްތަކެއްގައި އަންހެނުންނަށް ތަރިކަ އިން ލިބޭނީ ފިރިހެނަކަށް ލިބޭ މިންވަރުގެ ދެ ބައިކުޅަ އެއް ބަޔެވެ. އީޔޫ އިން ހުށަހަޅާފައިވަނީ އެ ތަފާތުތައް ނައްތާލައި، ސީޑޯ މުއާހަދާގައި ބުނާ ހަމަހަމަކަން ގާނޫނުތަކަށް ގެނައުމަށެވެ.
މި ކަންކަން ހުށަހަޅާފައި މި ވަނީ ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަތައް ހައްލު ނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީ އީޔޫގެ ކައުންސިލުން މިދިޔަ މަހުގެ ތެރޭގައި ފާސްކުރި ގަރާރުގައި ވެސް، ރާއްޖޭގައި ދީނީ މިނިވަންކަމަށް ގޮވާލާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
އެ ގަރާރުގައި، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން އަލުން އުޅޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރުމުގެ އިތުރުން ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގެ ދަށުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް އަދި އެހެން ދީންތަކުގެ މީހުންނަށް އަދަބު ލިބޭ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައިވެ އެވެ.
އީޔޫ އިން މިއަދު ނެރުނު ރިޕޯޓުގެ މައިގަނޑު ކަންބޮޑުވުމަކީ މިނިވަން އިންތިހާބެއް ބާއްވަން ހުރި ގޮންޖެހުންތަކެވެ. އެގޮތުން، ރާއްޖެ އެއްބަސްވެފައިވާ ބައިނަލްއަގުވާމީ ހަމަތަކާ އެއްގޮތަށް ރިޔާސީ އިންތިހާބެއް ބޭއްވުމަށް މިހާރުގެ ހާލަތު ބަދަލުވާން ޖެހޭ ކަމަށާއި އިންތިހާބުގައި ވާދަކުރާ ހުރިހާ ބޭފުޅުންނަށް ތަފާތު ކުރުމެއް ނެތި، އެއް ހަމަޔަކުން ކެމްޕޭން ކުރުމުގެ ފުރުސަތު އޮންނަ މާހައުލެއް ފަހިކޮށްދީ، މަދަނީ ޖަމިއްޔާތަކާއި މީޑިއާގެ ފަރާތްތަކަށް ހުރަހެއް ނެތި މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދޭން މަސައްކަތް ކުރަން ވެސް ސަރުކާރަށް ހުށަހަޅައިފައިވެ އެވެ.
އީޔޫ އިން ބޭނުންވާ ކަންތައް ވިޔަކަ ނުދޭނަން: ނިހާން
"ދީން ގަބޫލުނުކުރާ މީހުންނަށް އެއްޗެއް ދޭން ނުޖެހޭ"
ދީނާ ފުށުނާރާ ކަންކަން ތަންފީޒު ކުރަން ޖެހޭނެ:އިދިކޮޅު
އީޔޫ ރިޕޯޓުގެ ފައިދާ ނަގަންނޫޅޭ، ލާދީނީ ޓެގު ނޭޅުވޭނެ
ދީނާ ޚިލާފު ހުށަހެޅުންތައް ބަލައެއް ނުގަންނަން: ރާއްޖެ
ދީނީ މިނިވަންކަން ނުދޭނެކަން އީޔޫއަށް އަންގައިފި
"ދީނަށް ނިކަމެތިވާ ގޮތަށް ހަދާ ޖަމާއަތްތަކުން ވަކިވޭ"
"ދީނީ މިނިވަންކަން ފިޔަވައި ހުރިހާ ކަމެއް ބަލައިގަނޭ"
ނަޝީދާ އެކު ތިބޭނީ ދީނުގެ އަދުއްވުން: ޕީޕީއެމް
އީޔޫގެ ހުށަހެޅުމާ ދެކޮޅަށް ތެދުވާން ޖެހޭ: އިލްޔާސް